Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިވިލް ކޯޓް

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައެއްގައި ބާގިރު ތިން އަހަރަށް ޖަލަށް ލުމަށް ސިވިލް ކޯޓުން މީގެ ކުރިން ވަނީ ހުކުމް ކޮށްފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2017 | ހޯމަ 17:23
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ އަބްދުﷲ ބާގިރު އަހުމަދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ބާގިރު ހޯދުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މުޙައްމަދު ބާގިރު (46އ) ހޯދަމުން ދަނީ ބެންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވާތީ ބަންދުގައި ބަހައްޓައިގެން 2017 ފެބްރުއަރީ 2 ވަނަ ދުވަހު ކޯޓަށް ހާޒިރުކުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާއި ގުޅިގެންނެވެ.

ބެންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބާގިރު ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާއިރު އޭނާ އުމްރާއަށް މީހުން ގެނެސްދޭނެ ކަމަށް އެތައް ބައެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގައި ތިން އަހަރު ދުވަހަށް ޖަލަށް ލުރުމަށް ވެސް ސިވިލް ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފައެވެ.

އެ މައްސަލާގައި ދައުލަތުން ބާގިރުގެ މައްޗަށް އުފުލި ދައުވާގައި ބުނެފައި ވަނީ 1434 ވަނަ އަހަރުގެ ރަމްޝާން މަހު އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ އޭނާގެ 90 ޕަސެންޓް ހިއްސާ އޮންނަ އެސްބީޓީ ހައްޖު އުމްރާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 13 މީހެއްގެ އަތުން 490500ރ (ހަތަރު ލައްކަ ނުދިހަ ހާސް ފަސްސަތޭކަ ރުފިޔާ) ނެގުމަށް ފަހު އެފަރާތްތަކަށް އަމްރާގެ އަޅުކަން އަދާކުރުމަށް ދެވޭނެ ގޮތް ހަމަޖައްސައިނުދީ އަދި އެ ފައިސާ އަނބުރާ ހަވާލުނުކޮށް ފައިސާ އަށް ހިޔާނާތްތްެރިވެފައިވާ ކަމަށެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އުމްރާ އަށް ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި، އެ ފައިސާ އަށް ހިނަތާނެރިވެފައިވާ ކަމަށް ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެން ކަމުން އަބްދުﷲ ބާގިރު އަހުމަދު ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އަމުރު ކުރާ ކަަމަށެވެ. މީގެއިތުރުން ވެސް އުމްރާ އަށް ގެންގޮސްދޭނެ ކަމަށް ބުނެ ބައެއްގެ އަތުން މިލިޔަނެއްހާ ރުފިޔާ އަބްދުﷲ ބާގިރު ނަގާ ހިޔާނާތްތްެރިވި ކަމުގެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލިއެވެ. ނަމަވެސް އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް ރާއްޖެއަށް ވަޑައިގަންނަވަނީ

01 ޖުލައި 2017
ހައްޖާއި އުމްރާ އަށް ކޯޓާ ދޫކުރުމުގައި ހުސް ކޮރަޕްޝަން!

ހައްޖާއި އުމްރާ އަށް ކޯޓާ ދޫކުރުމުގައި ހުސް ކޮރަޕްޝަން!

19 މެއި 2017
ކަނޑޫމާ ރިސޯޓް މޫދަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކަނޑޫމާ ރިސޯޓް މޫދަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

18 އެޕްރީލު 2017
 ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އާލާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ބްރޯޑްކޮމް އިން އެދިއްޖެ

13 އެޕްރީލު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު