Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރގެ ވެކްސިނަށް އެމެރިކާއިން ހުއްދަދިނުން

ފައިޒަރ އަދި ބައޯއެންޓެކް ވެކްސިނަށް އެމެރިކާގެ ހުއްދަ ލިބިއްޖެ

11 ޑިސެމްބަރު 2020 | ހުކުރު 05:01

އެމެރިކާއިން ފައިޒަރގެ ވެކްސިނަށް ހުއްދަ ދީފައި ވަނީ ބުރާސްފަތި ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ޑިސެމްބަރު 2020 | ހުކުރު 05:01
ފައިޒަރ އިން ވަނީ އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ވެކްސިން ޑިސްޓްރިބިއުޝަންގެ ޓްރަޔަލްތަކެއްވެސް ކުރިއަށް ގެންގޮސްފަ

ފައިޒަރ އިން ވަނީ އެމެރިކާގެ ހަތަރު ސްޓޭޓެއްގައި ވެކްސިން ޑިސްޓްރިބިއުޝަންގެ ޓްރަޔަލްތަކެއްވެސް ކުރިއަށް ގެންގޮސްފަ

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ހުއްދަ ލިިބިއްޖެއެވެ.

އެމެރިކާއިން ފައިޒަރގެ ވެކްސިނަށް ހުއްދަ ދީފައިވަނީ ވެކްސިންނަށް ހުއްދަ ދިނުމަށް ބޭއްވި އެފްޑީއޭގެ ޕެނަލްގައި ބައިވެރިވި 22 މީހުންގެ ތެރެއިން 17 މީހުންގެ ވޯޓާއިއެކުއެވެ. ހަތަރު ފަރާތަކުން ވެކްސިނަށް ހުއްދަ ދިނުމާ ދެކޮޅަށް ވޯޓުލާފައިވާއިރު، ޕެނަލްގެ އެކަކު ވަކިގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ.

ވެކްސިނަކަށް ހުއްދަ ލިބުމާއެކު އެ ވެކްސިން ދޭން ފަށާނެކަމަށާއި، ޑިސެމްބަރ 10 ވަނަ ދުވަހު ވެކްސިނަށް ހުއްދަ ލިބިއްޖެނަމަ 11 ވަނަ ދުވަހު ވެކްސިން ޖަހަން ލިބޭނެކަމަށް އެމެރިކާއިން ބުނެފައިވެއެވެ. ނަމަވެސް، ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށަން އިތުރު ދުވަސްތަކެއް ނަގާފާނެކަމަށް ކަމުގެ މައުލޫމާތު ހުރި ފަރާތްތަކާ ހަވާލަދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ ގައުމުން ރާވާފައިވަނީ 16 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިން ޖެހުމަށެވެ.

ކޮވިޑް ވެކްސިނަކަށް އެމެރިކާއިން ހުއްދަ ދީފައި މިވަނީ އެ ގައުމުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއި، އެ ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ފަހުގެ އަދަދުތަކަށް ބަލާއިރުވެސް އެއްދުވަހާ 3,100 މީހުން މަރުވެގެން އެމެރިކާގައި ރިޕޯޓްކޮށްފައިވެއެވެ.

މި ވެކްސިން އުފެއްދި ފައިޒަރ ކުންފުނިންވަނީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެމެރިކާއަށް 25 މިލިއަން ޑޯޒް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އެއީ 15 މިލިއަން މީހުންގެ ގަޔަށް ޖެހޭނެ ވަރުގެ އަދަދެކެވެ. އެ ކުންފުނިންވަނީ އެމެރިކާގެ އެކި ސަރަހައްދުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ދިމާވެދާނެ ގޮންޖެހުތައް ދެނެގަތުމަށް ހަތަރު ސްޓޭޓެއްގައި ވެކްސިން ޑިސްޓްރިބިއުޝަންގެ ޓްރަޔަލްތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ފައިޒަރ އަދި ބައޯއެންޓެކް ވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މި ވެކްސިނަކީ ކޮވިޑުން ދިފާއުކޮށްދިނުމުގައި 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މިއީ މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ވައިރަހުން ދިފާއުކުރުމުގައި އެންމެ ކާމިޔާބު އެއް ވެކްސިނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް