Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޝިމާޒަށް ކުރާ ތުހުމަތުގެ ރިޕޯޓް ރައީސް މައުމޫނަށް

3 ޖެނުއަރީ 2021 | އާދީއްތަ 13:49

އެއްގަމު ހުރިހާ އުޅަނދެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ކުންފުންޏަކަށް ހަވާލުކުރުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ޖެނުއަރީ 2021 | އާދީއްތަ 13:49
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ: ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީ: ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒް އަލީއަށް ޓެންޑަރ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަފްސީލު ރިޕޯޓެއް ރައީސް މައުމޫނަށް ފޮނުއްވައިފިއެވެ.

ޝިމާޒަށް ޒަރިޔަންދު ކުރައްވާ ތުހުމަތުތަކާގުޅިގެން، ރައީސް މައުމޫނަށް ޓެގް ކުރައްވައި މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ޒަރިޔަންދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޓްރާންސްޕޯޓު މިނިސްޓްރީގެ އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑިޕިޔުޓީ މިނިސްޓަރުގެ ޢަމަލުތަކުން؛ ދައުލަތުގެ ޤަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކުރާކަން ހާމަވުމުގެ މަރުޙަލާގައި އެފަރާތާއިމެދު ގޮތެއް ނިންމަވައިދެއްވުން އެދޭ ކަމަށެވެ.

Advertisement - newsAdvertisement

ޒަރިޔަންދުގެ އެ ޓްވީޓާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އެ މައްސަލައިގެ ތަފުޞީލު އެމްއާރްއެމްގެ އޮފީހަށް ފޮނުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝިމާޒަށް ކުރާ ތުހުމަތުގެ ތަފްސީލު ރިޕޯޓެއް ތައްޔާރު ކުރެއްވުމަށްފަހު، އާދިއްތަ ދުވަހު ޒަރިޔަންދު ވަނީ، އެ ރިޕޯޓް ރައީސް މައުމޫނަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އޮޑިޓް އޮފީހަށް ފޮނުވާފައެވެ.

ޒަރިޔަންދުގެ ރިޕޯޓްގައި ޝިމާޒަށް މައިގަނޑު ތިން ތުހުމަތެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ވަޒީފާގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޒިންމާއެއްގެ ތެރެއިން އެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލުތަކަކަށް އެއްބާރުލުންދިނުމާއި، އެ ޢަމަލުގެތެރެއިން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާދިނުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މީގެއިތުރުން، ޤާނޫނާއި ޚިލާފު ޕްރޮކިޔުމަންޓް ހަރަކާތެއްގެ ތެރެއިން ޤަވާއިދާއި ޚިލާފަށް އެވޯޑުކުރެވުނު މަސައްކަތެއްގެ އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދުތަކާއި ޚިލާފު އަދި އެ އެގްރީމެންޓް ހިންގުމުގައި ރައްޔިތުންނާއި ދައުލަތަށް ގެއްލުމެއް ކުރިމަތިވެދާނޭފަދަ ކަމެއްކަން އެނގޭ ހިނދު، އެ އެގްރީމެންޓް ބާތިލުނުކޮށް ބޭއްވުމަށް ބާރުއެޅުމާއި، އެ މަސައްކަތާއި މަތިކޮށް ދައުލަތުން އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުމުގެ ބަދަލު ދިނުމުގެ ފުރުސަތެއް ހުޅުވުމަށް މަގުފަހިކުރުމުގެ ރޭވުމެއް އޮތް އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތުވެސް ޝިމާޒަށް ކޮށްފައިވެއެވެ.

ތިން ވަނަ ތުހުމަތެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ދޫކުރުމުގެ އިސް މަސްޢޫލިއްޔަތުތަކަކާއި ހަވާލުވެހުރެ، އެ ޚިދުމަތްދިނުމުގައި ދައުލަތުގެ މުވައްޒަފުންނާއި މުވައްޒަފުންނޫން ފަރާތްތައް މެދުވެރިކޮށް ޢާއްމުންގެ އަތުން ފައިސާ އަތުލަމުންދިޔުމުގެ ޢަމަލު ހިންގުމަށް މަގުފަހިކުރުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގާކަމަށް ކުރެވޭ ތުހުމަތުތަކާއެކު، ޝިމާޒަށް އަމާޒުވި މައިގަނޑު ކޮރަޕްޝަންގެ މައްސަލަތަކަކީ، 68 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގައި މެޝިން ރީޑަބަލް ނަމްބަރު ޕްލޭޓް ހެދުން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިން މައްސަލައާއި ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދުއަށް އާ ބަސްތަކެއް ގެންނަން ހަވާލުކުރި ކުންފުނިން ބާ ބަސްތަކެއް ގެނައި މައްސަލައިގެ އިތުރުން، 2019 ގައި އިނގިރޭސިވިލާތަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ކުރެއްވި ދަތުރެއްގައި، ޝިމާޒްގެ މަގާމުގެ މަސްއޫލިއްޔާ ގުޅުން ނެތް އެ ދަތުރުގައި ކުއްލި ގޮތަކަށް އޭނާ އަށް ފުރުސަތު ލިބިވަޑައިގަތް ގޮތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް