Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުން ލޯނުތައް ދެއްކުމަށް ކުރަމުންދާ މަސައް

ސައުދީ އަރަބިއްޔާއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުމަށް ޕާކިސްތާނުން ޗައިނާއަތުން 1.5 ބިލިއަން ޑޮލަރުގެ ލޯނެއް

2 ބިލިއަން ޑޮލަރުގެ ތެރެއިން 1 ބިލިއަން ޑޮލަރު ހޯމަ ދުވަހު ދައްކާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޑިސެމްބަރު 2020 | އާދީއްތަ 18:26
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަދި ޗައިނާގެ ރައީސް ޝީޖިންގްޕިން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަދި ޗައިނާގެ ރައީސް ޝީޖިންގްޕިން

ޕާކިސްތާނުން ސައުދީއަރަބިއްޔާ އަށް ދައްކަންޖެހޭ 2 ބިލިއަން ޑޮލަރު ދެއްކުމަށް އެހީތެރިވެދިނުމުގެ ގޮތުން 1.5 ބިލިއަން ޑޮލަރުގެ ލޯނުގެ އެހީތެރިކަމެއް ދިނުމަށް ޗައިނާއިން އެއްބަސްވެއްޖެ އެވެ.

އިންޑިޔާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ސައުދީއަރަބިއްޔާ އަށް ދައްކަންޖެހޭ 2 ބިލިއަން ޑޮލަރުގެ ތެރެއިން 1 ބިލިއަން ޑޮލަރު ހޯމަ ދުވަހު ދައްކާނެ އެވެ. އަދި ބާކީ 1 ބިލިއަން ޑޮލަރު ދައްކާނީ ޖެނުއަރީ މަހުގައި ކަމަށް އިންޑިޔާ ޓުޑޭއިން ބުނެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޗައިނާއިން މިފަހަރު ލޯނު ދީފައިވަނީ އާންމުކޮށް ލޯނުދޫކުރާ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ފޮރިން އެކްސްޗޭންޖު (އެސްއޭއެފްއީ) އަކުން ނޫނެވެ. އެހެންނަމަވެސް ލޯނުދީފައިވަނީ 2011 ވަނަ އަހަރު ހަދާފައިވާ ކަރަންސީ ސްވެޕް އެގްރިމެންޓްގެ ދަށުން އިތުރު 1.5 ބިލިއަން ޑޮލަރު އިތުރުކޮށް އޭގެދަށުންކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއާއެކު ޗައިނާއިން ޕާކިސްތާނަށް ޓްރޭޑް ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުގެ އަދަދު މިވަނީ 4.5 ބިލިއަން ޑޮލަރަށް އަރާފައެވެ.

2011 ވަނަ އަހަރު ޗައިނާ އާއި ޕާކިސްތާނާ ދެމެދުވެވުނު ކަރަންސީ ސްވެޕް އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ސްޓޭޓް ބޭންކް އޮފް ޕާކިސްތާނާއި ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ)ން ނެވެ. މިއެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ރަނގަޅުކޮށް، އިންވެސްޓްމަންޓްތައް ފޯރުކޮށްދީ ކުރުމުއްދަތުގެ ލިކިޔުޑިޓީ ފޯރުކޮށްދިނުމަށް ހަދާފައިވާ އެއްބަސްވުމެކެވެ.

މިއެއްބަސްވުން 2014 ވަނަ އަހަރު ވަނީ އަލުން މުރާޖާކޮށްފައެވެ. އެއީ ތިން އަހަރުގެ މުއްދަތަށް 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަކަށެވެ. އެއަށްފަހު 2018 ވަނަ އަހަރުގެ މެއި މަހު އަނެއްކާވެސް މިއެއްބަސްވުމުގެ މުއްދަތުވަނީ އިތުރު ތިން އަހަރަށް އިތުރުކޮށްފައެވެ. އެފަހަރު 3 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރިއެވެ.

މިއެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ މެއި މަހުއެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ސްޓޭޓް ބޭންކުން އަންނަނީ މިއެއްބަސްވުމުގެ މުއްދަތު އިތުރު ތިން އަހަރަށް އިތުރުކުރުމަށް މަސައްކަތްކުރަމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުން 2011 ވަނަ އަހަރު ޗައިނާ އާއެކު ހެދި ކަރަންސީ ސްވެޕް އެގްރިމަންޓުގެ ބޭނުން މައިގަނޑުގޮތެއްގައި ޕާކިސްތާނުން ކުރަމުން އަންނަނީ އެގައުމުން ނަގާފައިވާ ބޭރު ދަރަނިތައް ދެއްކުމަށެވެ.

ޗައިނާއިން މިދޭ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކީ ޕާކިސްތާނުގެ މައި ސަރުކާރުން ދައްކަންޖެހޭ ލޯނުގެ ގޮތުގައި ނުހިމެނޭނެކަމަށާއި އަދި މިލޯނަކީ ޕާކިސްތާނުގެ ބޭރުގެ ދަރަނީގެ ގޮތުގައިވެސް ހިމެނޭނެ ލޯނެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑިޔާތަކުގައިވާ މިރިޕޯޓްތަކަކީ ދޮގެއްކަމެއްވެސް އަދި މިއީ ހިނގަމުންދާކަމެއް ކަމެއްވެސް ޕާކިސްތާނުގެ ސްޓޭޓް ބޭންކުގެ އިތުރުން ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީންވެސް ނުބެނެއެވެ. ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީގެ ސްޕޯކްސް ޕާރސަން ބުނެފައިވަނީ މިއީ ދެފަރާތުގެ ދެމެދުގައިވާ ސިއްރު މައުލޫމާތުތަކެއްކަމަށެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު