Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޮރިން މިނިސްޓްރީ

ޔަތީމްހާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްކެއް ކޮށްފައި: ފޮރިން މިނިސްޓްރީ

އިންޑިޔާ އާއި ބަންގްލަދޭޝްގައި ދިވެހި ދެ ޢާއިލާއަށް ކުރިމަތިވި ކަންތައްތަކުގައި ފޮރިން މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ދީފައި ވާނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 17:04
ބަޝީރު އަދިވެސް ހުރީ އިންޑިއާގައި އެކުދިން ރާއްޖެ ނުގެނެވިފައި

ބަޝީރު އަދިވެސް ހުރީ އިންޑިއާގައި އެކުދިން ރާއްޖެ ނުގެނެވިފައި

ދިވެހި ރައްޔިތަކާއި އިންޑިޔާގެ ރައްޔިތެއް ކައިވެނިކޮށްގެން ލިބިފައިވާ ކުދިންން ޔަތީމް ހާނާ އަށް ލީ މައްސަލަ ހައްލެއް ހޯދުމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސުލޭޓުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންޑިޔާ އާއި ބަންގްލަދޭޝްގައި ދިވެހި ދެ ޢާއިލާއަށް ދާދިފަހުން ކުރިމަތިވި ކަންތައްތަކުގައި ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ދީފައި ވާނެ ކަމަށެވެ.

Advertisement - newsAdvertisement

ފޮރިން މިނިސްޓްރީން މިހެން ބުނި ނމަވެސް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ އެކުދިން މަންމަ, ސައީދަލީ ފާތުމާ ލަތީފް ކައިރީގައި ބޭތިއްބުމަށެވެ. ކުދިންގެ ޚަރަދަށް, ބައްޕަ، އަބްދުﷲ ބަޝީރު ކޮންމެ މަހަކު ފާތިމާއަށް 300 އެމެރިކާ ޑޮލަރު ފޮނުވުމަށެވެ. ކުދިން ބެލުމުގެ ބަދަލުގައި ފާތިމާ ވަނީ ކެރެލާގެ އެކަހެރި ސަރަހައްދެއްގައި ހުންނަ ޔަތީމު ހާނާއަކަށް އެ ކުދިން ދޫކޮށްލާފައެވެ.

އެގޮތުން ދިވެހި ރައްޔިތަކާއި އިންޑިޔާގެ ރައްޔިތެއް ކައިވެނިކޮށްގެން ލިބިފައިވާ ކުދިންނާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައަށް ޙައްލެއް ހޯދުމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސުލޭޓުންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ،

ހަމައެއާއެކު، ބަންގްލަދޭޝްގައި ނިޔާވި ދިވެހި ދަރިވަރުގެ ޢާއިލާއިން، އެހީތެރިކަމަށް އެދުނު ހުރިހާކަމެއްގައި ވެސް ފޮރިން މިނިސްޓްރީ އާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދީފައިވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ،

މީގެއިތުރުން ރާއްޖެއިން ބޭރުގައި ދިވެހިންނަށް ދިމާވާ އެކިއެކި ކަންކަމުގައި ބޭނުންވާ ކޮންސިއުލަރ ޚިދްމަތްތައް ފޯރުކޮށްދިނުމަކީ ފޮރިން މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ،

އެގޮތުން ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށާއި، ރާއްޖެއ ބޭރުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށާއި އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ފޮރިން މިމިނިސްޓްރީއާއި ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންތަކުން ގެންދަނީ ކޮންސިއުލަރ ޚިދްމަތްތައް ފޯރުކޮށްދެމުން ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ،

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު