Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަފީރުންގެ މަހާސިންތާ

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

ޓެރެރިޒަމް ގާނޫނަކީ މިއަދު އުފަންވި ގާނޫނެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 14:45
ދިވެހި އެމްބަސަޑަރުންނާއެކު ރައީސް ޔާމީން

ދިވެހި އެމްބަސަޑަރުންނާއެކު ރައީސް ޔާމީން

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދިވެހި ސަފީރުންގެ މަހާސިއްތާ އިފްތިތާހުކުރުމުގެ ރަސްމިއްޔަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑު އެބަ އިވެންޖެހޭ ކަމަށާއި ނަމަވެސް އެއީ ހަމަ ކޮންމެ ފޯރަމެއްގައި އެވާހަކަ ދެއްކުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންކަން ނިންމަނީ ކޮންކޮން ކަންތައްތަކަކަށް ރިއާޔަތްކޮށްތޯ، އިންސާނީ ހައްގުތަކުގެ ކޮންކޮން ކަންތައްތަކަކަށް ރިއާޔަތްކޮށްގެންތޯ، އަޅުގަނޑުމެންގެ ޕޮލިސީ ޑިސިޝަން ބޭސް ވެގެންދަނީ، އެކަން އެބަޖެހޭ އެނގެން. އަޅުގަނޑުމެން ކުރާ ކަންތައް މިކުރެވެނީ މުޅި ރައްޔިތުންގެ ހައްގުގައިކަން، އަދި އޭގެ ސަބަބުން އަޅުގަނޑުމެން އެ ހަމްދަރުދީ ހޯދަން އެބަބޭނުންވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކުދިކުދި ގައުމުތަކުގެ ސިޔާސަތަށް ފާޑުކިޔުމަކީ ފަސޭހަކަމަކަށްވާ ކަމަށާއި އެހެންނަމަވެސް ކުދިކުދި ގައުމުތަކުގެ އެސިޔާސަތު އޮންނަގޮތުގެ ތާރީހު ވެސް އެބަކިޔާދޭން ޖެހޭ ކަމަށެވެ. އެސިޔާސަތުތައް ބަޔާންކޮށްދެވުމުން ދުނިޔޭގެ އެހެން ތަނެއްގައި ޓެރެރިޒަމްގެ ކުށް ކަމަށް ކަނޑަނާޅައި އޮތް ކަމެއް، ރާއްޖޭގައި ޓެރެރިޒަމްގެ ކުށުގެ ގޮތުގައި ކަނޑައެޅެނީ ކީއްވެގެންތޯ ހާމަވާނެ ކަމަށެވެ.

ނަމަވެސް އޭގެ ތަފްސީލެއް ރައީސް ޔާމީން ހާމައެއް ނުކުރައްވަ އެވެ.

ދިވެހި އެމްބަސަޑަރުންގެ މަހާސިންތާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

"އެހެންނަމަވެސް ދިވެހިރާއްޖޭގެ ޓެރެރިޒަމްގެ ގާނޫނާއި މީހުން ހިފާ ހައްޔަރު ކުރުން، އެމީހުންގެ ރުހުމެއްނެތި، އެމީހުންނަށް ވާއެއްނުވާއެއް ނޭނގި، މީގެ ތެރޭގައި އެންމެ މައުސޫމް މަދަރުސާއަށްދާ ތުއްތުކުދިން ހިމެނޭގޮތަށް ހިފާހައްޔަރުކޮށް، އެކުދިންނަށް ޖިންސީ ގޯނާއާއި އަދި އެހެންވެސް ނުރައްކާތެރި ކަންތައްތައް ކުރިމަތިކުރުވާފަ ހުރިކަން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މީގެ 10 ވަރަކަށް 15 ވަރަކަށް އަހަރުގެ ކުރިއާ ހަމައަށް ޖެހިލާއިރު އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންވެގެން ދިވެހިރާއްޖޭގައި މީހުންގެ ރުހުމެއްނެތި ހިފާ ހައްޔަރުކުރުން، އެގޮތަށް ކިޑްނެޕްކުރެވިގެން މިދާދިއުން އަޅުގަނޑުމެންގެ ޓެރެރިޒަމްގެ ކުށެއްގެ ގޮތުގައި ހަމަޖައްސަން ޖެހުނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް އެބަ ކިޔާދެވެންޖެހޭ. ޓެރަރިޒަމަކީ ކޮންމެ ފަހަރަކު ހޮޓަލެއް ގޮއްވާލުމެއް ނޫން. ބޭރުގެ މަދުނަމަވެސް ދައުލަތްތަކުގައި މަގުމަތީގައި އުޅޭ، އެއްވެސް ކަހަލަ ކަމެއް ނުކޮށް މަގުމަތީގައި އުޅޭ މައުސޫމްކުދިން، އެބަ ރޭގަނޑެއް ނިމި، އަލިވެގެންދާއިރު މަރާލެވޭތަން އެބަފެނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަކީ މިސަރުކާރަށް އިހުތިރާމް ކުރާ ދައުލަތްތަކާއި ގާތްގުޅުމެއް ބާއްވާ ސަރުކާރެއް ކަމަށެވެ. އަދި މިސަރުކާރުން އެދެނީ ކަންކަން ނިންމުމުގައި އެއްވެސް ގައުމެއް އަނެއް ގައުމުގެ ދާހިލީ ކަންކަމާ ނުބެހުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ރާއްޖެއަކީ މޮޑަރޭޓް އިސްލާމިކް ގައުމެއް ކަމަށެވެ. އަދި ރާއްޖޭގައި ހައްދު ފަހަނާއެޅުމެއް ނެތް ކަމަށާއި މިސަރުކާރަކީ ގާނޫނުތަކަށް ތަބާވާ ސަރުކާރެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު