Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޑަކުދިންނަށް ދުވުމެއް

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

މި ދުވުމަކީ، ބީއެމްއެލްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 އެޕްރީލު 2017 | އަންގާރަ 15:52
 ވާއޮ ކިޑްސް ރަން އޮންނާނީ އަންނަ މޭމަހުގެ 12 ވަނަ ދުވަހު

ވާއޮ ކިޑްސް ރަން އޮންނާނީ އަންނަ މޭމަހުގެ 12 ވަނަ ދުވަހު

ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ދުވުމެއް ބާއްވަން ނިންމައިފިއެވެ.

އުމުރުން ނުވަ އަހަރުން ދަށުގެ 600 އެއްހާ ކުދިން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ދުވުން އޮންނާނީ، އަންނަ މޭ މަހުގެ 12 ވަނަ ދުވަހު ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު މުހައްމަދު ސައީދު ވިދާޅުވީ، މި ދުވުމަކީ ބީއެމްއެލްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން ކުރިއަށްގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ދުވުމަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވާ ބޮޅެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މި ދުވުން އިންތިޒާމް ކުރާ ޓީއެފްޖީ ޖިމްގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް މި ދުވުން ކުރިއަށް ދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ތިން އަހަރާއި ފަސްއަހަރާއި ދެމެދު އުމުރުފުރާ އާއި، ފަސްއަހަރާއި ހަތް އަހަރާއި އަދި ހަތް އަހަރާއި ނުވަ އަހަރާ ދޭތެރޭގެ އުމުރުފުރާތަކުގެ ކުދިންނަށް ފުރުސަތު ހުޅުވާލާނޭ ކަމަށެވެ.

ކޮންމެ އުމުރުފުރާއަކުން ޖާގަދިނުމަށް ހަމަޖެހިފައި ވަނީ 200 ކުދިންނަށް ކަމަށް ޒިނާން ވިދާޅުވިއެވެ. ފުރުސަތު ދެވޭނީ އެންމެފުތަމަ ނަންނޯޓް ކުރާ ތަރުތީބުން ކަަމަށް ޒިނާން ވިދާޅުވިއެވެ. އަދި ނަންނޯޓްކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާ ޓީއެފްޖީގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު އާއްމުކުރަމުންދާނެކަމަށް ޒިނާން ވިދާޅުވިއެވެ.

މީ ބީއެމްއެލްއާ އެކު ޓީއެފްޖީން މި ދުވުން ބާއްވާތާ ތިންވަނަ އަހަރެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު