Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭކަޕް

އެފްއޭކަޕް: ސަންޗޭޒްގެ ލަނޑުން ސިޓީ ބަލިކޮށް އާސެނަލް ފައިނަލަށް

އާސެނަލް މޮޅުވި ލަނޑު ކާމިޔާބުކުރީ ސަންޗޭޒް

ލީވާން އަލީ
ލީވާން އަލީ | 24 އެޕްރީލު 2017 | ހޯމަ 12:11
އާސެނަލް އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އާސެނަލް އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އެފްއޭކަޕްގައި އިތުރު ވަގުތުގައި އެލެކްސަސް ސަންޗޭޒް ކާމިޔާބުކުރި ލަނޑުން މެންޗެސްޓާ ސިޓީ ބަލިކޮށް އާސެނަލް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލް މެޗުގެ 90 މިނެޓު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އެގޮތުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފްގައި އާސެނަލް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް 1-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ އާސެނަލް އެވެ. އެގޮތުން އާސެނަލް އިން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދާ، ލީޑު ނެގުމަށް ވެސް ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ނިކުތް ސިޓީން ވެސް ވަނީ މެޗުގައި ލަނޑު ޖެހުމަށް މަދުން ނަމަވެސް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި އެޓީމަށް މާތަފާތު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެސް އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ފުލުފުލުގައި އެޓީމުންދިޔައީ ސިޓީގެ ގޯލަށް ހަމަލާ އުފައްދަމުންނެވެ. އެހެންނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސިޓީގެ ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މި ލަނޑަށް ފަހު ސީޓީން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަން ފެށިއެވެ. އެހެންނަމަވެސް އާސެނަލްގެ މޮންރިއަލް ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީ އިތުބާރުބޮޑުކޮށްދީފައެވެ.

މި ލަނޑުތަކާއެކު މެޗުގެ 90 މިނެޓު ހަމަވިއިރު، ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެހާފެވެ. އެގޮތުން 15 މިނެޓުގެ ފުރަތަމަ ހާފް ފެށިގެން މާ ގިނައިރުތަކެއްނުވަނީސް އާސެނަލް އިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަންޗޭޒް އެވެ. މި ލަނޑާއެކު ސަންޗޭޒް ވަނީ ވެންބްލީގައި އެންމެ ގިނަ ލަނޑު ޖެހި އާސެނަލް ކުޅުންތެރިޔާއަށް ވެފައެވެ.

ލަނޑަށް ފަހު އާސެނަލް އިން ފަހަތަށް ޖެހި މޮޅު ޑިފެންސެއްކޮށްފައިވާއިރު، މެޗުގެ ފަހު 10 މިނެޓު ތެރޭގައި ސިޓީން ވަނީ އާސެނަލްގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އާސެނަލްގެ މޮޅު ޑިފެންސް ފޫއަޅުވާލަން ސިޓީ ވަނީ ނުކުޅެދިފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު