Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޓޫރިޒަމް ބުލެޓިން

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" މަޖައްލާ ރައީސް ނެރެދެއްވައިފި

1 ޖެނުއަރީ 2021 | ހުކުރު 10:55

މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 1 ޖެނުއަރީ 2021 | ހުކުރު 10:55
\"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،\" ގެ ނަމުގައި ޝާއިޢުކޮށްފައިވާ މަޖައްލާއެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވުން

\"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން،\" ގެ ނަމުގައި ޝާއިޢުކޮށްފައިވާ މަޖައްލާއެއް ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވުން

"މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޝާއިޢުކުރާ މަޖައްލާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރެދެއްވައިފިއެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްޞަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

Advertisement - newsAdvertisement

މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައިވެއެވެ. އޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަންޖެހުމާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ނަމަވެސް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަން އެ މަނިކުފާނުގެ ބަސްފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި މި އަހަރުގެ ތެރޭގައި ޤައުމުތަކަށް މި ބަލިމަޑުކަމުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމާއި ދިރުން ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރެދެއްވި "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ގެ ފުރަތަމަ އަދަދު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުގައިވާtourism.gov.mv/en/news/maldivetourismbulletinމި ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެެވެ. އެގޮތުން ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށްޓަކައި ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހޭކަމަށް ބުނެފައިވެއެވެ. އެއާއެކު މި ހިނގާ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އަހަރުގެ ފަސް ލައްކަ ވަނަ ފަތުރުވެރިޔާ އައުން ކާމިޔާބުކަމާއެކު ސަރުކާރުން މި ވަނީ ފާހަގަކޮށްފައެވެ.

މިއަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ. އަދި މިހާރު ހާލަތަށް އަންނަ ބަދަލާއެކު، އެ އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް