Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕްގެ އެމެރިކާ

އެމެރިކާގައި ހިނގާ މުޒާހަރާތައް ކުށްވެރި ނުކުރުމުން ޓްރަމްޕް ހޫނު ފެނަށް!

ޝާލޮޓްސްވިލްގެ މުޒާހަރާގައި މިހާތަނަށް އެކަކު މަރުވެފައިވޭ

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 13 އޯގަސްޓު 2017 | އާދީއްތަ 04:49
ވަރޖިނިއާ ސްޓޭޓްގެ ޝާލޮޓްސްވިލްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން

ވަރޖިނިއާ ސްޓޭޓްގެ ޝާލޮޓްސްވިލްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން

ނަސްލީ އިމްތިޔާޒަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާގައި ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުކުޅެދިފައިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒު ވެއްޖެއެވެ.

ކަނާތުފިޔައިގެ ހަރުކަށި ވިސްނުންތަކަށް ތާއީދު ކުރާ ފަރާތްތަކާއި ނާޒީ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން އެމެރިކާގެ ވަރޖިނިއާ ސްޓޭޓްގެ ޝާލޮޓްސްވިލްގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާގައި މިހާތަނަށް އެކަކު މަރުވެފައިވާ އިރު، 19 މީހަކަށް ވަނީ އެކި ވަރުގެ އަނިޔާވެފައެެވެ.

ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތަކާއި ބެހޭ ގޮތުން ޓްރަމްޕް ދެއްވި ބަޔާނުގައި މިހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ. އަދި، މިއީ ހަމައެކަނި އެންމެ ފަރާތަކުން ކުރާ ކަމެއް ނޫން ކަމަށާއި މިއީ އެމެރިކާގެ ތާރީހުގައި އާންމު ކަމެއް ކަމަށް ވެސް ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ މިފަދަ ކަންކަމަކީ އެމެރިކާއިން އެއްވެސް ޖާގައެއް ދޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.

މުޒާހަރާކުރާ ފަރާތްތަކަށް ސީދާ އަމާޒުކޮށް މެސެޖެއް ނުދެއްވި ނުދެއްވުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އާންމު ގޮތެއްގައި އެކި އެކި މައްސަލަތަަކުގައި ޓްވިޓަރަށް ހިޔާލުތައް ބަންޑުން ކޮށްލައްވާ ޓްރަމްޕް، މި މައްސަލައިގައި ހުންނެވީ ހިމޭނުންނެވެ.

ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރ ކޯރީ ގާޑްނަރ ވިދާޅުވީ މިއީ ޑޮމެސްޓިކް ޓެރަރިޒަމް ކަމަށެވެ. އަދި، އަމިއްލަ ރައްޔިތުންގެ ފުރާނައަށް ގެއްލުންވާ އިރު، އެކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ އެކަމަށް ހިތްވަރު ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝާލޮޓްސްވިލްގައި ހިނގާ މުޒާރާހަރާތައް ހުއްޓުވުމުގެ މަސައްކަތް ފަށާފައި ވަނީ އެކަކު މަރުވުމާއި ގުޅިގެންނެވެ. ޝާލޮޓްސްވިލްގައި ކުއްލި ހާލަތު މިހާރު ވަނީ އިއުލާން ކޮށްފައެވެ. ވަރޖިނިއާގެ ގަވަނަރ ވަނީ މުޒާހަރާ ކުރާ ފަރާތްތަކުން މުޒާހަރާ ދޫކޮށްދިޔުމަށް ގޮވާލާފައެވެ.

'މޭކް އެމެރިކާ ގްރެއިޓް އެގެއިން' ގެ ސްލޯގަންގައި މަގާމަށް އިންތިހާބުވެވަޑައިގެންނެވި ޓްރަމްޕާއި ކަނާތުފިޔައިގެ ޖަމާއަތްތަކާއި އޮންނަ ގުޅުމަށް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، ޓްރަމްޕް ވަނީ އެފަދަ ޖަމާއަތްތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެެވެ.

ނަމަވެސް، މުޒާހަރާކުރާ ގިނަ ފަރާތްތަކުން ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދު ކުރާ ކަަމަށް ބުނެފައެވެ. އަދި، ޓްރަމްޕްގެ ޒައާމަތުގައި ދޮން މީހުންނަށް އަލުން އަނބުރާ އެމެރިކާ ލިބިގެންދާނެ ކަމަށް ވެސް އެފަރާތްތަކުން ބުނެފައިވެއެވެ. ޓްރަމްޕް މަގާމަށް ހޮވާފައި ވަނީ އެމެރިކާގެ ދޮން ނަސްލުގެ މީހުން ކަމަށާއި އެކަން ހަނދާންކޮށް، އެކަމަށް ޓްރަމްޕް ޝުކުރުވެރިވާން ޖެހޭ ކަމަށް ވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
22 މެއި 2017

މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި

22 މެއި 2017
މުޒާހަރާތަކަށް 50 ދުވަސް ފުރުން ފާހަގަކުރުމަށް ވެނެޒުއެލާގައި ބޮޑު ހިނގާލުމެއް ބާއްވައިފި
16 މެއި 2017

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

16 މެއި 2017
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
03 މެއި 2017

ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި

03 މެއި 2017
ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވާން ފަށައިފި
18 ފެބުރުއަރީ 2017

ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ

18 ފެބުރުއަރީ 2017
ހިޓްލަރު ގެންގުޅު ފޯނެއް އެމެރިކާގައި ނީލަން ކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު