Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މޯދީ އެމެރިކާގައި

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

މިއީ މޯދީ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 26 ޖޫން 2017 | ހޯމަ 23:00
ރަސްމީ ބައްދަލުކުރެއްވުމަށްފަހު މޯދީ އާއި ޓްރަމްޕް މީޑިއާ އާއި ބައްދަލުކުރެއްވުމަށް ވައިޓްހައުސްގެ ރޯސް ގާޑަނަށް ވަޑައިގަންނަވަނީ

ރަސްމީ ބައްދަލުކުރެއްވުމަށްފަހު މޯދީ އާއި ޓްރަމްޕް މީޑިއާ އާއި ބައްދަލުކުރެއްވުމަށް ވައިޓްހައުސްގެ ރޯސް ގާޑަނަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް، އެމެރިކާ އާއި އިންޑިއާއާއި ދެމެދު ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕާއިއެކު، ވައިޓްހައުސްގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމަށްފަހު، ވައިޓްހައުސްގެ ރޯސް ގާޑަންގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ މޯދީ ވިދާޅުވީ، އެމެރިކާއަކީ އިންޑިއާއަށް މުހިއްމު ބައިވެރިއެއް ކަމަށާ، މޯދީގެ މި ދަތުރުފުޅާއި އެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެވުނު ގިނަ ކަންތައްތަކެއްގެ ވާހަކަ މޯދީ އާއި ޓްރަމްޕް ފާހަގަކުރައްވާފައި ވީނަމަވެސް މި ކަންތައްތަކުގެ ތަފްޞީލެއް އެ ބޭފުޅުން ނުދެއްވައެވެ.

މޯދީ އާއި ޓްރަމްޕްގެ ވާހަކަފުޅުގައި، އެއްބަސްވެވުނު ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އިޤުތިޞާދީ ގޮތުން ބާރުވެރިވުމަށް ދެޤައުމުން އެކުގައި މަސައްކަތް ކުރުމާއި، އުމްރާނީ ތަރައްޤީއަށް އެކުގައި މަސައްކަތް ކުރުމުގެ އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.

އަދި ހަމަ މިއާއިއެކު، ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ، ޓެރަރިޒަމާއި ހަނގުރާމަ ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ. އެގޮތުން، އެ އަމާޒަށް ވާސިލްވުމަށް، އެމެރިކާ އާއި އިންޑިއާއާއި ދެމެދު ޖާސޫސީ މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެވުނުކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައީސް ޓްރަމްޕް ވަނީ ޓެރަރިޒަމަކީ އިސްލާމް ދީނަށް ނިސްބަތްވާ އެއްޗެއްގެ ގޮތުގައި ދޭހަވާގޮތަށް ވާހަކަފުޅުދައްކަވާފައެވެ.

"އިންޑިއާ އާއި އެމެރިކާ ގުޅިގެން ހަރުކަށި އިސްލާމީ ޓެރަރިޒަމް ނައްތާލާނަން" ޓްރަމްޕް ވިދާޅުވިއެވެ.

މި ކަންކަމުގެ އިތުރުން، ޓެކްނޮލޮޖީއާއި އީޖާދީ ދާއިރާތަކާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށްވެސް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މޯދީގެ މި ދަތުރުފުޅަކީ، މިދިޔަ ޖަނަވަރީ މަހު، އެމެރިކާގެ ރައީސް ކަމާއި ޓްރަމްޕް ހަވާލުވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ޓްރަމްޕަށް މޯދީ ފޯނު ކުރެއްވުމުން، ޓްރަމްޕް ދެއްވި ދައުވަތަކާއި ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ.

އެ ފޯންކޯލްގައި ޓްރަމްޕް ވަނީ، ދުނިޔޭގެ މައްސަލަތައް ޙައްލުކުރުމުގައި އިންޑިއާ އަކީ ހަޤީޤީ ރަޙުމަތްތެރިއެއް ކަމަށާ، ބައިވެރިއެއް ކަމަށް އެމެރިކާއިން ދެކޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ އެމެރިކާ އާއި އިންޑިއާގެ ގުޅުން ބަދަހިވެ، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް ކުރިއަރައިގެން ގޮސްފައިވާއިރު، ޓްރަމްޕް ސަރުކާރުގެ ފުރަތަމަ 5 މަސްތެރޭގައި އެ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

އެގޮތުން އެމެރިކާގައި މަސައްކަތްކުރާ އިންޑިއާގެ އެތައް ހާސް ސޮފްޓްވެއާ އިންޖިނޭރުންގެ ވަރކް ވިސާ އާއި މެދު ދެވަނަ ވިސްނުމަކަށް ދާން އެމެރިކާއިން ނިންމި މައްސަލައިގައި އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަނެއްކޮޅުން، އިންޑިއާގައި ހަރަކާތެރިވާ ވިޔަފާރިތަކުން އެ ޤައުމުގެ ސަރުކާރަށް ނަގާ އެކި ފީތައް ބޮޑުކޮށް، އުސޫލުތައް ބަދަލުކުރުމުގެ ސަބަބުން އިންޑިއާގައި ހަރަކާތެރިވާ އެމެރިކާގެ ކުންފުނިތަކަށްވެސް ވަނީ އިންޑާގައި ވިޔަފާރި ކުރުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު