Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކިއުބާ ގުޅުން

އެމެރިކާގައިތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު ފޮނުވާލަން ނިންމައިފި

3 އޮކްޓޯބަރު 2017 | އަންގާރަ 18:27

އެމެރިކާގެ 21 ޑިޕްލޮމޭޓަކުވަނީ އާދަޔާ ޚިލާފަށް ކުއްލިގޮތަކަށް ބަލިވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 3 އޮކްޓޯބަރު 2017 | އަންގާރަ 18:27
ވޮޝިންގޓަންގައި ހުންނަ ކިއުބާ އެމްބަސީ އަލުން ހުޅުވާފައިވަނީ 2015 ވަނަ އަހަރު

ވޮޝިންގޓަންގައި ހުންނަ ކިއުބާ އެމްބަސީ އަލުން ހުޅުވާފައިވަނީ 2015 ވަނަ އަހަރު

ހަވާނާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންނަށް ދެވުނު އާދަޔާ ޚިލާފް އެކޯސްޓިކް ހަމަލާއިން އެމީހުން ދިފާއުކުރަން އެ ގައުމު ނުކުޅެދުނު ކަމަށް ބުނެ އެމެރިކާގައި ތިބި ކިއުބާގެ 15 ޑިޕްލޮމޭޓަކު އެ ގައުމުން ފޮނުވާލަން ނިންމައިފިއެވެ.

ކިއުބާގެ ޑިޕްލޮމޭޓުންނަށް ވަނީ އެ ގައުމު ދޫކޮށް ދިއުމަށް ހަތްދުވަހުގެ މުއްދަތެއް ދީފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ފިޔަވަޅު އަޅާފައި މިވަނީ ކިއުބާގައި ތިބި އެ ގައުމުގެ ޑިޕްލޮމޭޓުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މިދިޔަ ހަފްތާގައި އަނބުރާ އެމެރިކާއަށް ގެންދިއުމަށްފަހުއެވެ.

ކިއުބާގެ ވެރިރަށް ހަވާނާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުންގެ ތެރެއިން 24 އަށް ވުރެ ގިނަ މީހުން ވަނީ ގޮތްނޭނގޭ ހަމަލާއެއްގެ ސަބަބުން ސިއްހީ މައްސަލަ ތަކާ ކުރިމަތިލާން ޖެހިފައެވެ.

"އަޅުގަނޑުމެންނަށް މިފިޔަވަޅު އަޅަން ޖެހުނީ ކިއުބާއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިގެން އަޅުގަނޑުމެންގެ ޑިޕްލޮމޭޓުންނަށް ވިއެނާ ކޮންވެންޝަންގެ ދަށުން ލާޒިމް ކުރާގޮތުގެ މަތިން ރައްކާތެރިކަން ދޭން ނުކުޅެދުމުން. މި އަމުރުން ކަށަވަރު ކުރެވިގެންދާނެ އަޅުގަނޑުމެންގެ ޑިޕްލޮމެޓިކް އޮޕަރޭޝަންގެ ހަމަހަމަކަން" އަންގާރަ ދުވަހު ނެރުއްވާފައިވާ ބަޔާނުގައި ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލަރސަން ވިދާޅުވެފައިވެއެވެ.

ކިއުބާގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތްކުރާ ޑިޕްލޮމޭޓުންގެ ތެރެއިން މަދުވެގެން 21 މީހަކަށް އެކިކަހަލަ ސިއްހީ މައްސަލަތަށް ކުރިމަތިވެފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރޭގައި ސިކުނޑިއަށް ގެއްލުންވުމާ ބީރުވުމާއި ބޯ އެނބުރުމާއި އައްސސިވުން ހިމެނެއެވެ.

ފުރަތަމަ ލިބުނު ރިޕޯޓްތަކަށް ބަލާއިރު އެކަން ދިމާވެފައި ވަނީ ސޮނިކް އެޓޭކްގެ ސަބަބުންކަމަށް ބުނި ނަމަވެސް އެފަދަ އެއްވެސް ކަމެއް ސާބިތެއް ނުވެއެވެ.

އެމެރިކާ އެމްބަސީ ސްޓާފުންނަށް އަމާޒު ކޮށްގެން އެފަދަ ކަމެއް ނުކުރާ ކަމަށް ބުނާއިރު އެމެރިކާއިން ވެސް މި ހަމަލާގެ ޒިންމާ ކިއުބާގެ ސަރުކާރުގެ ބޮލުގައި ނާޅުވައެވެ.

ސޮނިކް އެޓޭކަކީ އަޑެއް ބޭނުން ކޮށްގެން މީހުން މަރާލުމަށް ނުވަތަ ނުކުޅެދޭ މީހަކަށް ހަދާލަން ދެވޭ ބާވަތެއްގެ ހަމަލާއެކެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2017

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި

20 ނޮވެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތިީޖާ ސައްހަ ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ނިންމައިފި
07 އޮކްޓޯބަރު 2017

ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި

07 އޮކްޓޯބަރު 2017
ސޫދާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާ އިން ނިންމައިފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
20 ޖޫން 2017

މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި

20 ޖޫން 2017
މުމްބާއީއަށް ހަމަލާ ދިން މައްސަލައިގައި 6 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައިފި
17 ޖޫން 2017

ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި

17 ޖޫން 2017
ގްރެންފެލް ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހުން މަރުވެފައިވާ ކަމަށް ނިންމައިފި
13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް