Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވް ގޭސް އިން ރާއްޖެއިން ބޭރުން ގޭސްގަތުމުގެ

ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހިނގާފައިވާތީ އެކަން އޭސީސީން ބެލުމަށް މަޖިލީހުން ފާސްކޮށްފި

މައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ވަނީ 17 ކަމެއް ފާހަގަކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޑިސެމްބަރު 2020 | ހޯމަ 13:31
މޯލްޑިވް ގޭސް އިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ތެރެއިން

މޯލްޑިވް ގޭސް އިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަނެއްގެ ތެރެއިން

މޯލްޑިވް ގޭސް އިން ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް ކޮމިޓީއަށް ތުހުމަތުކުރެވޭތީ މިމައްސަލައާ ގުޅޭ އެންމެހާ މުއާމަލާތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބަލައި ތަހުގީގުކުރުމަށްފަހު ގިނަވެގެން ދެ މަސްދުވަސްތެރޭގައި އެ މައްސަލަ ބަލައި ނިންމުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މޯލްޑިވް ގޭހުން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭތީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިމުމަށްފަހު ހުށަހެޅި ރިޕޯޓް ފާސްކުރުމުންނެވެ. މި ރިޕޯޓް ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

ކޮމިޓީން މިކަން ދިރާސާކުރުމަށްޓަކައި މޯލްޑިވް ގޭހުން މައުލޫމާތު ހޯދާފައިވެއެވެ. ކޮމިޓީން މިކަން ދިރާސާކުރުމަށްފަހު 17 ހޯދުމެއްވަނީ ހޯދާފައެވެ.

އޭގެތެރޭގައި ހިމެނޭ އެއްކަމަކީ މޯލްޑިވް ގޭސް އިން ފެށުނީއްސުރެ އެލްޕީޖީ އަދި އިންޑަސްޓްރިއަލް ގޭސް ގަތުމަށްޓަކައި ވޭތުވެދިޔަ ތަނުގައި ސަޕްލަޔަރުން ހޯދާފައިވަނީ ޕްރޮކިޔުމަންޓް ޕޮލިސީގައިވާ ގޮތުގެމަތިން ޖެނެރަލް ޕްރޮކިޔުމަންޓްގެ އުސޫލުން ޑައިރެކްޓް ޕާރޗޭޒް ތެރެއިން ސްޕޮޓް ކޮންޓްރެކްޓް ހެދިގެންކަމަށެވެ.

ޓޭންކުތަކުގައި ރައްކާކުރެވޭ ކެޕޭސިޓީ އަކީ އޯޑަރުކުރަންޖެހޭ މިނަށްވުރެ ދަށް މިންވަރެއް ކަމަށްވާއިރު ގޭސް ސަޕްލައި ކުރާނެ އިތުރު ސަޕްލަޔަރެއް ހޯދުމަކީ ދަތިކަމެއްކަމަށް ކުންފުނީގެ މެނޭޖްމަންޓުން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން އެއްހާސް މެޓްރިކްޓަނުން ސަޕްލައިކުރުމަށް ސަޕްލަޔަރުން އުޒުރުވެރިވާކަމާއި ސަޕްލަޔަރުން އަގުމަތިކުރާކަމަށް ކުންފުނީގެ މެނޭޖްމަންޓުން ފާހަގަކޮށްފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން 2016 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މޯލްޑިވް ގޭސް އިން ގޭސް ގަންނަމުން އައިސްފައިވަނީ ޝެލް އިންޓަރނޭޝަނަލް އީސްޓަން ޓްރޭޑިންގ ކޮމްޕެނީން ކަމަށާއި ނަމަވެސް 2017 ވަނަ އަހަރުގެ މަރޗް މަހުން ފެށިގެން 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައަށް އެ ކުންފުނިން ގޭސް ގަންނަމުން އައިސްފައިވަނީ ތްރީ އެޗް ޑީ އިންޓަރނޭޝަނަލް ކިޔާ ސަޕްލަޔަރެއްގެ އަތުންކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޝެލް އިންޓަރނޭޝަނަލް އިން މޯލްޑިވް ގޭހުން ގޭސް ގަތްއިރު ގޭސްގަތް ރޭޓަށްވުރެ ބޮޑުއަގުގައި ތްރީ އެޗްޑީ އިންޓަރނޭޝަނަލްއިން ގޭސް ގަންނަމުން އައިސްފައިވާކަން ކޮމިޓީން ފާހަގަކޮށްފައިވާކަމަށެވެ.

މީގެއިތުރުން މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު ބޮޑުކަމަށް އެސްޓީއޯއިން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހަދާފައިވާ އިންޓަރނަލް އޮޑިޓެއްގައި ފާހަގަކޮށްފައިވާ ކަމަށާއި އަދި ވާދަވެރި އަގެއްގައި ގޭސް ގަތުމަށް އަރަމްކޯ ގައި މޯލްޑިވް ގޭސް އިން ސަބްސްކްރައިބްކޮށް މާކެޓް އަގުތަކަށް ބަލައި މިހާރު ގަންނަ އަގަށްވުރެ ކުޑަ އަގެއްގައި ގަތުމަށް އެސްޓީއޯއިން ލަފާ އަރުވާފައިވާކަމަށާއި ނަމަވެސް 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން 2019 ވަނަ އަހަރުގެ އޮގަސްޓްމަހު ކޮމިޓީން މިމައްސަލަ ބަލަންފެށުމާ ހަމައަށްވެސް އެދެވޭ ނަތީޖާއެއް ނެރެފައިނުވާކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ގޭސް ގަންނައިރު އަގުތައް މާކެޓް ރޭޓާ ތަފާތު ވާތީ އާއި އަގުތަކުގައި ބަދަލެއް އުޅޭކަން ފާހަގަކުރެވޭތީ މިމައްސަލައަކީ އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށެވެ. މިކަމުގައި ކޮމިޓީން ވަނީ މައިގަނޑު 3 ނިންމުމެއް ނިންމާފައެވެ.

އޭގެ އެއް ނިންމުމަކީ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރާއި އަދި މިހާރުގެ މެނޭޖިންގ ޑިރެކްޓަރ ކުންފުނި ހިންގުމުގައި އިހުމާލުވެފައިވާކަން ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކުންފުނީގެ ހިންގުން ޚަރުދަނާކުރުމަށް ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް އައްޔަނުކުރުމަށް ސަރުކާރާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް އެސްޓީއޯއަށް ދެންނެވުމަށްވަނީ ނިންމާފައެވެ. އަދި ކެޕޭސިޓީ އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެކުންފުންޏަށް ދަންނަވައި ގޭހުގެ އަގު ކުޑަކުރުމަށް މިހާރުން މިހާރަށް ކުރެވިދާނެ ކަންތައްތަކުގެ ޕްލޭނެއް އެކުލަވާލައި ގިނަވެގެން ދެ މަސްދުވަސްތެރޭގައި މޯލްޑިވް ގޭސް އިން އެސްޓީއޯއަށާއި ކޮމިޓީއަށް ފޮނުވުމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މިކަމުގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާފައިވާތީ އެމައްސަލަ އޭސީސީން ބަލައި ތަހުގީގުކުރުމަށްފަހު ގިނަވެގެން ދެ މަސް ދުވަސް ތެރޭގައި އެމައްސަލަ ނިމުނުގޮތުގެ ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށް އޭސީސީއަށް ދެންނެވުމަށްވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
18 މާރިޗު 2017

ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ

18 މާރިޗު 2017
ގޭސް ފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާ ދެނީ
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު