Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކެމްޕެއިން

ނ. އަތޮޅާއި ޅ. އަތޮޅަށް މިހަފްތާ ބަންދުގައި އެމްޑީޕީން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ހިންގަނީ

27 އެޕްރީލު 2017 | ބުރާސްފަތި 13:35

މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އެޕްރީލު 2017 | ބުރާސްފަތި 13:35
ނ. އަތޮޅާއި ޅ. އަތޮޅަށް ފުރާ އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން

ނ. އަތޮޅާއި ޅ. އަތޮޅަށް ފުރާ އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން

އަންނަ މެއި މަހުގެ ހަ ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި އިދިކޮޅު އެމްޑީޕީން ނ. އަތޮޅާއި ޅ. އަތޮޅުގައި ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާ ދަތުރަށް ފުރައިފި އެވެ.

އެމްޑީޕީން މި ހަފްތާ ބަންދުގައި ނ. އަތޮޅާއި ޅ. އަތޮޅުގެ ރަށްރަށުގައި ކެމްޕެއިން ހިންގުމަށް ދަތުރު ފަށާފައިވާއިރު މާލެއިން ކެނދިކުޅުދޫއަށް ދިއުމަށް ފުރާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ހަތެއް ޖަހާކަންހާއިރު އެވެ. މިދަތުރުގައި އެމްޑީޕީ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމްޑީޕީން މައުލޫމާތު ދޭގޮތުގައި މިވަގުތު މިދަތުރުގެ ކަންކަން ހަމަޖެހިފައިވާ ގޮތުން ކެނދިކުޅުދޫ އިން ބުރާސްފަތި ދުވަހުގެ މެންދުރު މާޅެންދޫއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން މާޅެންދޫއިން ކުޑަފަރީއަށް ދިއުމަށް ފަހު، ކުޑަފަރީން ނިލަދޫއަށް ދިއުމަށްވަނީ ހަމަޖެހިފަ އެވެ. ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިއްމު ހަރަކާތަކަކީ ޖަލްސާއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ކެމްޕެއިން ޖަލްސާ އޮތީ މިލަދޫގައެވެ.

ހުކުރު ދުވަހުގެ ހެނދުނު މިލަދޫން ލަންދޫއަށް ދިއުމަށް ހަމަޖެހިފައިވާއިރު، ލަންދޫއިން މާފަރަށް ފުރުން އޮތީ މެންދުރު އެވެ. ހުކުރު ދުވަހުގެ ހަވީރު މާފަރުން މަނަދޫއަށް ގޮސް، ހުކުރު ދުވަހުގެ ރޭ ހިންނަވަރަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ހުކުރު ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހިންނަވަރުގަ އެވެ.

ހޮނިހިރު ދުވަހު ހެނދުނު ހިންނަވަރުން ނ. މަގޫދޫއަށް ދިއުމަށް ފަހު، މެންދުރު ނ. ޅޮއްސަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. ޅޮހީން ހޮޅުދޫއަށް ދިއުމަށް ފަހު، ނ. ވެލިދޫއަށް ދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާ އޮންނާނީ ވެލިދޫގައެވެ.

އެމްޑީޕީން މިހަފްތާގައި ކުރާ ކެމްޕެއިން މިދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ރަށެއްގައި ވެސް ރައްޔިތުންނާ ބައްދަލުކޮށް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހިނގުން ފަދަ ހަރަކާތްތައް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކެންޑިޑޭޓުންގެ ޕޯސްޓަރު ހިއްޕުމާއި މަޝްވަރާ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް