Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިކޮލަސް ސަރްކޯޒީ

ތުހުމަތުކުރަނީ ހެއްކެއް ނެތި: ސަރްކޯޒީ

ތުހުމަތުކުރަނީ ޣައްޒާފީ އަތުން ފައިސާ ނެންގެވި ކަމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 މާރިޗު 2018 | ބުރާސްފަތި 11:53
ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ

ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީ

ކެމްޕޭނަށް ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީގެ އަތުން ފައިސާ ނެންގެވި ކަމަށް ފަރަންސޭސީވިލާތުގެ ކުރީގެ ރައީސް ނިކޮލަސް ސަރްކޯޒީއަށް ތުހުމަތުކޮށް މައްސަލަ ބަލަމުން ދިޔަ ނަމަވެސް، އެމައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ސަރްކޯޒީ ވިދާޅުވެއްޖެއެވެ.

ލީބިޔާގެ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި، ކެމްޕޭނުގެ މާލީ ކަންކަމާ ބެހޭ ޤާނޫނުތަކާ ޚިލާފަށް އަމަލުކުރެއްވިކަމުގެ ތުހުމަތުގައި ފަރަންސޭސީ ފުލުހުން ސަރްކޯޒީއާ ސުވާލުކުރާތާ ދެ ދުވަސްވަނީ ވެފައެވެ. އުމުރުފުޅުން 63 އަހަރުގެ ސަރްކޯޒީ ވިދާޅުވީ އޭނާ ކުށެއް ނުކުރައްވާ ކަމަށެވެ.

ސަރްކޯޒީ ވިދާޅުވީ އޭނާގެ މައްޗަށް ޣައްޒާފީގެ އަރިސް ބައެއް ބޭފުޅުން އެ ތުހުމަތުކުރައްވަނީ ޣައްޒާފީގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ހަނގުރާމަވެރިންނަށް ވައިގެ މަގުން ފަރަންސޭސީ ސިފައިން މަދަދުވެރިވެފައިވާތީ އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށެވެ.

ސަރްކޯޒީ ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީރިއަސްކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ އަބުރު ކަތިލުމަށް ކުރެވޭ ތުުހުމަތުތަކެއް ކަމަށެވެ. އަދި 2011 ވަނަ އަހަރުގެ މާޗް މަހު ސަރްކޯޒީއަށް ޣައްޒާފީ ފައިސާ ދެއްވި ކަމަށް ވިދާޅުވި ފަހުން ދިރިއުޅުއްވަން ދަތިފުޅުވާ ހިސާބަށް ކަންތައް ގޮސްފައި ވާކަމަށް ސަރްކޯޒީ ސިފަކުރެއްވިއެވެ.

ޣައްޒާފީ ޚަރަދުކުރެއްވި ކަމަށް ވަނީ 2007 ވަނަ އަހަރުގެ ފަރަންސޭސީ އިންތިޚާބުގައެވެ. ލީބިޔާ ދަރިކޮޅުގެ ފަރަންސޭސީ ވިޔަފާރިވެރިއަކު ވަނީ ސަރްކޯޒީގެ އަރިސް ބޭފުޅަކަށް 200 އަދި 500 ޔޫރޯގެ ނޫޓު ހުރި ތިން ފޮށި ދީފައިވާ ކަމަށް ބުނެފައެވެ.

މިމައްސަަލައިގެ ތަހުޤީޤަށް ސަރްކޯޒީގެ ސަރުކާރުގެ ވަޒީރަކު ވެސް ވަނީ ހައްޔަރުކޮށް ސުވާލުކޮށްފައެވެ.

މީގެ އިތުރުން ވެސް ކެމްޕޭނުގެ މާލީ ކަންކަމުގައި ޤާނޫނާ ޚިލާފް އަމަލުތަކެއް ކުރެއްވި ކަމުގެ އެހެން ތުުހުމަތުތަކެއް ވެސް ސަރްކޯޒީގެ މައްޗަށް ކުރެވިފައި ވެއެވެ.

ސަރްކޯޒީގެ މައްސަލަތައް ބަލަން ފަށާފައި ވަނީ އެމަނިކުފާނަށް 2012 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުމާއި ވިދިގެންނެވެ. 2012 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ފްރާންސްވާ އޮލާންޑެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2018

ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި

17 އެޕްރީލު 2018
ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޑިގްރީ ނެތިގެން 250 އަށް ވުރެ ގިނަ ގާޒީން މަގާމުން ވަކިކޮށްފި
26 މާރިޗު 2018

ޕަރތުން ލަންޑަނަށް، ހުއްޓުމެއްނެތި 17 ގަޑިއިރު

26 މާރިޗު 2018
ޕަރތުން ލަންޑަނަށް، ހުއްޓުމެއްނެތި 17 ގަޑިއިރު
21 މާރިޗު 2018

ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި

21 މާރިޗު 2018
ކެމްޕޭނަށް ޣައްޒާފީ އަތުން މާލީ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ސަރްކޯޒީ ހައްޔަރުކޮށްފި
31 ޑިސެމްބަރު 2017

ނަޖީބު ރައްޒާޤް ރާއްޖޭގައި ނެންގެވި ފޮޓޯތައް: ރިޓަޔަރ ކުރައްވަން ބޭނުންފުޅުވާކަމުގެ ހެއްކެއް؟!

31 ޑިސެމްބަރު 2017
ނަޖީބު ރައްޒާޤް ރާއްޖޭގައި ނެންގެވި ފޮޓޯތައް: ރިޓަޔަރ ކުރައްވަން ބޭނުންފުޅުވާކަމުގެ ހެއްކެއް؟!
30 ޑިސެމްބަރު 2017

ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި

30 ޑިސެމްބަރު 2017
ލައިފް ޖެކެޓް ނެތި ޑިންގީ އެއްގައި އުޅުއްވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖުރިމަނާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު