Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސަލްމާން ރަސްގެފާން

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 23 އެޕްރީލު 2017 | އާދީއްތަ 12:04
ސަލްމާން ރަސްގެފާނު ވަނީ ކުއްލިއަކަށް ވަރަށް ބޯޑުބަދަލުތަކެއް ކެބިނެޓަށް ގެންނަވާފައި

ސަލްމާން ރަސްގެފާނު ވަނީ ކުއްލިއަކަށް ވަރަށް ބޯޑުބަދަލުތަކެއް ކެބިނެޓަށް ގެންނަވާފައި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ނެރުއްވި "ކުއްލި ޝާހީ އަމުރަކުން" އެޤައުމުގެ ކެބިނެޓާއި ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަވއިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުއްލި ގޮތަކަށް ސަލްމާން ރަސްގެފާނު ނެރުއްވި ޝާހީ އަމުރުގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް ހިމެނިފައިވަނީ އެމެރިކާ ސަފީރުގެ މަގާމަށް ރަސްގެފާނުގެ ދަރިކަލުން ޕްރިންސް ޚާލިދު ބިން ސަލްމާން ހަމަޖެއްސުމެވެ.

މީގެ އިތުރުން ސައުދީގެ ސިވިލް ސާވިސް މިނިސްޓަރުގެ މަގާމުގައި ހުރި ޚާލިދު އަލް އަރާޖް މަޤާމުން ވަކިކޮށް، ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއް ބެލުމަށް ވަޒީރުންގެ ފެންވަރުގެ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ.

ސަލްމާން ރަސްގެފާނުގެ ޝާހީ އަމުރުގައި ދެން ފަހަގަކުރެވޭ އަނެއްކަމަކީ ދާޚިލީ ވުޒާރާއާ އެއްވަރުގެ ބާރުތައް ލިބޭ އިދާރާއެއްގެ ގޮތުގައި ނެޝަނަލް ސެކިއުރިޓީ ކައުންސިލެއް އުފެއްދެވުމެވެ.

އިދާރާގެ ވެރިއަކަށް ހަމަޖެއްސެވީ މުހައްމަދު ބިން ސާލިޙް އަލްޣުފައިލީއެވެ. އޭނާއަކީ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި ރަސްގެފާނަށް ލަފާދޭ މުސްތަޝާރު މުހައްމަދު ބިން ނާޔިފް އާ ޚިޔާލު ތަފާތު ބޭފުޅެކެވެ.

ރަސްގެފާނުގެ މި ނިންމެވުމުގެ ފަހަތުގައި އެހެން ކަމެއްވެސް އޮތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އެގޮތުން ރަސްގެފާނުގެ އެ ނިންމެވުމަކީ ދަރިކަލުން މުހައްމަދު ބިން ސަލްމާނަށް ރަސްކަން ލިބިވަޑައިގަންނަވާގޮތަށް ކަންކަން ކުރެއްވުން ކަމަށް މުރާސިލުން ދެކެއެވެ.

ސައުދީގެ ރަސްކަމުގެ އުސޫލުތައް އޮންނަ ގޮތުން ސަލްމާން ރަސްގެފާނަށްފަހު، އެގައުމުގެ ރަސްކަން ވާރުތަވާ ފަރާތަކީ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ބިން ނާޔިފްއަށެވެ.

މުހައްމަދު ބިން ނާޔިފް އަކީ މިހާރު ސައުދީ އަރަބިއްޔާގެ ވަލީއުލްއަހްދުގެ މަގާމުގައި ހުންނެވި ބޭފުޅާވެސް މެއެވެ. ރަސްގެފާނުގެ އަމުރާއިއެކު މުހައްމަދު ބިން ނާޔިފްވަނީ ބާރުތަކުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައެވެ.

ސައުދީ ސަރުކާރަށް ކުއްލިއަކަށް ގެނެވުނު އެހެން ބަދަލުތަކުގެ ތެރޭގައި ސަފީރުންނާއި އަމީރުންގެ މަގާމުތަކަށް ބަދަލު ގެނެސްފައިވެއެވެ.

ކެބިނެޓަށް ގެނައި އެހެނިހެން ބަދަލުތަކުގެ ތެރޭގައި ރަސްގެފާނުގެ ދަރިކަލުން އަބްދުލް އަޒީޒް ބިން ސަލްމާން މިނިސްޓަ އޮފް ސްޓޭޓް ފޯ އެނާޖީ އެފެއާޒްގެ މަގާމަށް ހަމަޖެއްސުމާއި، ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓަރުގެ މަގާމަށް އަވާދު އަލް އަވާދު ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމަށް މުހައްމަދު އަލް ސަވާހާ ހަމަޖައްސަވާ، ސިވިލް ސާވިސް މިނިސްޓަރުގެ މަގާމުގައި އީސާމް ބިން ސައީދު ހަމަޖެއްސެވުން ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު