Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާގެ ބޭންކުތަކަށް އަދާކުރަން ޖެހޭ ލޯނު

ދަރަނީގެ މައްސަލައިގައި އަނެއްކާވެސް ރައީސް ނަޝީދާއި ޗައިނާ ސަފީރުގެ ކޯޅުމެއް!

ރައީސް ނަޝީދު ވިދާޅުވީ އަނބުރާ ދައްކަންޖެހޭ 15 މިލިއަން ޑޮލަރު އެއީ ދައުލަތުގެ ދެ ހަފުތާގެ އާމްދަނީގެ ދެބައިކުޅަ އެއްބައިކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 11 ޑިސެމްބަރު 2020 | ހުކުރު 13:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޗައިނާ ސަފީރު ޖަންގ ލިޖޮންގ، މަޖިލިސް އިދާރާގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޗައިނާ ސަފީރު ޖަންގ ލިޖޮންގ، މަޖިލިސް އިދާރާގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަދައްކަވަނީ

ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެއީ އިތުރުފުޅެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގ ލިޖޮންގ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި މާލިއްޔާއިން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށެވެ. އަދި ދަރަނި އަދާކުރުމުގައި ރާއްޖެއަށް އެއްވެސް ތަސައްލީއެއް ނުދޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ވަންނަ އާމްދަނީގެ 50 އިންސައްތަ ކަމަށެވެ. ރައީސް ނަޝީދުގެ ޓްވީޓް ނިންމަވާލެއްވީ ކޮވިޑަށްފަހު، ރާއްޖެއަށް "ނޭވާ ލާނެ ޖާގަ" ބޭނުންވާކަމަށް ވިދާޅުވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދެއްވަމުން، ޗައިނާގެ ބޭންކުތަކާ ހަވާލާދީ ޗައިނާ ސަފީރު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ދައްކަން ނުޖެހޭކަމަށެވެ. އަދި އެކައުންޓް ފޮތް ބެއްލެވުމަށާއި އެ ފައިސާ ބަޖެޓަށް ރައްކާކުރުމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.

މިއީ ޗައިނާއަށް އަދާކުރަންޖެހޭ ދަރަނީގެ މައްސަލައިގައި ރައީސް ނަޝީދާއި ޗައިނާ ސަފީރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖައްސަން އުޅޭކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވުމުންނާއި، ދަރަނީގެ ހަގީގަތް އޮޅުވާލަން އުޅުއްވާކަމަށް ރައީސް ނަޝީދު ތަފާތު އެކި މަންސަތަކުގައި ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ޗައިނާ ސަފީރު ރައްދުދެއްވާފައިވެއެވެ.

ދައުލަތުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ބޭރުގެ ގައުމުތަކަށް ދަރާފައިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް އަދާކުރަންޖެހެނީ ޗައިނާއަށެވެ. އޭގެ ތެރޭގައި ސީދާ ދައުލަތުން އަދާކުރަންޖެހޭ ދަރަންޏާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ ދަރަނީގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ ދަރަނި ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަދަދު ހުރީ 1.4 ބިލިއަން ޑޮލަރު ނުވަތަ 21.6 ބިލިއަން ރުފިޔާގައެވެ. މިއީ ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 38 އިންސައްތައެވެ. އަދި ޖީ-20 ޑެޓް ސަސްޕެންޝަންގެ ދަށުން ޗައިނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރި ނަމަވެސް، ރާއްޖެއިން ނަގާފައިވާ ބައެއް ކޮމަރޝަލް ލޯންތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ މީގެ ތެރޭގައި ނުހިމެނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު