Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާ ސިޔާސީވުން

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

ޤާނޫނާއި ޚިލާފުވި އޮފިސަރުން ވަކިވަކިން ޒިންމާ ނަގަންޖެހޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 މާރިޗު 2017 | ބުރާސްފަތި 03:39
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު، އަލްއުސްތާޛް އަލީ ޙުސައިން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު، އަލްއުސްތާޛް އަލީ ޙުސައިން

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަޒާހަތްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރަގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ބުދަދުވަހުގެރޭ އަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މީރާގެ ނަޒާހަތްތެރިކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށާއި، ޤާނޫނާއި ޚިލާފުވި އޮފިސަރުން، އެކަމުގެ ޒިންމާ ވަކިވަކިން ނަގަން ޖެހޭނެ ކަމަށެވެ.

އަލީ ޙުސައިން މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ އެބޭފުޅާ ނިސްބަތްވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމްގެ ވިޔަފާރި ކުންފުނި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ އެކައުންޓްތައް ބުދަދުވަހު މީރާއިން ފްރީޒް ކޮށްފައި ވަނިކޮށެވެ.

މީރާގެ ޑިރެކްޓަރ ޖެނަރަލް – އެންފޯސްމަންޓް، ފާތިމަތު އަމީޒާ ސޮއިކުރައްވާ ވިލާ ޝިޕިންއަށް ބުދަދުވަހު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކުންދޭ ބައެއް ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމާއި، ވިލާ ޝިޕިންގެ ނަމުގައިވާ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޤާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީން ތާއީދު ކޮށްފައިވާ ކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޤާސިމް އިބްރާހިމްގެ ސިޔާސީ ފިކުރާއި ގުޅިގެން މީގެ ކުރިންވެސް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައެވެ. އެފަހަރު ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕޭނީގެ އެކައުންޓްތައް ފްރީޒުކުރީ 2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމަށް ޤާސިމް ތާޢިދުކުރެއްވުމާ ވިދިގެންނެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން

10 ޖުލައި 2017
މަސީހުގެ މަޤާމު ވަނީ ގެއްލިފަ، ޖޭއެސްސީގައި ނީނދެވޭނެ: އަލީ ޙުސައިން
29 ޖޫން 2017

މީރާގެ ވެރިޔަކު އެކައުންޓެންޓުންނަށް ވަރުގަދަ އިންޒާރެއް!

29 ޖޫން 2017
މީރާގެ ވެރިޔަކު އެކައުންޓެންޓުންނަށް ވަރުގަދަ އިންޒާރެއް!
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
28 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި

28 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި
04 މެއި 2017

ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!

04 މެއި 2017
ޔާމީންގެ މައްސަލައިގައި ވަކިވަކިން ސިޓީ ހުށަހެޅުމުން ވެސް ބަލައެއް ނުގަތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު