Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރޫޒިންގ ޔޮޓްތަކުގެ ޝައުގުވެރިކަން ރާއްޖެއަށް

އުލިގަމުގައި ރައީސް ޞާލިހު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައި، ރާއްޖެ އަންނަ ޔޮޓްތަކަށް ހިތްހަމަޖެހުން!

28 ޑިސެމްބަރު 2020 | ހޯމަ 17:05

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރުމާއެކު އަމަލުކުރަން ފަށާފައިވާތީ، ދިގު މިނުގައި 15 މީޓަރު ހަމަނުވާ ކުދި ޔޮޓް ފަހަރު ނުވަތަ ކްރޫޒިންގ ޔޮޓްތަކުން ފީއެއް ދައްކާކަށް ނުޖެހޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޑިސެމްބަރު 2020 | ހޯމަ 17:05
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލުމުން ހއ. އުލިގަމަށް އައި ފުރަތަމަ ޔޮޓް، އޮކްޓޯބަރު މަހުގެ 06 ވަނަ ދުވަހު ބަނދަރުކޮށްފައި

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލުމުން ހއ. އުލިގަމަށް އައި ފުރަތަމަ ޔޮޓް، އޮކްޓޯބަރު މަހުގެ 06 ވަނަ ދުވަހު ބަނދަރުކޮށްފައި

ނިމިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ހއ. އުލިގަމަށް ކުރެއްވި ދަތުރުފުޅެއްގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދަވައި، ރާއްޖެ އަންނަން ޔޮޓް ފަހަރުތަކަށް ހިތްހަމަ ޖެހުން ގެނެސްދެއްވައިފިއެވެ.

ފަތުރުވެރިކަމާބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނައުމުގެ ބިލް ހޯމަ ދުވަހު ރައީސް ޞާލިހު ތަސްދީގު ކުރައްވާފައިވާއިރު، އެ އިސްލާހުގައި ހިމެނޭ އެންމެ މުހިއްމު އެއް މާއްދާއަކީ ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރުމާ ގުޅޭ މާއްދާއެވެ. އެ އެމާއްދާގައި ބުނެފައިވަނީ، ދިގުމިނުގައި 15 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރަށް ހުއްދަ ދޫކުރާނީ 5،000ރ ފީއެއް ދެއްކުމުން ކަމަށެވެ. އެހެންކަމުން މިގާނޫނު ތަސްދީގު ކުރުމާއެކު އަމަލުކުރަން ފަށާފައިވާތީ، ދިގު މިނުގައި 15 މީޓަރު ހަމަނުވާ ކުދި ޔޮޓް ފަހަރު ނުވަތަ ކްރޫޒިންގ ޔޮޓްތަކުން ފީއެއް ދައްކާކަށް ނުޖެހެއެވެ.

Advertisement - newsAdvertisement

މީގެކުރީގައި މިގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން، ބޭރުގެ ޓޫރިސްޓް އެއްވެސް އުޅަނދެއް އިސްތިސްނާ ކުރުމެއްނެތި، 5،000ރގެ ފީއެއް ނަގަމުންދިޔައެވެ.

ރައީސް ޞާލިހުގެ މި ވައުދުފުޅު ފުއްދެވުމާއެކު އެންމެބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔަ އެއްބަޔަކީ ކްރޫޒިން ޔޮޓް ފަހަރުތަކުގެ ރާއްޖޭގެ އެޖެންޓުންނެވެ.

ބައިނަލް އަގްވާމީ، އޯޝަން ކްރޫޒިންގ ކްލަބްގައި ރާއްޖެ ތަމްސީލް ކުރައްވާ އަސަދުﷲ މުހައްމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ރައީސް ޞާލިހު، އެ ވައުދުފުޅުވެވަޑައިގެން ދުވަހުން ފެށިގެން، އެވައުދުފުޅު ފުއްދަވާނެ ދުވަހެއްގެ އިންތިޒާރުގައި ހުންނެވި ކަމަށާއި އުއްމީދު އާވެގެންދިޔަ ކަމަށެވެ. އަދި އެ މައުލޫމާތުތައް ބޭރުގެ އެޖޭންޓުންނާއި އޯޝަން ކުރޫޒިންގ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިއްސާ ކުރަމުންދިޔަ ކަމަށެވެ.

އަސަދުﷲ ވިދާޅުވީ، ރާއްޖެ އަންނަ ކުރޫޒިންގ ޔޮޓްތަކުން ނަގަމުންދާ ފީ ކުޑަކުރައްވާނެ ކަމުގެ ވައުދު ރައީސް ވެވަޑައިގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އަދި ކަމާބެހޭ އިދާރާތަކުން އެމަސައްކަތް ފައްޓަވައި، ހާއްސަ ގޮތެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަން ފަދަ އިދާރާތައް ހިމެނޭގޮތަށް ސިމްޕޯޒިއަމެއް ބާއްވާއި މަޝްވަރާތައް ކުރެވި، ރާއްޖެ އަންނަ ޔޮޓްތަކުން ކުރިން ނަގަމުންދިޔަ ފީތައް ކުޑަކޮށްފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖެ އަންނަ 15 މީޓަރު ހަމަނުވާ ޔޮޓުތަކުން އިންވާރޑް އަދި އައުޓްވާރޑް ފީގެ ގޮތުގައި ކުރިން 2،000ރ ނަގަމުންދިޔަ ކަމަށާއި ނަމަވެސް އެ ފީ މިހާރު 500ރ އަށް ކުޑަކޮށްފައިވާ ކަމަށެވެ.

އަސަދުﷲ ވިދާޅުވީ، ރައީސް ޞާލިހުގެ ސަރުކާރުން އޯސަން ކުރޫޒިންގގައި އުޅޭ ޔޮޓްތަކުން ނަގާ ފީ ކުޑަކުރައްވާނެ ކަމަށް ވިދާޅުވުމުން، އެކަން އޯޝަން ކުރޫޒިންގައި އުޅޭ ފަރާތްތަކަށް ހިއްސާކުރުމުން ގިނަ ފަރާތްތަކެއް ރާއްޖެގައި ކުރޫޒު ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އަސަދުﷲ ވިދާޅުވީ މިހާރުވެސް ރާއްޖެ އަންނަން ޝައުގުވެރި ވެގެން 78 ޔޮޓް ހިމެނޭ ލިސްޓެއް އެބައޮތް ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ކުރޫޒު ކުރަން ބޭނުންވާން ޔޮޓްތައް އިތުރުވެގެންދާނެ ކަމަށެވެ.

ނަމަވެސް އަސަދުﷲ ވަނީ، ރާއްޖެއަށް އަންނަ ކުރޫޒިންގ ޔޮޓްތަކުން އެދެމުންދާ އެއްކަމެއް ފާހަގަކުރައްވާފަ އެވެ. އެއީ، ރާއްޖެ އަންނަ ކުރޫޒިންގ ޔޮޓްތަކުން އަންނަ ފަތުރުވެރިންނަށް، މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށްތަކަކަށް ޒިޔާރާތްކޮށް، އެރަށުން ވިޔަފާރިކޮށްލައި، ސަގާފަތާއި އާދަކާދަތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު އެމީހުންގެ ދަތުރުގެ 14 ދުވަސްވުމުން ފަހިކޮށްދިނުމަށެވެ.

ކުރޫޒިންގ ޔޮޓްތަކުން އަންނަ ފަތުރުވެރިންނަކީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ ބަޔަކަށްވާތީ، އެމީހުން ރާއްޖެއަށް ޒިޔާރާތް ކުރުމުގެ މައިގަނޑު ބޭނުމަކީވެސް ރަށްތަކަށް ޒިޔާރާތްކޮށް ރާއްޖޭގެ ސަގާފަތާ އަދާކާދަތައް ތަޖުރިބާކޮށްލުން ކަމަށްވެސް އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވިދާޅުވީ، މިސާލަކަށް ތައިލެންޑުން ކުރޫޒިންގް ޔޮޓްގައި އަންނަ ފަތުރުވެރިޔާ އަންނަނީ ކޮވިޑް-19އަށް ނެގަޓިވް ޓެސްޓަކާއެކު، އަދި އެމީހުން ދަތުރުމަތީގައި ނުވަތަ ކަނޑު މަތީގައި 16 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރާއިރު، އެއީ ކަރަންޓީން މުއްދަތަށްވުރެ ވެސް ގިނަ ދުވަސް ކަމަށެވެ. އެހެންކަމުން ކްރޫޒިންގ ޔޮޓްތަކުގައި އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށަކަށް ޒިޔާރާތް ކުރުމުގެ ފުރުސަތެއް ލިބޭނަމަ، މިހާރަށް ވުރެ މާގިނަ ޔޮޓް ރާއްޖެއަށް ޒިޔާރަތް ކުރަމުންދާނެ ކަމަށްވެސް އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިންނާއި ކަމާބެހޭ އިދާރާތައް މަޝްރަވާ ކުރައްވައިގެން ކުރޫޒިންގ ޔޮޓްތަކަށް، ކޮވިޑް-19އަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށްތަކަކަށް ޒިޔާރާތް ކުރުމުގެ ފުރުސަތު ދިނުމަށް އެދިލައްވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް