Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޖިސްޓްރޭޝަން މައްސަލަ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

ރަޖިސްޓްރޭޝަން ހަމަޖެހޭނެ ކަމުގެ ލިޔުން ލިބެންދެން މުޒާހަރާ ކުރާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 12 ފެބުރުއަރީ 2017 | އާދީއްތަ 10:15
ބަންގަލަދޭޝްގައި މެޑިސިން ކިޔަވަމުންދާ ދަރިވަރުން މުޒާހަރާ ކުރަނީ

ބަންގަލަދޭޝްގައި މެޑިސިން ކިޔަވަމުންދާ ދަރިވަރުން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ބަންގްލަދޭޝް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލައަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށް ދިވެހި ދަރިވަރުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ދަރިވަރަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ ރަޖިސްޓްރޭޝަން މައްސަލަ އަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެފައިވާ ކަމަށެވެ. ނަަމވެސް ހެލްތު މިނިސްޓްރީން އެކަމުގެ ރަސްމީ ލިޔުމެއް ލިބިފައި ނުވާ ކަމަށް ދަރިވަރު ބުންޏެވެ.

Advertisement - newsAdvertisement

މައުލޫމާތު ދިން ދަރިވަރު ބުނީ ރަޖިސްޓްރޭޝަން ހަމަޖެހޭނެކަން ލިޔުމުން ނުދޭހާ ހިނދަކު ދަރިވަރުން ކުރަމުންދާ މުޒާހަރާ ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ރަޖިސްޓްރޭޝަން ކަންތައް ހަމަޖެހޭނެ ކަމުގެ ލިޔުމެއް ނުލިބެނީސް އިންތިހާނުގައި ބައިވެރިނުވުމަށް ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ދިން ދަރިވަރު ބުންޏެވެ. ދަރިވަރު ބުނި ގޮތުގައި ރަޖިސްޓްރޭޝަން ކަންތައްތައް، ނިމިގެން ދިޔަ ޖެނުއަރީ މަހުގެ ހަމަޖެހެން ޖެހެއެވެ. ނަމަވެސް ޖެނުއަރީ މަހު ރަޖިސްޓްރޭޝަން ކަންތައްތައް ހަމަނުޖެހުމުން އިންތިހާނުގައި ބައިވެރިވެފައި ނުވާ ކަމަށާއި ހާއްސަ އުސޫލެއްގެ ދަށުން އެޕްރީލް މަހު އިންތިހާނުގައި ބައިވެރިވޭނެ ގޮތް ޔުނިވާސިޓީން ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާ ކަމަށް ދަރިވަރު ބުންޏެވެ

ރަޖިސްޓްރޭޝަންގެ ކަންތައްތައް ހަމަނުޖެހެނީސް އިންތިހާނުގައި ބައިވެރި ނުވުމަށް ނިންމީ އިންތިހާން ހެދި ކަމަށް ވިޔަސް މެޑިކަލް ޕްރެކްޓިސް ނުކުރެވޭނެތީ ކަމަށް ކަމަށް އޭނާ ބުންޏެވެ.

ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ރަޖިސްޓްރީ ކުރުމުގައި މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ވަނީ ހަމައެކަނި ދިވެހި ކިޔަވާ ކުދިންނަށް އެކަނި ނޫން ކަމަށެވެ. އެގޮތުން އެ ޔުނިވާސިޓީގައި ކިޔަވަމުންދާ އެހެން ގައުމުގެތަކުގެ ދަރިވަރުންނަށް ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ޑެންޓަލް އެންޑް މެޑިކަލް ކައުންސިލުން ކޮންމެ އަހަރަކު ވެސް އެ ގައުމުގައި މެޑިސިން ކިޔަވާދޭ ކޮންމެ ޔުނިވާސިޓީއަކަށް ވެސް ޖާގަ ދެނީ ވަކިމިންވަރަކަށެވެ. ނަމަވެސް ޗިޓަގޮންގް ޔުނިވާސިޓީ މެޑިކަލް ކަންސިލުން ކަނޑައަޅާފައިވާ މިންވަތަކަށް ވުރެ އިތުރަށް ޖާގަދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގައި މައްސަލަ ދިމާވީ އެކަމުގެ ސަބަބުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެޑިސިން ކިޔަވާ ދިވެހިން ކުދިންގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް ހައްލު ކުރުމަށް އިންޑިއާ އަދި އެހެން ވެސް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު