Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް ކައުންސިލް އިންތިހާބު

ރައީސް ނަޝީދު މުއިއްޒުއަށް - ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ބަލި ކުރާނަން

19 ޑިސެމްބަރު 2020 | ހޮނިހިރު 08:04

ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު "ބަލިވަންދެން" ބަހައްޓައިދީ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 ޑިސެމްބަރު 2020 | ހޮނިހިރު 08:04
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހުކުރުދުވަހު ވިދާޅުވީ އިންތިހާބުގައި މުއިއްޒުއަށް ލިބިިވަޑައިގަންނަވާނީ ހައެއްކަ ވޯޓު ކަމަށް

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހުކުރުދުވަހު ވިދާޅުވީ އިންތިހާބުގައި މުއިއްޒުއަށް ލިބިިވަޑައިގަންނަވާނީ ހައެއްކަ ވޯޓު ކަމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު، އިންތިހާބުން ބަލިވަންދެން ބަހައްޓައިދިނުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާމެދު ގޮތެއް ނުނިންމާ އޭނާ ބަހައްޓައިދޭން ރައީސް ނަޝީދު އެދިލެއްވީ ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒުގެ މައްޗަށް މައްސަލައެއް އެބައޮތް ކަމަށާއި އަދި އެއީ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު "ބަލިވަންދެން" ބަހައްޓައިދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އިންތިހާބުގައި މުއިއްޒުއަށް ލިބިިވަޑައިގަންނަވާނީ ހައެއްކަ ވޯޓު ކަމަށާއި އެހެންކަމުން ބަންދުނުކޮށް، އިންތިހާބު ނިމެންދެން ބަހައްޓާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑިޝަލް ސާވިސް ކޮމިޝަންގައިވެސް އިންނަވާ ރައީސް ނަޝީދު ވަނީ، އިދިިކޮޅު މީހުން ބަންދުކޮށްގެން އިންތިހާބެއް ބޭއްވުމަކީ ވަރަށް ގޯސް ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި އެކަން އެހެން ހިނގާނެކަމަށް ހީފުޅުނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ނުބެލި ދިގުލައިގެންދަނީ އެ މައްސަލައިގައި ޝާމިލްވާ މީހުންގެ ނިސްބަތް ގިނަވެފައި، އެއީ ސީރިއަސް ބޮޑު މައްސަލައަކަށް ވާތީ ބަލަންޖެހޭ ގިނަ ކަންކަން ހުރުމުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ހުރިހާ ޝަރީއަތްތަކެއް ހިންގާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަކީ ކުޅަދާނަ ބޭފުޅެއް ކަމަށާއި އެކަން އެ ބޭފުޅާއަށް ކުރަން އެނގިވަޑައިގަންނަވާނެކަމަށެވެ. ހަމައެހެންމެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ ދުރުވިސްނޭ ބޭފުޅެއް ކަމަށާއި އެ މަނިކުފާނަށް ސަރުކާރަށް ރަނގަޅު ލަފާ އަރުވަން އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ދުރުވިސްނުމާއެކު ރަނގަޅު ގާނޫނުތައް ހައްދަވާ ބޭފުޅުންކަން ފާހަގަކުރައްވާ އެމްއެމްޕީއާރުސީ ނުވަތަ އެނޫންވެސް މައްސަލައެއްގައި ލޮލަކަށް ބޮލަކަށް އަދި ކަނދުރާއަކަށް ބެލުމެއްނެތި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކެނޑިނޭޅި ވަކާލާތު ކުރައްވާ ބޭފުޅުންކަަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ބައެއް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެގޮތުން ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށްވެސް އިސްތިސްނާއެއްނެތި ހައްގު އަދަބު ލިބެންޖެހޭނެކަމަށް ބުނެ އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވީ މީހުންނަށް ވީހާވެސް އަވަހަކަށް އަދަބު ދިނުމަށް ވަނީ ގޮވާލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް