Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޒުވާނުންނަށް މަރޭގެ ހާއްސަ މެސެޖެއް

މަރޭގެ މެސެޖު ޒުވާނުންނަށް: ކާމިޔާބީ ހޯދަން މޮޅު ނަސަބަކަށް ނިސްބަތްވާކަށް ނުޖެހޭ

ކާމިޔާބީ ހޯދަން ގަދައަޅައި މަސައްކަތް ކުރަން ޖެހޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2020 | ހޮނިހިރު 05:22
މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ)

މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ)

ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަށް ހަދައި، ކާމިޔާބީ ހޯދަން މޮޅު ނަސަބަކަށް ނިސްބަތްވާން ނުޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

ދާދި ފަހުން މަރުޒޫގް ވަނީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ މެރިޓް އެވޯޑް ހާސިލުކުރައްވާފައެވެ. މި އެވޯޑް މަރުޒޫގަށް އެރުވީ އޭޝިއާގެ ކުޅިވަރަށް މިދިޔަ 11 އަހަރު ކޮށްދެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި ކާމިޔާބީއާ ގުޅިގެން މަރުޒޫގަށް މަރުހަބާ ކީ އެންމެންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ވަނީ ޒުވާނުންނަށް އަގުހުރި މެސެޖެއް ދީފައެވެ. އެގޮތުން މި ޕޯސްޓުގައި މަރުޒޫގް ވަނީ ހަޔާތުގައި ކާމިޔާބީއަކާ ހަމައަށް ވާސިލުވުމަށް އަމާޒެއް ކަނޑައެޅުމަށްފަހު އެކަމަށް ހިތްވަރުލައި މަސައްކަތް ކުރުމަށް ޒުވާނުންނަށް ނަސޭހަތްތެރި ވެފައެވެ. އަދި މި ދަތުރުގައި ހިތްހަމަނުޖެހޭ އެތައް ކަމެއް ކުރިމަތިވާނެ ކަމަށާއި، އެކަން ކަމަށް ފަރުވާ ނުބަހައްޓައި ކާމިޔާބީ ހޯދަން ގަދައަޅައި މަސައްކަތް ކުރުމަށްވެސް މަރުޒޫގް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ހަޔާތުގައި ދެކެމުން އަންނަ ހުވަފެނެއް ހަގީގަތަށް ހެދުމަށް މޮޅު ނަސަބަކަށް ނުވަތަ ބޭފުޅު އާއިލާއަކަށް ނިސްބަތްވާން ނުޖެހޭ ކަމަށްވެސް މި ޕޯސްޓުގައި މަރުޒޫގް ވިދާޅުވިއެވެ.

އޭޝިއާގެ ކުޅިވަރަށް ފާހަގަކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރާ މީހުންނަށް އޭޝިއާގެ އޮލިމްޕިކުގެ އެންމެ މަތީ ޖަމުޢިއްޔާއިން ދޭ ހާއްސަ ޝަރަފު މަރުޒޫގަށް ލިބިވަޑައިގެންނެވިއިރު، އާދައިގެ އާއިލާއަކަށް ނިސްބަތްވާ މަރުޒޫގް އަންނަނީ ދިވެހި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށް އަގުހުރި މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކުރީގެ މަޝްހޫރު ރެފުރީ އަދި ސ. ފޭދޫ ޑީއެންސީ ހިންގެވުމުގައި އިސްކޮށް އުޅުއްވި މަރްހޫމް ހުސެއިން ދީދީ (ޖޯޖް) ގެ ބޭފުޅެއް ކަމަށްވާ މަރުޒޫގް އެމްއޯސީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ އިސްވެވަޑައިގެން ދިވެހި އެތުލީޓުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާއިރު، ރާއްޖެއަށް 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ހަސަން ސާއިދަކީ އޭގެ ތެރެއިން ލިބުނު ފުރުސަތުގެ ބޭނުން ހިފި އެތުލީޓެކެވެ. އަދި ގިނަ އަދަދެއްގެ އެތުލީޓުންނަށާއި ޓީމުތަކަށްވެސް މަރުޒޫގް ވަނީ ބޭރުން ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިދީފައެވެ.

މީގެ އިތުރުން އެމްއޯސީއާ ގުޅުމުގެ ކުރިން މަރުޒޫގް ވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ވަނީ ފުޓްބޯޅަ ކެރިއަރުގައި ޔޫތު ގައުމީ ފުޓްބޯޅަ ޓީމުތަކަށާއި ކުލަބު ވެލެންސިއާ އަދި އައިއެފްސީއަށްވެސް ކުޅެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި

ހަޒާޑު ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި

12 މާރިޗު 2017
މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

މާޒިޔާ އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން މަސައްކަތްކުރާނީ، ދުލެއް ނުދޭނަން: ސޮބާ

09 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު