Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަސްދަޅުގެ އަގު ހެޔޮ ކުރުން

މަސް ގަތުމަށް އައި ބަދަލާއެކު ފެލިވަރުން މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފި

1 ޖެނުއަރީ 2021 | ހުކުރު 06:40

ފަސްމީރުގެ މަސްދަޅަކީ އާންމުންގެ މެދުގައި މަޤްބޫލު އުފެއްދުމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 ޖެނުއަރީ 2021 | ހުކުރު 06:40
ފެލިވަރު މަސްދަޅުގެ އިކޮނޮމީ ޕެކް

ފެލިވަރު މަސްދަޅުގެ އިކޮނޮމީ ޕެކް

މަސްވެރިންގެ އަތުން މަސް ގަތުމަށް ގެނައި ބަދަލާއެކު ފަސްމީރު ފެލިވަރު މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ މިހާރު ތެޔޮ މަސްދަޅު ކޭހެއް 575 ރުފިޔާ އަށް އަދި މަސްދަޅެއް 12.25 ލާރި އަށް ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން އެ ކުންފުނިން ތެޔޮ މަސްދަޅު ކޭހެއް 640 ރުފިޔާއަށް ވިއްކަމުންދިޔައިރު ތެޔޮ މަސްދަޅެއް ވިއްކާފައިވަނީ 13.05 ލާރިއަށެވެ.

އަދި މިހާރު ފެން މަސްދަޅު ކޭހެއް 530 ރުފިޔާ އަށް ލިބޭނެ ކަަމަށާއި މަސްދަޅެއް 11.25 ލާރިއަށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން ފެން މަސްދަޅު ކޭހެއް 595 ރުފިޔާއަށް ވިއްކަމުންދިޔައިރު މަސްދަޅެއް ވިއްކަމުންދިޔައީ 12.05 ލާރިއަށެވެ.

ފަސްމީރުގެ މަސްދަޅަކީ އާންމުންގެ މެދުގައި މަޤްބޫލު އުފެއްދުމެކެވެ. ރާއްޖޭގައި އެންމެ ފުރަތަމަ މަސްވެރިން ބާނާ މަސް، ދަޅުގައި ބަންދުކުރުމަށް، ކާރުހާނެއް އުފައްދާފައިވަނީ 1978 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

މި ކާރުހާނާގެ މަސައްކަތް ފުރަތަމަ ފެށިއިރު، ދުވާލެއްގެ މައްޗަށް ކާރުހާނާ މެދުވެރިކޮށް 8 މެޓްރިކް ޓަނުގެ މަސް ކަނޑާ، ދަޅުގައި ބަންދު ކުރަމުން ދިޔައެވެ. މިހާރު މި ކާރުހާނާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ ދަޅު މަސް ބަންދުކުރެއެވެ.

މިހާރު ފެލިވަރުގެ ކާރުހާނާއިން އުފައްދާ މަހުގެ ބާވަތްތަކަށް ބަލާއިރު، ކާރުހާނާއިން ރާއްޖޭގެ މާކެޓަށް ދެ ބާވަތެއްގެ މަހުގެ އުފެއްދުންތައް ބަންދުކޮށް ސަޕްލައި ކުރަމުންދެއެވެ. އެއީ ވަކިވަކި ގޭބީސީތަކަށް ހާއްސަ ކުދި މަސްދަޅު އަދި ޕައުޗްގެ އިތުރުން ރެސްޓޯރެންޓް ހޮޓާ އަދި ވިޔަފާރި ކުރާ ތަންތަނަށް ހާއްސަ ބޮޑެތި މަސްދަޅު އަދި މަސް ޕައުޗެވެ. ކޮންމެ މަހަކު ރާއްޖޭގައި އެކި ކަންކޮޅުތަކަށް ފޮނުވުމަށް 10 ކޮންޓެއިނަރާއި 12 ކޮންޓެއިނަރާ ދެމެދުގެ އަދަދަކަށް މަސްދަޅު ދަނީ ފޯރު ކޮށްދެމުންނެވެ.

ބޭރަށް އެކްސްޕޯޓް ކުރާ މަސް އިނގިރޭސިވިލާތް، ޔޫރަޕް، އޭޝިޔާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ބާޒާރުތަކުގައި ވިއްކަމުންދާއިރު ދިވެހިންގެ މި އުފެއްދުމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
25 ފެބުރުއަރީ 2017

އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ

25 ފެބުރުއަރީ 2017
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް