Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުން

އޭވިއޭޝަން ދާއިރާއިން ކިޔަވާ ކުދިންގެ ގޮންޖެހުންތަކަށް ހައްލު ހޯދައި ދޭނަން: މިނިސްޓަރު ނަހުލާ

7 ޑިސެމްބަރު 2020 | ހޯމަ 17:20

މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 7 ޑިސެމްބަރު 2020 | ހޯމަ 17:20
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ

އޭވިއޭޝަންގެ ދާއިރާއިން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ނަަހުލާ ވިދާޅުވީ، މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި މިދާއިރާއިން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އަދި މި ދާއިރާއިން ކިޔެވުމަށް ދިވެހި ދަރީންނަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރުވެސް ދިވެހި ޒުވާނުންނަށް ތިޔާގި ކުރަމުން ގެންދިއުމަކީ އެ ވުޒާރާއިން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހަރުދަނާ ޕްލޭންތަކާ އެކު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ މިންނެތް މަސައްކަތްޕުޅު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.މަދަނީ ވައިގެ ދަތުރުފަރުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ އިދާރާތަކާއި ރާއްޖެ ބައިވެރިވާ ސަރަޙައްދީ ޙަރަކާތްތަކުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މި ދާއިރާއިން ލިބެމުންދާ ފައިދާ އިތުރުވެގެން މި ދަނީ ސިނާޢަތުގެ ބައިވެރިންގެބޮޑު ޙިއްސާ އާއި އެކުގައި ކަމަށެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަސް ފާހަގަކުރަމުންދަނީ "އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން ޑޭ" ނުވަތަ ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފުރަތަމަ ފާހަގަ ކުރަން ފެށުނީ 1994 ވަނަ އަހަރު އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އަށް 50 އަހަރު ފުރުމުގެ ޙަރަކާތްތަކުގެ ތެރެއިންނެވެ.

1996 ވަނަ އަހަރު އައިކާއޯގެ އިސްނެގުމުގެ މަތީން، އ.ދ. ގެ ޖެނެރަލް އެސެމްބްލީން ވަނީ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން ފާހަގަ ކުރާ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރު ފަތުރުގެ ދުވަހުގެ ގޮތުގައި ބަލައިގެންފައެވެ.

އައިކާއޯއިން މިދުވަސް ފާހަގަކުރަމުންދަނީ ކޮންމެ 5 އަހަރަކަށް ވަކި ޚާއްސަ ތީމެއް ނުވަތަ ޝިއާރެއް ކަނޑައަޅައިގެންނެވެ. އެގޮތުން 2019 އިން 2024 އަށް އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ "އެޑްވާންސިންގ އިނޮވޭޝަން ފޯރ ގްލޯބަލް އޭވިއޭޝަން ޑިވެލޮޕްމަންޓް" އެވެ. މިއީ ދުނިޔޭގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމުގައި މިހާރަށްވުރެ ބޮޑަށް އީޖާދީގޮތްތައް ބޭނުންކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އެ ޖަމިއްޔާއިން ކަނޑައަޅާފައިވާ ޝިއާރެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
03 އެޕްރީލު 2017

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

03 އެޕްރީލު 2017
ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް