Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

މަޑުޖެހުމެއް ނެތި ކޮވިޑް ކޭސްތައް އިތުރުވަމުން ގޮސް 75 މިލިއަނަށް

ފާއިތުވި މަސްދުވަސްތެރޭގައި މުޅި ދުނިޔެއިން 18.65 މިލިއަން މީހުންނަށް ވަނީ އަލަށް ކޮވިޑް-19 ޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޑިސެމްބަރު 2020 | އާދީއްތަ 08:56
ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް ފަރުވާދެނީ

ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް ފަރުވާދެނީ | ބީބީސީ

ކޮވިޑް-19 އަށް ވެކްސިން ދިނުމަށް ގައުމުތަކުން ތައްޔާރުވަމުންދާއިރު މުޅި ދުނިޔެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 75 މިލިއަނުން މައްޗަށް އަރައިފިއެވެ.

އިނގިރޭސިވިލާތުން މި މަސްތެރޭގައި ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން ޖެހުމަށް ފަށާފައިވާއިރު އެމެރިކާގައިވެސް ވަނީ މި ވެކްސިން ޖަހަންފަށާފައެވެ. އަދި މޮޑާނާ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވަނީ ދީފައެވެ.

ފާއިތުވި މަސް ދުވަސްތެރޭގައި މުޅި ދުނިޔެއިން 18.65 މިލިއަން މީހުންނަށް ވަނީ އަލަށް ކޮވިޑް-19 ޖެހިފައެވެ. މިއީ މުޅި މި ޕެންޑަމިކްގެ ތެރޭގައިވެސް 30 ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހުނު 30 ދުވަހެވެ.

ދުނިޔޭގެ ބައްރުތަކަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ ޔޫރަޕުންނެވެ. އެއީ 21.6 މިލިއަން މީހުންނެވެ. އެއަށްފަހު ނޯރތް އެމެރިކާ ސަރަހައްދެވެ. އެއީ 17.9 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިގެންނެވެ. ލެޓިން އެމެރިކާ ސަރަހައްދުން 14.5 މިލިއަން މީހުން އަދި އޭޝިޔާ ބައްރުން 13 މިލިއަން މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

ޔޫރަޕަށް ބަލާއިރު ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ވަނީ އެއް މިލިއަން މީހުންނަށް އަލަށް ވައިރަސް ޖެހިފައެވެ. ރަޝިއާ އާއި ފްރާންސުން ވަނީ ވައިރަސް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރާފައެވެ. އިނގިރޭސިވިލާތާއި އިޓަލީން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1.9 މިލިއަނަށް އަރާފައެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމެރިކާ ގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ތިން ލައްކައަށް އަރާފައެވެ. ފާއިތުވި 7 ދުވަހު އެމެރިކާގައި ދުވާލެއްގެ މައްޗަށް 2500ށް ވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އަނެއްކޮޅުން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކުގައި ފައިޒަރ ގެ ވެކްސިން އަންނަނީ ޖަހަމުންނެވެ.

އެމެރިކާ އަކީ މިޕެންޑަމިކްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުން 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ އިންޑިޔާއެވެ. އެއަށްފަހު ބްރެޒިލްއެވެ.

ދުނިޔޭގެ އާބާދީގެ 4 އިންސައްތަ ހިއްސާކުރާ އެމެރިކާ އިން ވައިރަސް ޖެހުނު މީހުންގެ 23 އިންސައްތަ ހިއްސާކުރެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ބްރެޒިލްގައި 70،000 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. 7 މިލިއަނަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ދެން ރިޕޯޓްކުރަމުން އަންނަނީ އިންޑިޔާ އާއި ބްރެޒިލް އިންނެވެ.

ސައުތު އެމެރިކާ ސަރަހައްދުގެ ގައުމުތަކަކީ ދެ ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ސަރަހައްދެވެ. އެސަރަހައްދުން 180،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ހޮނިހިރު ދުވަހު އިންޑިޔާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 10 މިލިއަނަށް އަރާފައެވެ. އިންޑިޔާއިން އަންނަނީ ކުރިޔަށް އޮތް 8 މަސްދުވަސްތެރޭގައި 600 މިލިއަން ކޮވިޑް-19 ވެކްސިން ޖެހުމަށް ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2018

ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި

17 އެޕްރީލު 2018
ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި
26 މާރިޗު 2018

ޕަރތުން ލަންޑަނަށް، ހުއްޓުމެއްނެތި 17 ގަޑިއިރު

26 މާރިޗު 2018
ޕަރތުން ލަންޑަނަށް، ހުއްޓުމެއްނެތި 17 ގަޑިއިރު
22 މާރިޗު 2018

ތުހުމަތުކުރަނީ ހެއްކެއް ނެތި: ސަރްކޯޒީ

22 މާރިޗު 2018
ތުހުމަތުކުރަނީ ހެއްކެއް ނެތި: ސަރްކޯޒީ
30 ޑިސެމްބަރު 2017

ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި

30 ޑިސެމްބަރު 2017
ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި
21 ޑިސެމްބަރު 2017

އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި، ގުދުސްގެ ގަރާރު ބޮޑު އަޣުބަލިއްޔަތަކުން ފާސްކޮށްފި

21 ޑިސެމްބަރު 2017
އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި، ގުދުސްގެ ގަރާރު ބޮޑު އަޣުބަލިއްޔަތަކުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު