Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރުގެ ހާއްސަ ޕްރޮގްރާމެއް ފެށުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރު ކުޅުމުގެ ހާއްސަ ޕްރޮގްރާމެއް

8 ޑިސެމްބަރު 2020 | އަންގާރަ 12:36

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފައިސާއެއް ނުނަގާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 8 ޑިސެމްބަރު 2020 | އަންގާރަ 12:36
ކުޅިވަރާ ބެހޭ ވުޒާރާގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުޅިވަރާ ބެހޭ ވުޒާރާގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ހުޅުވާލެވިގެން މިދިޔަ ފުރުސަތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ފަށަން ޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމަށާއި، އެހެން ނަމަވެސް ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅު ތެރެއަށްވެސް މި ހަރަކާތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށާއި، މިކަން ކުރުމަށް ވުޒާރާގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ. އަދި މައިގަނޑު ހަތަރު ކުޅިވަރެއް މި ވަގުތަށް އޮތް ނަމަވެސް، އެހެން ކުޅިވަރުތައް ކުޅެން އެދޭ ކުދިންނަށްވެސް އެ ފުރުސަތު ހޯދައިދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ބައިވެރިވި، އެސޯސިއޭޝަންތަކުގެ އިސް ބޭފުޅުން ވަނީ މި ޕްރޮގްރާމަށް ފުރިހަމަ އެއްބާރުލުންދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް އަތޮޅުތެރަށް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ވިދާޅުވީ މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން އެންމެހާ ބެލެނިވެރިން ހިފުމަށް ގޮވާލާ ކަމަށެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޔޫތު އެކަމަޑޭޝަން ބްލޮކުގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުން ފޯމް ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށްވެސް ފޯމް ފުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގައި ރަޖިސްޓްރީވާ ކުދިންގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބުމާއެކު ހާއްސަ އުސޫލުތަކެއްގެ ދަށުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
18 އެޕްރީލު 2017

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް