Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ އާއި ސަސްގެ މެޗު

ސަސް އަކީ ސަޕްރައިޒިން ޓީމެއް: ޝާޒްލީ

24 ޑިސެމްބަރު 2020 | ބުރާސްފަތި 15:31

ލީގުގައި މިހާތަނަށް މެޗަކުން ސަސް ބަލިވެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޑިސެމްބަރު 2020 | ބުރާސްފަތި 15:31
ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަކީ ސަޕްރައިޒިން ޓީމެއް ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ސަސް ވާދަކުރަމުން އައި ނަމަވެސް، އެ ޓީމުން މި ފަހަރުގެ ސީޒަނާ ކުރިމަތިލާފައިވަނީ ތަޖުރިބާކާރު ސްކޮޑަކާއެކެއެވެ. އަދި ލީގުގައި މިހާތަނަށް މެޗަކުން އެ ޓީމު ބަލިވެފައި ނުވާއިރު، ފުރަތަމަ މެޗުގައި ވަނީ ވަރުގަދަ ކުލަބު އީގަލްސް 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި ދެވަނަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ވާދަކުރިއިރު، އެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ސަސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒްލީ ބުނީ ޓީސީގައި މި ފަހަރު އޮތީ ވަރަށް ޒުވާން ސްކޮޑެއް ކަމަށާއި، އެކަމަކު ވަރަށް އިތުބާރުކުރެވޭ މޮޅެތި ކުޅުންތެރިން ސްކޮޑުގައި އެބަތިބި ކަމަށެވެ. އެހެންކަމުން ޓީމު ހަމައަކަށް އެޅެން ވަގުތު ކޮޅެއް ނަގާ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ މިހާތަނަށް ސަސްގެ ކުޅުމަށް ބަލާލާއިރު، އެ ޓީމު ފެންނަނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ. އެހެކަމުން އެ ޓީމަކީ މި ފަހަރުގެ ލީގުގައި ވާދަކުރަމުން އަންނަ ސަޕްރައިޒިން ޓީމެއް ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ސަސްއާ ދެކޮޅަށް ޓީސީ ނުކުންނައިރު، އެ ޓީމުން ވަނީ މިހާތަނަށް ލީގުގައި ތިން ޕޮއިންޓް ހޯދާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުން 3-0 ބަލިވި ނަމަވެސް، އެ ޓީމުން ވަނީ ދެވަނަ މެޗުގައި އިގާލްސް އަތުން 2-0 ން މޮޅުވެފައެވެ.

ޓީސީ މެޗުގެ ކުރިން ސަސްގެ ކޯޗު އަޙްމަދު ނާޝިދު (ނާދު) ބުނީ ކުރިއަށް އޮތް ޓީސީ މެޗަކީ ލީގުގެ ފުރަތަމަ ބުރުގައި ސަސްއަށް ކުރިމަތިލަންޖެހޭނެ އެންމެ މުހިންމު އެއް މެޗު ކަމަށެވެ. އެހެންކަމުން މި މެޗަށް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، ޓީމުގައި ކުދިކުދި އަނިޔާތައް އުޅުނު ނަމަވެސް، މެޗާ ކުރިމަތިލާއިރު ކުޅުންތެރިންގެ ފިޓްނަސް ވަރަށް ރަނގަޅު ކަމަށްވެސް ނާދު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ސަސް ބައްދަލުކުރާ މެޗު ފަށާނީ ހުކުރު ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
01 މާރިޗު 2017

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

01 މާރިޗު 2017
ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި
26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް