Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީން ބަޔާން

ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

6 އެޕްރީލު 2017 | ބުރާސްފަތި 22:07

އެމްޑީޕީން ވަނީ ނޫސްވެރިންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަށް ހުއްޓިފައިވާކަން ފާހަގަކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 އެޕްރީލު 2017 | ބުރާސްފަތި 22:07

ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަކީ އިންސާފުވެރި އުސޫލުތަކާ ހިލާފަށް ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށާއި ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭނަމަ މަގާމުން އިސްތިއުފާ ދިނުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖެޓީވީ މީގެ ކުރިންވެސް ޖޫރިމަނާކޮށް އެ ފައިސާ ދެއްކި ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުގެ އިސްނެގުމުގެ މަތިން ބެލި މައްސަލައެއްގެ މައްޗަށް ބިނާކޮށް އަނެއްކާ އެއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ގެއްލުންވާ ކޮންޓެންޓް ގެނެސްދިން ކަމަށްބުނެ، މިނިވަން އިންސާފުވެރި މީޑިޔާގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބްރޮޑްކާސްޓިން ކޮމިޝަނުން މީޑިޔާގެ ޚިދުމަތް ދޭ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަކީ މީޑިޔާގެ މިނިވަންކަމަށް ކަނޑައެޅިގެން އަރައިގަތުން ކަމަށް އެމްޑީޕީން ބުނެ އެވެ.

މީގެ އިތުރުން، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި، ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އެއްވެސް ގޮތަކަށް ކުރިއަށް ނުދާ މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާއަކީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއި ހަމަހަމަކަމާއެކު ދެމެހެއްޓުން ކަމުގައިވީނަމަވެސް، އެ ކޮމިޝަންގެ އަމަލުތަކުން ފެންނަނީ ގާނޫނު އަސާސީއާއި ގާނޫނު ތަކުގެ ހަމަތަކާ އުސޫލުތަކާ ހިލާފަށް ކަމަށް އެމްޑީޕީން ބުނެ އެވެ. ސިޔާސީ މަސްރަހު ހޫނުވެގެން އަންނަ ކޮންމެ ހިނދަކު ބްރޯޑްކާސްޓިން ކޮމިޝަނުން އެކިޒާތުގެ ބަޔާންތައް ނެރުމާއި، ބިރު ދެއްކުމާއި، މިފަދަ ޖޫރިމަނާތައް ކުރަމުންދާކަމީ އެ ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލިފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް