Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ ވެކްސިން އެމެރިކާގައި ޖަހަން ތައްޔާރުވުން

ފައިޒަރގެ ވެކްސިން އަންނަ ހަފްތާގައި އެމެރިކާގައި ޖަހަން ފަށާނެ

ފައިޒަރގެ ވެކްސިން އަކީ އުމުރުން 16 އަހަރާއި 85 އަހަރާ ދެމެދުގެ މީހުންނަށް ޖެހުމަށް ތައްޔާރުކޮށްފައިވާ ވެކްސިނެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2020 | ހޮނިހިރު 00:27
ފައިޒަރ އިން އުފައްދާ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

ފައިޒަރ އިން އުފައްދާ ވެކްސިންގެ ސާމްޕަލެއް ދައްކާލަނީ

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެމެރިކާއިން ދީފައިވާއިރު އަންނަ ހަފްތާގައި ވެކްސިން ދޭން ފަށާނެކަމަށް އެމެރިކާގެ ހެލްތު ސެކެޓްރީ އެލެކްސް އަޒަރް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުކުރު ދުވަހު ވަނީ ފައިޒަރގެ ކޮވިޑް-19 ވެކްސިން އެގައުމުގައި ބޭނުންކުރުމަށް ހުއްދަ ދީފައެވެ. އެމެރިކާއިން ފައިޒަރގެ ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިނަށް ހުއްދަ ދިނުމަށް ބޭއްވި އެފްޑީއޭގެ ޕެނަލްގައި ބައިވެރިވި 22 މީހުންގެ ތެރެއިން 17 މީހުންގެ ވޯޓާއިއެކުއެވެ. ހަތަރު ފަރާތަކުން ވެކްސިނަށް ހުއްދަ ދިނުމާ ދެކޮޅަށް ވޯޓުލާފައިވާއިރު، ޕެނަލްގެ އެކަކު ވަކިގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ.

މިހުއްދަ އާއެކު އެމެރިކާގައި އެމަރޖެންސީކޮށް ވެކްސިން ދޭން ފަށާއިރު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އެލެކްސް ވިދާޅުވީ ކަމާބެހޭ އިދާރާތަކުން ފައިޒަރ އާއެކު ވެކްސިން ޖެހުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށެވެ.

"އަހަރުމެންނަށް އަންނަ ހަފްތާގެ ހޯމަ، އަންގާރަ ދުވަހު މީހުން ގަޔަށް މިވެކްސިން ޖަހާތަން ފެނިގެންދާނެ." އެލެކްސް ވިދާޅުވިއެވެ.

ވެކްސިނަކަށް އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ލިބުމުން އެމެރިކާގެ ފެޑަރަލް ސަރުކާރުން އެމެރިކާގެ އެކި ހިސާބުތަކަށް ވެކްސިން ބެހުމާއި ޖެހުމުގެ ކަންކަން ހިނގަމުންދާގޮތް ބަލަމުންދާނެ އެވެ.

މީގެއިތުރުން އެމެރިކާގެ އެފްޑީއޭއިން ވެކްސިން ޖެހުމަށް ހުއްދަދިނުމުގެ އިތުރުން ސެންޓަރސް ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ކޮމިޓީއަކުންވެސް އެވެކްސިން ބޭނުންކުރުން ރަނގަޅުކަމަށް ނިންމަންޖެހެއެވެ. އެއާއެކު ވެކްސިން އުފައްދާ އެޖެންސީއަކުން ސީޑީސީން ނިންމި ނިންމުންވެސް ބަލައިގަންނަންޖެހެ އެވެ.

ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ބައްދަލުވުން ބާއްވާފައިމިވަނީ ހުކުރު ދުވަހު އެވެ. އަދި ދެވަނަ ބައްދަލުވުން އާދިއްތަ ދުވަހު ބާއްވާނެ އެވެ.

އަންނަ ހަފްތާގެ އެމެރިކާގެ އެފްޑީއޭއިން މޮޑާނާ އާއި ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުން އުފައްދަމުން އަންނަ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމާމެދު ގޮތެއް ނިންމުމަށް ބައްދަލުކުރާނެ އެވެ.

އެމެރިކާއިން އުންމީދުކުރަނީ މިމަސްތެރޭގައި 20 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖެހުމަށެވެ. އަދި ފެބްރުއަރީ މަސް އަންނަންވާއިރު 100 މިލިއަން މީހުންނަށް އަދި އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް އެމެރިކާގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެންމެ ފުރަތަމަ ވެކްސިން ދޭންހަމަޖެހިފައިވާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ.

ފައިޒަރގެ ކޮވިޑް-19 ވެކްސިން އަކީ އުމުރުން 16 އަހަރާއި 85 އަހަރާ ދެމެދުގެ މީހުންނަށް ޖެހުމަށް ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

މިދިޔަ މަހު ފައިޒަރ އިން ބުނެފައިވަނީ މި ވެކްސިނަކީ ކޮވިޑުން ދިފާއުކޮށްދިނުމުގައި 95 އިންސައްތަ ކާމިޔާބު ވެކްސިނެއްކަމަށެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

03 އޮކްޓޯބަރު 2017
އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި
22 އޯގަސްޓު 2017

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

22 އޯގަސްޓު 2017
އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!
13 އޯގަސްޓު 2017

އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!

13 އޯގަސްޓު 2017
އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު