Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭކަޕް ފައިނަލް

އެފްއޭކަޕް ފައިނަލް މެޗަށް ސަންޗޭޒް ފިޓްވާނެ: ވެންގާ

ގެބްރިއަލް 8 ހަފްތާއަށް ކުޅުމާދުރުގައި ހުންނަންޖެހޭނެ

ލީވާން އަލީ
ލީވާން އަލީ | 24 މެއި 2017 | ބުދަ 19:10
އާސެނަލްގެ ކޯޗު (ވ) އާއި ފޯވާޑް އެލެކްސަސް ސަންޗޭޒް (ކ)

އާސެނަލްގެ ކޯޗު (ވ) އާއި ފޯވާޑް އެލެކްސަސް ސަންޗޭޒް (ކ)

އެފްއޭކަޕް ފައިނަލް މެޗަށް އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް ފިޓްވާނެކަމަށް އެޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ޗެލްސީއާ ދެކޮޅަށް ފައިނަލް މެޗުގައި ނިކުތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ފައިނަލް މެޗަށް ސަންޗޭޒް ފިޓްކަމަށާއި، އެހެންނަމަވެސް އެކަން އެއްކޮށް ކަށަވަރުވާނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހަދާ ޓެސްޓުތަކަށް ފަހު ކަމަށެވެ.

ވެންގާ ބުނީ މިވަގުތު އަނިޔާގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ގެބްރިއެލް ކަމަށާއި، އޭނާ އަށް ކުޅުމުގެ ތެރެއަށް އަނބުރާ އާދެވޭނެ ކަމަށް ލަފާކުރެވެނީ 8 ހަފްތާ ފަހުން ކަމަށެވެ. އެގޮތުން ވެންގާ ބުނީ ފައިނަލް މެޗުގައި ގެބްރިއެލް ނުފެންނާނެ ކަމަށެވެ.

މީގެއިތުރުން ވެންގާ ބުނީ ޗެލްސީ މެޗަށް ނިކުންނައިރު، މުސްތާފީއާ މެދުވެސް ކަންބޮޑުވާން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި، އޭނާ އުޅެނީ ކުޑަކޮށް ބަލިވެ ކަމަށެވެ. އެހެންނަމަވެސް މެޗުގެ ކުރިން ފިޓްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ޑޮކްޓަރުންގެ ޓީމު އެކަމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި ސީޒަނުގައި އާސެނަލް ކުޅުނު 38 މެޗުން 75 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމަށް ލިބިފައިވަނީ ޕޮއިންޓް ތާވަލުގެ ފަސްވަނައެވެ. މި ނަތީޖާއާއެކު އެޓީމު ވަނީ 21 އަހަރަށްފަހު ޗެމްޕިއަންސްލީގުގެ ޖާގައަކާ އަލްވަދާއު ކިޔަންޖެހިފައެވެ. އެގޮތުން އަންނަ އަހަރު އެޓީމު ކުޅޭނީ ޔޫރޮޕާ ލީގުގައެވެ.

މި ސީޒަނުގައި އާސެނަލް ހޯދި ނަތީޖާތަކާއެކު، އެޓީމުގެ ކޯޗު ވެންގާ ބޭރުކުރުމަށް ގޮވާލާ ސަޕޯޓަރުން މުޒާހަރާ ކުރަމުން އަންނައިރު، އޭނާ ކޯޗުކޮށްދޭ ފަހު މެޗަކީ އެފްއޭކަޕް ފައިނަލް މެޗު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް އެކަންތައް ކްލަބުންވެސް ކަށަވަރުކޮށްނުދެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
28 ޖެނުއަރީ 2017

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު