Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަން ވައްޓާލަން

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

ސަރުކާރު ޒިންމާދާރު ނުވެއްޖެ ނަމަ ވެރިކަން ވައްޓާލުމަށް ރައީސް ޔާމީނު ނަސޭހަތް ދެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 27 ޖެނުއަރީ 2018 | ހޮނިހިރު 06:47
ލ. ހިތަދޫ ޖަލްސާގައި ރޮޒެއިނާ އާދަމް ވާހަކަ ދައްކަވަނީ

ލ. ހިތަދޫ ޖަލްސާގައި ރޮޒެއިނާ އާދަމް ވާހަކަ ދައްކަވަނީ

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ރައްޔިތުން ނުކުމެ އެ ސަރުކާރު ވަށްޓާލަން ލާޒިމް ވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ކުރިން ވިދާޅުވި ކަމަށާއި މިއަދު އިދިކޮޅު ފަރާތްތަކުން އެކުރަނީ އެ މަސައްކަތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްޑިޕީން ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް ލ. ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ސަރުކާރު ޒިންމާދާރު ނުވާ ނަމަ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް އެމްޑީޕީގެ ސަރުކާރު އޮތް އިތު ކޮޅު މެންބަރެއްގެ ގޮތުގައި އޭރު ހުންނެވި މުލަކު ދާއިރާގެ މެންބަރު ޔާމީން ވިދާޅުވި ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހުމުން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމަށް ނުކުތުމުން އެކަން ހަޖަމު ނުވާ ކަމަށާއި، ހުންނަވާ ވެރިކަން އެއްގޮތަކަށްވެސް ދޫކޮށްލެއްވުމުގެ ޚިޔާލު އެމަނިކުފާނުގެ ނެތް ކަމަށެވެ.

"ވެރިކަން ދޫކޮށްލަން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ. ދޫކޮށްލަށްވަން ބޭނުންފުޅެއް ނުވޭ. އެކަމަކު ސަރުކަރު ޖަވާބު ދާރީ ނުކުރެވޭ ނަމަ އިދިކޮޅު ފަރާތްތަށް ނުކުމެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅު ވަނީ ވެސް ރައީސް ޔާމިނު" ރޮޒެއިނާ ވިދާޅުވިއެވެ.

މިއަދު ރައްޔިތުން އަމަލުކުރަމުން އެ ދަނީ ރައީސް ޔާމީނުގެ ނަސޭހަތާ އެއްގޮތަށް ކަމަށާއި، ކޯޓުން ވެރިކަން ހޯދީމުން ވެސް ވެރިކަން ކުރުމުގެ ފުރުސަތު އިދިކޮޅުގައި ތިބެގެން ވެސް ރައީސް ނަޝީދު ވެސް އަދި ރައްޔިތުން ވެސް ރައީސް ޔާމީނަށް ދިން ކަމަށެވެ. އެކަމަކު އެ ފުރުސަތު ދިނުމުން މިރާއްޖޭގެ ތާރީޚުގައި ވެސް ނުހިނގާ ވަރުގެ ބޮޑު ވައްކަމެއް ހިނގި ކަމަށާއި ރައްޔިތުންގެ ތާއީދާއި ލޯބި އެމަނިކުފާނަށް ނެތްކަން އެނގުމުން އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ގެންގޮސް ޖަލަށް ލީ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ ލޯތްބާއި ތާއީދު އެމނިކުފާނު ބޭނުންނުވާ ކަމަށާއި، ދިވެހި ރައްޔިތުންނަށް އިޚުލާސްތެރިވަން އެމަނިކުފާނުގެ ހިތްޕުޅުގައި ވެސް ނެތް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. ރޮޒެއިނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ އެންމެ ކައިރީގައި އުޅުއްވާ ބޭފުޅުންގެ ލޯބި ވެސް އެމަނިކުފާނަށް ނެތެވެ.

ރޮޒެއިނާ ވިދާޅުވީ، ރައްޔިތުންގެ ލޯތްބާއި ތާއީދު ނެތި، ބަދަލުގައި ރައްޔިތުންނަށް އަނިޔާވެރިވަމުންދާ އިރު ދެން ބަލަން ތިބެވެން ނެތް ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވި ގޮތަށް އެމަނިކުފާނު ޒިންމާދާރު ނުކުރެވުމުން ދެން އޮޕޮޒިޝަނުން ނުކުމެ ތިބީ ރައީސް ޔާމީނުގެ ވެރިކަމުން އަޒުލުކުރަން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި މި ކައުންސިލް އިންތިޚާބަކީ އޭގެ ފެށުން ކަމަށާއި އެހެން ކަމުން މި އިންތިޚާބުގެ ނަތީޖާއިން އެމަނިކުފާނު ބަލިވެއްޖެކަން ރަނގަޅަށް ހާމަވެގެންދާނެ ކަމަށް ވިދާޅިވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި މި އަނިޔާވެރިކަމާ ދެކޮޅު ހުރިހާ ފަރާތްތަކުން ވެސް ނުކުމެ އެމަނިކުފާނުގެ ސަރުކާރާއި ދޮކޮޅަށް ވޯޓް އަޅާ ފުރާލުމަށް ރޮޒެއިނާ ގޮވާލެއްވިއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު