Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

ދުވާލަކު 200 ކަސްޓަމަރުންނަށް ޑޮލަރު ދޫކޮށްފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ފެބުރުއަރީ 2017 | ބުރާސްފަތި 22:42
ބޭންކް އޮފް މޯލްޑިވްސް ޑޮލަރު ދޫކުރާ ކައުންޓަރު

ބޭންކް އޮފް މޯލްޑިވްސް ޑޮލަރު ދޫކުރާ ކައުންޓަރު

ވޭތިވެދިޔަ އެއްމަސް ދުވަހުތެރޭ، 7000 ދަތުރުވެރިން ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފި އެވެ.

ޑޮލަރު ދޫކުރުމަށް އެއަރޕޯޓްގައި ގާއިމްކޮށްފައިވާ ކައުންޓަރުން އެވްރެޖްކޮށް ދުވާލަކު 200 ކަސްޓަމަރުންނަށް ޑޮލަރު ދޫކޮށްފައިވާ ކަމަށް ބީއެމްއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޑޮލަރު ވިއްކުމުގެ އާ ނިޒާމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ. ބޭންކުންވަނީ މި ނިޒާމުގެ ތެރެއިން ޑޮލަރު ގަނެގެން ރާއްޖެއިން ބޭރަށް ދަތުރުކުރި ފުރަތަމަ ދިހަ ދަތުރުވެރިންނަށާއި އެއްހާސް ވަނަ ކަސްޓަމަރަށް ބޯނަސް ގިފްޓެއްގެ ގޮތުގައި މީހަކަށް 100 ޑޮލަރު ހަދިޔާކޮށްފައެވެ.

ބީއެމްއެލްގެ އޮންލައިން ބުކިންގ ނިޒާމުގެ ސަބަބުން ޑޮލަރު ގަތުމަށް ބޭންކްތަކުގެ ބޭރުގައި ކިޔޫ ހަދައިގެން ތިބެންޖެހުން ނިމުމަކަށް އައިސް އާންމުންގެ ބޮޑު ތަރުހީބެއް މި ނިޒާމަށް ލިބުނު ކަމަށާއި އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަވަހަށް އެއަރޕޯޓުން ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔަ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެއަރޕޯޓުން ޑޮލަރު ދޫކުރަން ފެށުމުން މި ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން އެއްކޮށްހެން ހުއްޓުވާލެވި، މިގޮތަށް ދޫކުރާ ޑޮލަރު ލިބެނީ އަސްލު ދަތުރުވެރިންނަށްކަން ކަށަވަރުވެގެން ދިޔަ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބޭންކުން ދަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ދުވަސްވީ މީހުންނަށް ޑޮލަރު ދޫކުރުމުގައި ޚާއްސަ އިސްކަމެއް ދެމުން ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
16 މާރިޗު 2017

ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި

16 މާރިޗު 2017
ޗުއްޓީއާ ދިމާކޮށް ބޭރަށް ފުރާއިރު ޑޮލަރު ގަންނަ އިރު އޮންލައިންކޮށް ބުކިން ހެއްދޭކަން ބީއެމްއެލް އިން ހަނދާންކޮށްދީފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު