Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްވަންއެންވަން ފެތުރުން

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

ހެނދުނު ބުނީ ކަންބޮޑުވާންވީ ކަމެއް ނެތް ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2017 | އަންގާރަ 15:51
ހޯމަ ދުވަހުގެ ހެނދުނު އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ހޯމަ ދުވަހުގެ ހެނދުނު އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ބަލިވުމަކީ އިންސާނާގެ ތޮބީއަތުގައި ހިމެނޭ ކަމެކެވެ. ބަލިތައް ފެތުރި، ބަލިތައް ޖެހުމަކީ ދުނިޔެ ހިނގަމުން އަންނަ ބަދަލުވުމެއް ނެތް އުސޫލެކެވެ. އިންސާނުންނަށް އޮންނަނީ، ބަލިތަކުން ރައްކާތެރިވުމަށް ކުރެވެން އޮންނަހާ މަސައްކަތެއް ކުރުމެވެ. ބަލިތަކުން ރައްކާތެރިވުމަށް، ތިމާ ދިރިއުޅޭ މާހައުލުގައި އެ ބައްޔެއް ފެތުރެމުން އަންނަކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ނޭނގި ހިނގާ ކަމަކަށް ރައްކާތެރިވުމަށް ފިޔަވަޅު ނޭޅޭނެކަމީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތަކަށްވާއިރު، ބަލި ފެތުރެމުންދާކަން އެނގުމަކީ ސީދާ އެ ބައްޔަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް އެކަށީގެންވާ ވަގުތު ލިބޭނެ ކަމެކެވެ. މި ބީދައިން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ އެޗްވަންއެންވަން މިވަނީ އަޅުގަނޑުމެންގެ ރާއްޖެއާ ހިސާބަށް ވެސް އައިސްފަ އެވެ.

ދަތުރުފަތުރުގެ ވިއުގައަކުން ގުޅިލާމެހިފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެން ދިރިއުޅޭއިރު، ބޯޑަރުތައް ހުރަސްކޮށް ބަލިތައް ވެސް ދަތުރުކުރާނެ ކަމީ އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރާ ހަގީގަތެކެވެ. ނަމަވެސް، ބަލިތައް ރާއްޖެއާ ހަމައަށް އައުމުން އެކަން ސިއްރު ކުރުމަކީ ރައްޔިތުންގެ ހައްގުގައި ވެވޭ ބޮޑު ބޭއިންސާފެކެވެ. ބައްޔެއް ފެތުރެމުންދާނަމަ، އެ ބައްޔަކާ ގުޅޭ މައުލޫމާތު ވީއެންމެ އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ހަމަ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ.

ސްވައިން ފްލޫއާގެ ޚަބަރުތައް މީޑިއާތަކުން ރިޕޯޓްކުރަން ފެށުމާއެކު ހޯމަ ދުވަހުގެ ހެނދުނު ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ސްވައިން ފްލޫ ނޫޅޭ ކަމަށެވެ. އެއީ އާދައިގެ ރޯގާއެއް ކަމަށާއި ނުރައްކާތެރި ހާލަތަކަށް ނުދާ ކަމަށެވެ. ރައްޔިތުން ބިރުގަންނަންޖެހޭ ހާލަތަކަށް ވެސް ނުދާ ކަމަށެވެ. ސްކޫލްތައް ބަންދުކުރަންޖެހޭ ހާލަތަށް ނުދާ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ގޭގައި ތިބުމަށް އިލްތިމާސްކުރި އެވެ. ތްރެޓް ލެވަލްއާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ދިނީ "ރަކި" ޖަވާބެކެވެ.

އެއިރު 27 މީހެއްގެ ގައިން ބަލި ވަނީ ފެނިފަ އެވެ. އެއަށް ފަހު ރޭގަނޑު ޕްރެސް ކޮންފަރެންސް ބޭއްވި އިރު، 51 މީހެއްގެ ގައިން ބަލި ފެނިއްޖެ އެވެ. މާބަނޑު އަންހެނަކަށް ބަލި ޖެހި ހާލު ސީރިއަސް ވެއްޖެ އެވެ. ބަލިޖެހިފައިވާ ޒުވާނެއް މަރުވި ކަމަށް ވެސް ބުނީ އެވެ. ތްރެޓް ލެވަލް ތިނެއް ކަމަށް ބުނެ ސްކޫލްތައް ބަންދުކުރީ އެވެ. ސިއްރުކުރަން އުޅުނު ކަންތައް ފަޅާއަރާ، އެންމެ ފަހުން ނުރައްކާ އިއުލާނުކުރީ އެވެ.

މި ބަލި އިންތިހާއަށް ފެތުރި، ރައްޔިތުން ވާނުވާ ނޭނގިގެން އުޅެން ފެށިއިރު، އެ ވާހަކަތައް ރިޕޯޓްކުރި މީޑިއާތައް ގޯސްވީ އެވެ. ނަމަވެސް، ހަމަ އެންމެ ފަހުން ކަނޑުވުމުން އެއްބަސްވާން މަޖުބޫރުވީ އެވެ. ކަންކަން އޮޅުވާލަން އުޅުނަސް ހައްދެއް އޮންނަން ވާނެ އެވެ. ސިޔާސީ ގޮތުން ކުރާ ސިޔާސީ ކަންކަން އޮޅުވާލިޔަސް، ރައްޔިތުންގެ ސިއްހަތާ ގުޅުން ހުރި ކަންކަން އޮޅުވާލުމުގެ ހައްގެއް ސަރުކާރަކަށް ވެސް ހޮސްޕިޓަލަކަށް ވެސް ޑޮކްޓަރަކަށްވެސް ނޯންނާނެ އެވެ.

ދިވެހި ދައުލަތަށް ކެރިކުޅަދާނަ ވެގެންވާ މިންވަރަކުން ބޭސްފަރުވާގެ ޚިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމްކުރާ ކަމެކެވެ. މިފަދަ ކަންކަން އޮޅުވާލައި، ސިއްރުކުރުމުން ހާމަވަނީ ރައްޔިތުންނާ ދޭތެރޭ ހަމަ ކުޑަނަމަވެސް ވިސްނުމެއް ނެތް ކަމެވެ.

މިކަން އެންމެ ރަނގަޅަށް ހާމަވެގެންދަނީ ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. ޝީޒާ އަލީގެ ވާހަކައިންނެވެ. ޝީޒާ ވިދާޅުވީ އެޗްވަންއެންވަންގެ ވާހަކަ ރައްޔިތުންނަށް ހާމަނުކުރީ އެއީ އެވަގުތު މުހިންމު ކަމެއް ކަމަށް ނުފެނުމުން ކަމަށެވެ.

މިއީ ދިވެހި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް މަތިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިއެއް ވިދާޅުވި ބަސްފުޅެކެވެ. ހުމެއް ނުވަތަ ރޯގާ އެއް އިންތިހާ އަށް ފެތުރޭނަމަ އެކަމެއް އެނގުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. މައުލޫމާތު ހިފަހެއްޓިޔަސް، މިއީ އިންތިހާ އެވެ. ކަންކަން ދޮގު ކުރިޔަަސް މިއީ ހައްދު ފަހަނަ އަޅައި ދިއުމެވެ. ދޮގު ހެދިޔަސް، މަކަރު ހެދިޔަސް ހައްދެއް އޮންނަން ވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު