Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގުދުސްގެ މައްސަލަ

އެމެރިކާގެ އިންޒާރަށް ބެލުމެއް ނެތި، ގުދުސްގެ ގަރާރު ބޮޑު އަޣުބަލިއްޔަތަކުން ފާސްކޮށްފި

ގަރާރަށް 128 ގައުމަކުން ތާއީދު ކުރިއިރު، ދެކޮޅު ހެދީ އެންމެ 9 ގައުމުން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2017 | ބުރާސްފަތި 18:32
ގުދުސްގެ މައްސަލާގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓަށް އެހުމަށްފަހު، އދ،ގެ އާއްމު މަޖިލީހުގައި ވޯޓުގެ ނަތީޖާ އިއުލާން ކުރަނީ

ގުދުސްގެ މައްސަލާގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރަށް ވޯޓަށް އެހުމަށްފަހު، އދ،ގެ އާއްމު މަޖިލީހުގައި ވޯޓުގެ ނަތީޖާ އިއުލާން ކުރަނީ

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމާއި ދެކޮޅަށް، އދ.ގެ އާއްމު މަޖިލީހުގައި ނެގި ވޯޓު ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި އެވެ.

193 ގައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އާއްމު މަޖިލީހުގެ ބައްދަލުމަށް ހުށަހެޅި ގަރާރު ފާސްކޮށްފައިވަނީ، 128 ގައުމެއްގެ ތާއީދާއެކުގައެވެ. މިގަރާރާއި ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ 9 ގައުމުންނެވެ. ގަރާރަށް ވޯޓަށް އެހުމުން، 35 ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ.

ގަރާރާއި ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ އަދި އިޒްރޭލުގެ އިތުރުން ދެން ހިމެނެނީ ކުދި ގައުމުތަކެވެ. އެއީ ގުއަޓެމާލާ، ހޮންޑިއުރާސް، މާޝަލް އައިލެންޑްސް، މައިކްރޮނީޝިއާ، ނައޫރޫ، ޕަލާއޫ އަދި ޓޯގޯ އެވެ.

މިގަރާރުގައި ވަނީ، ގުދުސް އާގުޅޭ ގޮތުން އެމެރިކާ އަދި ބައިނަލްއަޤްވާމީ މުޖުތަމައު އިން މީގެ ކުރިން ގެންގުޅުނު އުޞޫލާއި ޚިލާފަށް، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމަކީ ޣައިރު ޤާނޫނީ، ބާތިލް ނިންމުމެއް ކަމަށާއި، ގުދުސްގެ ޤާނޫނީ ހައިސިއްޔަތާއިމެދު ގޮތެއް ނިންމޭނީ އެކަމާއި ގުޅޭ ގޮތުން އދ. އިން ފާސްކޮށްފައިވާ ގަރާރުތަކާއި އެއްގޮތަށް މަޝްވަރާގެ ތެރެއިން ކަމަށެވެ.

އަދި ގުދުސް އާގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް އދ.ގެ އާއްމު މަޖިލީހުގެ މެމްބަރު ހުރިހާ ގައުމަކުން ތަބާވުމަށް މިގަރާރުގައި ގޮވާލާފައިވެއެވެ. އަދި، ސަލާމަތީ މަޖިލީހުން މިކަމާއި ގުޅޭ ގޮތުން ފާސްކޮށްފައިވާ ގަރާރުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުންތައް ބަދަލު ކުރުމަށް މިގަރާރުގައި ގޮވާލާފައިވެއެވެ.

މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުން 1980 ވަނަ އަހަރު ފާސްކޮށްފައިވާ 478 ވަނަ ގަރާރާއި އެއްގޮތަށް، އެއްވެސް ގައުމެއްގެ ޑިޕްލޮމެޓިކް މިޝަން ނުވަތަ އެމްބަސީއެއް ގުދުސްގައި ގާއިމް ނުކުރުމަށް މިގަރާރުގައި ގޮވާލާފައިވެއެވެ.

މިފަދަ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުގައި ފާސް ކުރުމަށްވެސް މަސައްކަތް ކޮށްފައިވެއެވެ. އެހެންނަމަވެސް، މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު، އެމެރިކާ އިން ވީޓޯ ކުރުމާއެކު، ސަލާމަތީ މަޖިލީހުގައި އެކަން ކާމިޔާބުވާ ގޮތް ނުވީއެވެ.

ސަލާމަތީ މަޖިލީހުގައި އެގަރާރު ފާސް ކުރުމަށް ކުރި މަސައްކަތް އެމެރިކާ އިން ނާކާމިޔާބު ކޮށްލުމާއެކު އދ.ގެ އާއްމު މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ އަރަބި ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ ޔަމަން އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ރިޔާސަތު ބަލަހައްޓާ ތުރުކީ އިންނެވެ. ތުރުކީ އަދި ފަލަސްތީނުގެ އިސްނެގުމާއެކު ޔަމަނުން ހުށަހެޅި ގަރާރު، ދުނިޔޭގެ އެތައް ގައުމަކުން ކޯސްޕޮންސަރ ކޮށްފައިވެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާއި ޚިލާފަށް، އދ.ގެ އާއްމު މަޖިލީހުގެ މިފަދަ ނިންމުންތަކަކީ މެމްބަރު ގައުމުތަކުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް ނުވަތަ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ބަނދެވޭ ނިންމުންތަކެއް ނޫނެވެ. މިގަރާރު ފާސްކޮށްފައި މިވަނީ، އދ.ގެ މެމްބަރު ގައުމުތަކަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

ގުދުސްގެ މައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ، ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަނެ، އިޒްރޭލުގެ ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރުމާއި ގުޅިގެން މުޅި ދުނިޔެ އެމެރިކާގެ ނިންމުމާއި ދެކޮޅު ހަދަމުންދަނިކޮށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު