Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެެރިކާގެ ސީކްރެޓް ސާވިސް

އެމެރިކާގެ ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކަށް މިއަންނަ ސެޕްޓެމްބަރުން ފެށިގެން އޯވާޓައިމް ފައިސާ ނުދެވިދާނެ!

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ މައްސަލަ ހައްލު ކުރަން ގާނޫނު ހަދާ މަޖިލީހާ އެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 10:36
ސީކްރެޓް ސާވިސްގެ އެޖެންޓުންތަކެއް

ސީކްރެޓް ސާވިސްގެ އެޖެންޓުންތަކެއް

އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ މުސާރައިގެ ލިމިޓްތަކުގެ ސަބަބުން މިއަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސީކްރެޓް ސާވިސްގެ 1،100 މުވައްޒަފަކު އޯވާޓައިމް މަސައްކަތުގެ ފައިސާ ނުދެވޭނެ ކަމަށް އެ އިދާރާގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

ސީކްރެޓް ސާވިސްގެ ޑައިރެކްޓާ ރެންޑޮލްފް އެލީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފައިސާގެ ތާށިކަން ދިމާވެގެން އުޅެނީ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމަނިކުފާނުގެ އާއިލާ ރައްކާތެރިކޮށް ސެކިޔުރިޓީ ބެލެހެއްޓުމަށާއި އަދި އޮޕަރޭޝަންސް އަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ކަމަށެވެ. އެލީސް އިތުރަށް ވިދާޅުވީ ފައިސާގެ ދަތިކަން ދިމާވެގެން އުޅެނީ ރައީސް ޓްރަމްޕްގެ ދައުރުގައި ނޫން ކަމަށާއި މިކަން ދިމާވެގެން އުޅޭތާ 10 ވަރަކަށް އަހަރު ވެދާނެ ކަަމަށެވެ.

އެމެރިކާގެ ދުވަހު ނޫހެއް ކަމަަށްވާ ޔޫއެސްއޭ ޓުޑޭ އަށް ސީކްރެޓް ސާވިސްގެ ޑައިރެކްޓާ އެލީސް ވިދާޅުވީ ސީކްރެޓް ސާވިސްގެ ކަންކަން މަތިކޮށްފައި ވަނީ ގާނޫނަކުން ކަމަށާއި އެއްވެސް ކަމެއް ބަދަލުކޮށް ލިމިޓު ކުރުމުގެ ބާރު އެމަނިކުފާނަށް ލިބިގެން ނުވާ ކަަމަށެވެ. އެލީސް ވިދާޅުވީ އެމެރިކާގެ ރައީސްގެ ބޮޑު އާއިލާއެއް އޮންނަ ކަމަށާއި، އެ އާއިލާ އާއި މެދު ސީކްރެޓް ސާވިސްގެ ޒިންމާ ކަނޑައަޅާފައި ވަނީ ގާނޫނަކުން ކަމަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މުސާރައިގެ ލިމިޓްތަކަށް ބަދަލު ނުގެންނަހާ ހިނދަކު މިއަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސީކްރެޓް ސާވިސްގެ ބައެއް މުވައްޒަފުންނަށް އޯވާޓައިމް ފައިސާ ނުލިބޭނެއެވެ.

ވައިޓް ހައުސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިމާވެގެން މިއުޅޭ މައްސަލާގައި ރައީސް ޓްރަމްޕްގެ ސަރުކާރާއި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާ އެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު