Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ ބާޒާރު

ރެނާޓޯ ސަންޗޭޒް ހޯދުމުގެ ރޭހުގައި ޔުވަންޓަސް ބައިވެރިވެއްޖެ

ސަންޗޭޒް ބަޔާންއާއެކު ހެދި އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 25 މެއި 2017 | ބުރާސްފަތި 10:53
ބަޔާންގެ މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒް

ބަޔާންގެ މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފިލްޑަރު ރެނާޓޯ ސަންޗޭޒް ހޯދުމުގެ ރޭހުގައި ޔުވަންޓަސް އިން ބައިވެރިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަން އިން ބުނީ ޔުވަންޓަސް އިން ސަންޗޭޒް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އެޓީމުން އޭނާ ހޯދުމަށް ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަންޗޭޒްއަށް ބޮޑު ހޭދައެއް ކުރުމަށް ޔުވަންޓަސް އިން އޮތީ ތައްޔާރަށެވެ. އެގޮތުން އޭނާގެ ސޮއި ހޯދާ ކުރިޔަށް އޮތް ސީޒަނަށް އޭނާ އެ ކްލަބަށް ގެންނަނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވެސް ހޯދަން މަސައްކަތްކުރަމުން އަންނަ ސަންޗޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިން އަދި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައް ވެސް ހިމެނެއެވެ.

ބެންފީކާ އިން ކެރިޔަރު ފެށި އުމުރުން އެންމެ 19 އަހަރުގެ ސަންޗޭޒް އަންނަނީ ޒުވާން އުމުރުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް ބަޔާނަށް ވެސް 25 މެޗު ކުޅެފައެވެ.

ސަންޗޭޒް ބަޔާން އަށް ބަދަލުވީ މިދިޔަ އަހަރުގެ މެއި މަހު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 35 މިލިއަން ޕައުންޑަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.

މިދިޔަ އަހަރު ގޯލްޑެން ބޯއި އެވޯޑު ހޯދި ސަންޗޭޒް ވިދާލީ ނިމިގެންދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައެވެ. އޭނާ ވަނީ އެ މުބާރާތުގައި ޕޯޗުގަލް ޓީމަށް މޮޅު ކުޅުމެއް ދައްކާ އެޓީމަށް މުބާރާތް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު