Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާފު ހުޅުމާލެ ޕްރޮގްރާމް

ސާފުތާހިރުކަން ފެނިގެންދާނީ ފަރުދީ ޒިންމާ އަދާކޮށްގެން: ނައިބް ރައީސް

19 ޑިސެމްބަރު 2020 | ހޮނިހިރު 14:03

މި ސަރުކާރުން ސާފުކުރުމަށް އަދި ތިމާވެށި ރީތިކޮށް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއްދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ޑިސެމްބަރު 2020 | ހޮނިހިރު 14:03
ނައިބު ރައީސް ފައިސަލް ނަސީމް، ސާފު ހުޅުމާލެ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވަނީ

ނައިބު ރައީސް ފައިސަލް ނަސީމް، ސާފު ހުޅުމާލެ ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވަނީ

ހުޅުމާލެ އަކީ ހަލުވި ސްޕީޑުގައި ތަރައްޤީވަމުން އަންނަ ތަނެއް ކަމަށާއި އެތަނުގެ ރީތިކަން ފެނިގެންދާނީ ފަރުދީ ޒިންމާ އަދާކޮށް ސާފުތާހިރު ތަނަކަށް ހެދުމަށް ހުރިހާ ފަރާތްތަކުންވެްސ މަސައްކަތްކޮށްގެން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ސާފު ހުޅުމާލެ ޕްރޮގްރާމް ފެއްޓެވެމުގެ ގޮތުން ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން ސާފުކުރުމަށް އަދި ތިމާވެށި ރީތިކޮށް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި ވެރިކަމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަވެސް ސަރުކާރުން ފެއްޓެވި އެއް ޕްރޮގްރާމަކީ ސާފު ކުރުމުގެ ޕްރޮގްރާމެއް ފެއްޓެވުން ކަމަށެވެ. މިއާއި އެކު އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅާ ކަމަށާއި މިކަމުގައި ރައްޔިތުންގެވެސް ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންނަކީ ސާފުތާހިރު ކަމަށް ލޯބިކުރާ ބަޔަކަށްވާއިރު ފަތިހުގެ ވަގުތުތަކުގައިވެސް ގޭދޮޅު ކުނިކަހާ މަންޒަރަކީ އަބަދުވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރެއް ކަމަށެވެ.

މިރީތި އާދަ މިއަދުވެސް ފެނިގެންދާއިރު، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައިވެސް މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ވިދާ ބަބުޅަނީ މި ރީތި ސާފުކަންމަތީ ރާއްޖެ އޮތުމުން ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ކޮންމެ ތަނެއްވެސް ސާފު ތާހިރުކޮށް ބޭއްވޭނީ ފަރުދީ ޒިންމާއަދާކޮށްގެން ކަމަށާއި މިކަމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުންދިނުމަށް ނައިބް ރައީސް އިލްތިމާސްކުރެއްވިއެވެ.

ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކުރިއަށް ގެންގޮސްފައިވާއިރު، އެކި އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. ސާފު ކުރުމުގެ މި ހަރަކާތާއި ގުޅިގެން ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗެއަރމަން މުހައްމަދު ޖައިޝް އިބްރާހިމް ވިދާޅުވީ ކޯވިޑަށްފަހު ހުޅުމާލެ ތެރެ ސާފު ކުރުމުގެ ހިންގި މިޕްރޮގްރާމްގައި ގިނަ ބައެއްގެ އެއްބާރުލުން ލިބިގެންދިޔަ ކަމަށެވެ.

މިޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަވެފައިވާ ކުނިތައް ނަގާ ސާފުކޮށްފައިވެއެވެ. ސާފުކުރުމުގެ މި ޕްރޮގްރާމްގެ ތެރެއިން ވާހަކަދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ހުރިހާ ފަރާތްތަކުން ކުނި މެނޭޖް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އަދި ފަރުދީ ޒިންމާ އަދާކޮށް ދިރިއުޅޭ ވެށި ސާފުކޮށް ބަހައްޓަން ޖެހޭ ކަމަށެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމް 2021 ވަނަ އަހަރު ތެރޭގައި ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިޕްރޮގްރާމަށް ރައްޔިތުންނާއި މުއައްސަސާތަކުންދިން އަކި ވަކިން ހާއްސަކޮށް ޕްރޮގްރާމް ކާމިޔާބުކަމާއި އެކު ކުރިއަށް ގެންދިއުމަށް ސްޕޮންސަރކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ
11 ޖުލައި 2017

ފ. އަތޮޅުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުން: ރައީސް ޔާމީން

11 ޖުލައި 2017
ފ. އަތޮޅުގެ ޕްރޮޖެކްޓް ނައުމުގެ ޒިންމާ ދެން ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތަކުން: ރައީސް ޔާމީން
22 މެއި 2017

ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު

22 މެއި 2017
ބްރޯޑްކޮމްގެ ޒިންމާ އަދާނުކޮށް، ބްރޯޑްކާސްޓަރުންގެ ފަހަތުން ދުވުން ނޫން ކަމެއް ނެތް: ހަސީނު
06 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

06 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
21 މާރިޗު 2017

މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު

21 މާރިޗު 2017
މީޑީއާ ޒިންމާދާރު ކުރަން ބްރޯޑްކޮމްއާ ހަވާލު ކުރީ ބިރު ދައްކާ އިންޒާރުދޭކަށް ނޫން: އަމީތު
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް