Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޕާލުގެ ސިޔާސީ މަސްރަހު

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

މަގާމުން ދުރުކުރުމަށް ހުށަހެޅީ ވެރިކަންހިންގާ ކޯލިޝަންގެ މައި ދެ ޕާޓީ ގުޅިގެން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 މެއި 2017 | ހޯމަ 07:00
އުމުރުފުޅުން 64 އަހަރުގެ ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި

އުމުރުފުޅުން 64 އަހަރުގެ ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމަށް ވެރިކަންހިންގާ މައި ދެ ޕާޓީ ގުޅިގެން ހުށަހެޅުމުން އެ ކަމަނާ ސަސްޕެންޑްކޮށްފިއެވެ.

ފަނޑިޔާރު ސުޝިލާ ކަރްކީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވަކިފަރާތަކަށް ބުރަވެގެން ހުކުމްތައް އިއްވުމާ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ނުފޫޒު ފޯރުއްވެވުމެވެ.

މީއީ ގާނޫނުހަދާ މަޖިލީހުގެ މަދުވެގެން 249 މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށްވާއިރު މަގާމުން ވަކިކުރުމަށް ހިންގާ ތަހުގީގެއް ފެށުމަށް ބޭނުންވަނީ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއެވެ.

މި މައްސަލަ ހުށަހެޅުމަށް އެއަށްވުރެ ގިނަ މެމްބަރުންގެ ސޮއި ވަނީ ހަމަވެފައެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގުޅިގެން ހުށަހަޅާފައިވާ މި ހުށަހެޅުން އައިސްފައި މިވަނީ ޗީފް އޮފް ޕޮލިސްގެ މަގާމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ކޯޓުން އަނބުރާލުމުންނެވެ.

އުއްތަމަ ފަނޑިޔާރު، ކަރްކީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި، މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީ އުފެދުމާ އެކު އެކަމަނާ އެ ހުންނެވީ އޮޓަމެޓިކުން ސަސްޕެންޑް ވެފައެވެ.

މައްސަލައިގައި އެކަމަނާ ވަކިކުރަން ނިންމޭނީ މަޖިލީހުގެ ވޯޓަކަށް ހުށަހަޅައި ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބިގެންނެވެ.

އުމުރުފުޅުން 64 އަހަރު ފުޅުގެ ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި ކަމަށްވާއިރު ޖޫން މަހު އެކަމަނާ ރިޓަޔަރ ކުރައްވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު