Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވަލްކޭގެ ސަސްޕެންޝަން

ވަލްކޭއަށް ދީފައިވާ 10 އަހަރުގެ ސަސްޕެންޝަން އިސްތިއުނާފްކޮށްފި

އަދަބަކީ އެއްގޮތަކަށް ވެސް ޙައްޤު އަދަބެއް ނޫން ކަމަށްބުނޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 12:30
ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްކޭ: ވަލެކޭއަށް ދީފައިވާ އަދަބަކީ ޙައްޤު އަދަބެއް ކަމަށް ޤަބޫލެއް ނުކުރޭ

ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްކޭ: ވަލެކޭއަށް ދީފައިވާ އަދަބަކީ ޙައްޤު އަދަބެއް ކަމަށް ޤަބޫލެއް ނުކުރޭ

ފީފާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްކޭ އަށް ދީފައި ވަނީ ހައްގު ނޫން އަދަބެއް ކަމަށް ބުނެ އެ މައްސަލަ އޭނާ އިސްތިއުނާފް ކުރަން ހުށަހަޅައިފިއެވެ.

މިދިޔަ އަހަރު ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ވަކިކުރުމަށް ފަހު10 އަހަރަށް ސަސްޕެންޑްކުރި މައްސަލަ ވަލްކޭ މިހާރު ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އިސްތިއުނާފް ކޮށްފައެވެ.

ދެހާސް ތިން ވަނަ އަހަރު ފީފާއާ ގުޅުނު ވަލްކޭ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ހަވާލުވީ 2007 ވަނަ އަހަރު އެވެ.

މިދިޔަ އަހަރު ވަލްކޭ މަޤާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކެއް ތަހުގީގު ކުރުމަށް ފަހު އެކަންތައްތައް ސާބިތުވުމުންނެވެ.

އެގޮތުން ވޯލްޑް ކަޕްގެ ޓީވީ އެއްބަސްވުންތަކާއި ބްލެކް މާކެޓްގައި ވޯލްޑް ކަޕް ޓިކެޓް ވިއްކުން ފަދަ ކަންކަން އޭނާގެ މައްޗަށް ހިންގި ތަހުގީގަށް ވަނީ ސާބިތުވެފައެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް ކޮރަޕްޝަން ހިންގާފައިވާކަން ވަލްކޭގެ މައްޗަށް ސާބިތުވުމުން ފީފާ އެތިކްސް ކޮމިޓީން ވަނީ އޭނާގެ މައްޗަށް ފިޔަވަޅު ވެސް އަޅާފައެވެ.

މައްސަލަތައް ބެލުމަށް ފަހު ވަލްކޭ 70،8000 ޕައުންޑުން ޖޫރިމަނާކުރުމާ އެކު 12 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް އެތިކްސް އެންމެ ފުރަތަމަ ނިންމި ނަމަވެސް ފަހުން ސަސްޕެންޝަނުގެ މުއްދަތު ކުޑަކޮށްދިނެވެ.

އެގޮތުން އެ މައްސަލަ އަލުން ބެލުމަށް ފަހު ވަލްކޭގެ 12 އަހަރު ދުވަހުގެ މުއްދަތު 10 އަހަރަށް ކުޑަކޮށްދިނެވެ.

ދެހާސް ހަތްވަނަ އަހަރު ފީފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ވަލްކޭ ހަވާލުވުމުގެ ކުރިން ވަލްކޭ ހުރީ ފީފާގެ ޑިރެކްޓާ އޮފް މާކެޓިން އެންޑް ޓީވީގެ މަގާމުގައެވެ. އޭގެ ކުރިން ވަލްކޭއަކީ ފްރާންސްގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ "ކެނަލް ޕްލަސް" ގެ ނޫސްވެރިއެކެވެ.

މި މައްސަލައިގައި ވަލްކޭ ބުނެފައިވަނީ އިންސާފު ހޯދަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެ އަދަބަކީ އެއްގޮތަކަށް ވެސް އޭނާއަށް ޙައްޤު އަދަބެއް ނޫން ކަމަށް ވަލްކޭ ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

އެތުލެޓިކްސް އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓު ހަތް މިލިއަނަށް

30 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

މިއަހަރުގެ ކިޑްސް ފިއެސްޓާގައި 17 ސްކޫލް ބައިވެރިވެއްޖެ

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު