Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ-ބަޔޮންޓެކް ވެކްސިން

ޖޯ ބައިޑަން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި

ބައިޑަންއަށް ފައިޒަރ-ބަޔޮންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ ހޯމަ ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 22 ޑިސެމްބަރު 2020 | އަންގާރަ 04:35
އެމެރިކާގެ އިންތިހާބީ ރައީސް، ޖޯ ބައިޑަންއަށް ފައިޒަރ-ބަޔޮންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ ހޯމަ ދުވަހު

އެމެރިކާގެ އިންތިހާބީ ރައީސް، ޖޯ ބައިޑަންއަށް ފައިޒަރ-ބަޔޮންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވަނީ ހޯމަ ދުވަހު

އެމެރިކާގެ ރައްޔިތުންނަށް ފައިޒަރ-ބަޔޮންޓެކް ވެކްސިންގެ ރައްކާތެރިކަން ޔަގީންކޮށްދެއްވުމަށް އެ ގައުމުގެ އިންތިހާބީ ރައީސް، ޖޯ ބައިޑަން އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފިއެވެ.

78 އަހަރުގެ ބައިޑަން މި ބައްޔަށް "ހައި-ރިސްކް" މީހުންގެ ތެރޭގައި ހިމެނޭއިރު، އެ މަނިކުފާނު ވެކްސިން ޖައްސަވާ މަންޒަރު ވަނީ ލައިވްކޮށް ބްރޯޑްކާސްޓްކޮށްފައެވެ.

ބައިޑަންގެ ވާއަތަށް ވެކްސިން ޖައްސަވާފައިވާއިރު، މިކަން ކޮށްފައިވަނީ ޑެލަވެއަރ ސްޓޭޓްގެ ނިވާކްގައި ހުންނަ ކްރިސްޓިއާނާކެއަރގެ ކްރިސްޓިއާނާ ހޮސްޕިޓަލުގައެވެ. ބައިޑަންއަށް ވެކްސިން ޖަހާފައިވަނީ ހޮސްޕިޓަލްގެ ހެޑް އޮފް އެމްޕްލޯޔީ ސަރވިސަސް އަދި ނަރުހެއްކަމަށްވާ، ޓޭބް މޭސްއެވެ.

ކޮވިޑް-19އާ ގުޅިގެން ބުރަކޮށް މަސައްކަތް ކުރަމުންދާ ސިއްހީ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވަމުން ބައިޑަންވަނީ މި ވެކްސިން އެފެއްދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ވެކްސިން ޕްރޮގްރާމްކަމަށްވާ "އޮޕަރޭޝަން ވޯޕް ސްޕީޑް" އަށް ތައުރީފް ކުރައްވާފައެވެ.

މި ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭއިރު، ބައިޑަން ވިދާޅުވީ ދެވަނަ ޑޯޒަށްވެސް ތައްޔާރުކަމަށެވެ. އަދި އަނބިކަނބަލުން، ޖިލްވެސް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.

ވެކްސިންގެ ޑޯޒްތައް އެކި ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ނަމަވަސް، އެމެރިކާގެ އިންތިހާބީ ރައީސް ވިދާޅުވީ މިކަމަކީ ވަރަށް ވަގުތު ނަގާ ކަމެއް ކަމަށެވެ.

ބައިޑަން ފައިޒަރ-ބަޔޮންޓެކް ވެކްސިން ޖެއްސެވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ސިއްހީ ފަންނުވެރިންތަކެއް ވެސް އެ ވެކްސިން ޖަހާފައިވާއިރު، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ދެވަނަ ވެކްސިން އަކަށް ވެސް ހުއްދަ ދީފައެވެ.

ބައިޑަންގެ ރަނިންގމޭޓް އަދި އިންތިހާބީ ނައިބު ރައީސް، ކަމަލާ ހެރިސް އާއި އެކަމަނާގެ ފިރިކަލުން އަންނަ ހަފްތާގައި ވެކްސިން ޖައްސަވާނެކަމަށް ބައިޑަންގެ ޓީމުން މައުލޫމާތުދެއެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިޒީޒް (އެންއައިއޭއައިޑީ) ގެ ޑިރެކްޓަރު، ޑރ. އެންތަނީ ފައުޗީ ވަނީ ބައިޑަން އަދި ކަމަލާވެސް ވެކްސިން ޖެއްސެވުމަށް ނަސޭހަތްތެރި ވެލައްވާފައެވެ. މީގެ އިތުރުން، މިހާރުގެ ރައީސް ޓްރަމްޕް އާއި ނައިބު މައިކް ޕެންސްވެސް ވެކްސިން ޖެއްސެވުމަށް ފައުޗީ ގޮވާލެއްވިއެވެ.

ޖެނުއަރީ 20 ގައި ބައިޑަން ރައީސްކަމާ ހަވާލުވަޑައިގަންނަވާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވަން ލިސްޓް ކުރައްވާފައި ހުރި ކަންތައްތަކުގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރަން ކުރެވެން ހުރި މަސައްކަތްތައް ހިމެނެ އެވެ. މީގެ ތެރޭގައި، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 50 މިލިއަން މީހުންނަށް ވެކްސިން ޖެހޭވަރަށް 100 މިލިއަން ޑޯޒް ބެހުން ހިމެނެއެވެ.

އެމެރިކާގައި ކޮވިޑްޖެހިގެން 318،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު