Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ ދަރަނި 20 ޓްރިލިއަނުން މައްޗަށް، އަދިވެސް ދާނީ އިތުރުވަމުން

13 ސެޕްޓެމްބަރު 2017 | ބުދަ 16:44

މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ކޮންގްރެސްގެ ކިބައިގައިވެސް ނެތް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 13 ސެޕްޓެމްބަރު 2017 | ބުދަ 16:44
2047 ވަނަ އަހަރާއި ހަމައަށް ދާއިރު، އެމެރިކާގެ ބަޖެޓް ޑެފިސިޓް 150 އިންސައްތައަށް އަރާނެ

2047 ވަނަ އަހަރާއި ހަމައަށް ދާއިރު، އެމެރިކާގެ ބަޖެޓް ޑެފިސިޓް 150 އިންސައްތައަށް އަރާނެ

ޚަރަދު ކުރުމާއި ގުޅޭގޮތުން ވައިޓްހައުސްއިން އެކަށޭނަ ފިޔަވަލުތަކެއް ނާޅައިފިނަމަ، އެމެރިކާގެ ދަރަނި އަދިވެސް ބޮޑުވެގެންދާނެ ކަމަށް، ވިލާތުގެ އިއްތިހާދުގެ ކުރީގެ ކޮންސަލްޓަންޓް ޕައޯލޯ ވޮން ޝައިރާކް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދައުލަތުގެ ދަރަނި 20 ޓްރިލިއަން ޑޮލަރަށް އެރުމާއި ގުޅިގެން، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ، ގްލޯބަލް ޕޮލިސީ އިންސްޓިޓިއުޓްގެ ރައީސްކަން ވެސް ކުރައްވާ ޝައިރާކް ވިދާޅުވީ، މިވަގުތު ފެންނަ މަންޒަރުތަކަށް ބަލާއިރު، އެމެރިކާގެ ދަރަނި މި އަދަދަށް ބޮޑުވެގެން ދިއުމުގެ މައިގަނޑު ސަބަބު ކަމުގައިވާ އެ ޤައުމުގެ އެންޓައިޓަލްމެންޓް ޕްރޮގްރާމްތަކަށް ހަމަޖެހޭ ބަދަލުތަކެއް ގެނައުމުގެ ސީރިއަސް ވިސްނުމެއް ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ކޮންގްރެސްގެ ކިބައިގައި ވެސް ހުރިކަމަށް ނުބެލެވޭ ކަމަށެވެ.

އެމެރިކާގެ ދައުލަތުގެ ދަރަނި 20 ޓްރިލިއަނަށް ވުރެ އިތުރުވެގެން ގޮސްފައިވަނީ، އެޤައުމުގެ ދައުލަތަށް 20 ޓްރިލިއަނަށް ވުރެ އިތުރަށް ދަރަނީގެ ގޮތުގައި ފައިސާ ނުހޯދޭ ގޮތަށް އޮތް އޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ސަސްޕެންޑް ކުރުމަށް ރައީސް ޓްރަމްޕް ނިންމެވުމުންނެވެ.

ޝައިރާކް ވިދާޅުވީ، އެމެރިކާގެ މައިގަނޑު މައްސަލައަކީ މައިގަނޑު އެންޓައިޓަލްމަންޓް ޕްރޮގްރާމްތައް ހިންގޭވަރަށް ޓެކްސްއިން ދައުލަތަށް އާމްދަނީ ނުލިބުން ކަމަށާ، ކޮންމެ އަހަރަކު ޑެފިސިޓް ބަޖެޓް ފާސްކުރަމުންދާއިރު، އެ ޑެފިސިޓް ފޫބެއްދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އެމެރިކާގެ ފެޑެރަލް ބަޖެޓުގެ 60 އިންސައްތައަކީ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަން ފަދަ އެންޓައިޓަލްމަންޓް ޕްރޮގްރާމްތަކަށް ކުރެވޭ ޚަރަދު އިތުރުވަމުން މިދާ ދަރަނީގެ ސަބަބުން ކުރިއަށް އޮތް ޖީީލުތަކަށް އުފުލަން އުނދަގޫ ވާވަރުގެ ބުރައެއް ކުރިމަތިވާނެއެވެ.

އެމެރިކާގެ ދަރަނި ބޮޑުވި ނަމަވެސް، އެމެރިކާ ސަރުކާރުގެ ކްރެޑިޓް ހިސްޓްރީ، ނުވަތަ ދަރަނި އަދާކުރުމުގެ ރިކޯޑް ރަނގަޅުވުމުން، އިންވެސްޓަރުންގެ އިތުބާރު އަދިވެސް އެމެރިކާ ސަރުކާރަށް ނުގެއްލޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި އިތުބާރު ލިބުނު ނަމަވެސް، ދަރަނި ބޮޑުވެގެން ދިއުމުން، ބޭނުންހާ ވަގުތަކު، ބޭނުން ގޮތަކަށް ބޭނުން ކުރާނެ ފައިސާ ސަރުކާރުގައި ދެން ނުހުންނާނެއެވެ. އެހެންކަމުން، ރައްޔިތުންނަށްޓަކައި ކޮށްދެވޭ ކަންކަން ދުވަހެއް ދުވަހަކަށް ދަށްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން، ނުއުފުލޭ ވަރަށް އެމެރިކާގެ ދައުލަތުގެ ދަރަނި އުފުލިފައިވާއިރު، 2047 ވަނަ އަހަރާއި ހަމައަށް ދާއިރު، އެމަރިކާގެ ބަޖެޓް ޑެފިސިޓް 150 އިންސައްތައަށް އަރާނެ ކަމަށް އެމެރިކާ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް