Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔަތީމު ޚާނާއަށްލީ ދިވެހި ކުދިނ

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެވެސް މުއްދަތުވަނީ ހަމަވެފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 12:43
ބަޝީރު އަދިވެސް ހުރީ އިންޑިއާގައި އެކުދިން ރާއްޖެ ނުގެނެވިފައި

ބަޝީރު އަދިވެސް ހުރީ އިންޑިއާގައި އެކުދިން ރާއްޖެ ނުގެނެވިފައި

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖުހުނު ދިވެހި ކުދިންތަކެއް ރާއްޖެ ނުގެނެވި އެގައުމުގައި ތާށިވެފައިވާ ހާދިސާއާ ބެހޭ ގޮތުން ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން ޑޮކިއުމަންޓްރީއަށް ފަހު ކަމާ ބެހޭ މުއައްސަސާތަކުގެ ސަމާލު ކަމަށް އައިސްފިއެވެ.

ހުކުރު ދުވަހުގެ ރޭ ދެއްކި "ހިތްދަތި އާދޭސް" ގެ ނަމުގައި ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޓެގްކޮށް ސޯޝަލް މީޑިއާ އެކްޓވިސްޓަކު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން އަކިލޭޝް މިޝްރާ ވިދާޅުވީ "އަދިވެސް ދިވެހި ދަސްކުރަނީ" ކަމަށާއި "ކޮންމެ ވެސް މީހަކު މިކަން ބުނެދީފި ނަމަ ވީ އެންމެ ރަނގަޅަކަށް އެހީވާނަން،" ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ މިޝްވަރާ އަށް ވެގެން އުޅޭ ގޮތް ރަނގަޅަށް ސާފުނުވާތީ ކުރެއްވި ޓްވީޓެކެވެ.

Advertisement - newsAdvertisement

އޭގެ ފަހުން ކުރެއްވި އެހެން ޓްވީޓެއްގައި ސަފީރު ވަނީ އެ ކުދިންގެ ފުރިހަމަ ނަމާއި ޕާސްޕޯޓާއި އެނޫން ވެސް ތަފްސީލްތައް ފޮނުވުމަށް އެދިވަޑައިގެންފައެވެ. ބެލެވޭ ގޮތުން މިއީ މިކަން އޮޅުންފިލުއްވުމަށް ފަހު ކުރައްވާފައިވާ ޓްވީޓެކެވެ.

ޔަތީމް ޚާނާގައި ގެންގުޅެމުންދަނީ އއ. އުކުޅަސް، ރައްޔިތެއް ކަމަށްވާ އަބްދުﷲ ބަސީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ.

އެކުދިން ގޮވައިގެން ފާތިމާ ޗުއްޓީއަށް އިންޑިއާއަށް ގޮސްފައި ވަނީ 2013 ވަނަ އަހަރުގެ މާޗް މަހުއެވެ.

ބަޝީރުގެ އާއިލާގެ ފަރާތުން ވާހަކަދައްކަމުން އޭނާގެ ބައްޕަ ނައީމް ބުނީ ކުދިން ގޮވައިގެން ދިއުމަށް ފަހު ފާތިމާ ގެންދިއައީ ބަޝީރާ އެކު އުޅެން ބޭނުން ނުވާ ކަމަށް ބުނެ ކުދިން ވެސް ބަޝީރާ ހަވާލުކުރުމަށް ދެކޮޅުހަދަމުން ކަމަށެވެ.

"ތިން ފަހަރު ބަސީރު އިންޑިއާއަށް ގޮސް އޭނާގެ އަންހެނުންނާއި ބައްދަލުކުރި، ބައްދަލުކޮށްފައި އުކުދިންގެ ވިސާ ހަމަވަނީއޭ ޕާސްޕޯޓް ދިނުމަށް އެދުމުން އޭނާގެ އަންހެނުން ބުނީ ޕާސްޕޯޓް ވަނީ މީހެއްގެ އަތުގައި އޭ ޕާސްޕޯޓެއް ނުދޭނަމޭ، އަންހެން މީހާ ބުނަނީ ބަސީރު އާއި އެކު އުޅޭހިތްނުވާކަމަށް، އަދި އޭނާ މަރާލަންޖެހުނަސް ތިން ކުދިންނެން ރާއްޖެ ނުފޮނުވާނެ ކަމަށް ބުނި" ރާއްޖެ ޓީވީން ތައްޔާރުކުރި "ހިތްދަތި ދިރިއުޅުން" ޑޮކިއުމެންޓްރީގައި ނައީމް ބުނެއެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީހުން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ އެކުދިން މަންމަ ފާތުމާ ކައިރީގައި ބޭތިއްބުމަށެވެ. އަދި ކުދިންގެ ޚަރަދަށް ބަޝީރު ކޮންމެ މަހަކު ފާތިމާއަށް 300 އެމެރިކާ ޑޮލަރު ފޮނުވުމަށެވެ. ނަމަވެސް ކުދިން ބެލުމުގެ ބަދަލުގައި ފާތިމާ ވަނީ ކެރެލާގެ އެކަހެރި ސަރަހައްދެއްގައި ހުންނަ ޔަތީމު ހާނާއަކަށް އެ ކުދިން ދޫކޮށްލާފައެވެ.

ޔަތީމު ޚާނާގައި ކުދިންނަށް އަނިޔާ ލިބިފައިވާ ކަމަށް ބަޝީރު ބުނާއިރު އެކުދިންގެ ގައިން އެފަދަ ނިޝާންތައް ފެންނަން ހުއްޓެވެ. ރާއްޖެ ޓީވީ މުހައްމަދު ވިސާމް ވަނީ އެ ތަނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަ ދައްކައި ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައެވެ.

ޔަތީމްޚާނާގައި އަނިޔާ ލިބުމުގެ އިތުރުން އެކުދިންގެ ޕާސްޕޯޓު މުއްދަތު ހަމަވެ އަދި ވިސާގެ ވެސް މުއްދަތު ވަނީ ހަމަވެފައެވެ. އެހެން ކަމުން އެ ކުދިން މިހާރު ތިބީ "ބަންދެއްގަ" އެވެ.

އިންޑިއާގެ ރައްޔިތުންނާ ދިވެހި ފިރެހެނުން ކައިވެނިކޮށްގެން ދިމާވާ މިފަދަ މައްސަލަތަކުގެ ޚާއްސަ ތަފާސް ހިސާބެއް ނެތް ނަމަވެސް މިއީ ހިނގަމުން އަންނަ ކަމެކެވެ. މީގެ ކުރިން ވެސް މިފަދަ ކަންކަން ވަނީ ހިނގާފައެވެ. މި ކަމާ ބެހޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު