Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރުސީ / ރ. ފުއްގިރި

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިން ދައުވާގެ އަޑުހުމެއް ތާވަލް ކޮށްފި

5 ޑިސެމްބަރު 2020 | ހޮނިހިރު 06:20

މިއަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 14:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޑިސެމްބަރު 2020 | ހޮނިހިރު 06:20
ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން

ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލް ކޮށްފި އެވެ.

އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެކެވެ. އެ ދެ ދައުވާއާ ގުޅިގެން އާދިއްތަ ދުވަހުގެ 14:00 ގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.

Advertisement - newsAdvertisement

އެންމެފަހުން މިމައްސަލާގައި، މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކޮށް، މަޝްވަރާކުރުމަށް އެކަށީގެންވާ ފުރުސަތު މިހާތަނަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަމަޖައްސާ ދެއްވާފައި ނުވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިދައުވާއާ ގުޅިގެން، ގިނަ ލިޔެކިޔުންތަކެއްގެ އިތުރުން އިލެކްޓްރޯނިކް ވަސީލަތްތައް އެބަހުރި ކަމަށެވެ. އެގޮތުން ސީޑީ ފަދަ ތަކެތި ބެލުމަށް ކަރެކްޝަނަލް ސަރވިސްއިން ފޯރުކޮށްދިން ލެޓް ޓޮޕް ބަގު ކޮށްފައިވާ ކަމަށް ބެލެވޭތީ، ސީޑީތައް ބެލުމުގެ ފުރުސަތު ރައީސް ޔާމީނާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ލިބިލައްވާފައި ނުވާކަމަށްވެސް ވިދާޅުވި އެވެ. އަދި ގިނަ ލިޔެކިޔުންތަކެއް މަދުކަންވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެފައި ވެއެވެ.

ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، އިލެކްޓްރޯނިކް ވަސީލަތްތައް ބެލުމުގައި ދަތިތަކެއް ހުރިކަން ރައީސް ޔާމީންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަންގާފައިނުވާއިރު، ލިޔެކިޔުންތައް މަދުކަންވެސް އަންގާފައި ނުވާކަމަށެވެ. އަދި އަޑުއެހުން އޮންނަ ދުވަހު، އަޑުއެހުމުގައި އެވާހަކަތައް ހިއްސާކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން ކަމަށާއި، މަދުވާ ލިޔެކިޔުންތައް ވިދާޅުވުުން އެލިޔެކިޔުންތައް ފޯރުކޮށްދެވޭނެ ކަމަށާއި އަދި ސީޑީ ބެލޭނެ ގޮތެއް ނެތްކަން ޕީޖީއަށް ހިއްސާކުރިނަމަ، ކަރެކްޝަނާ ވާހަކަ ދައްކައިގެން އެކަންވެސް ހަމަޖެހިގެންދާނެ ކަމަށްވެސް ޕީޖީގެ ގާނޫނީ ވަކީލު ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ރައީސް ޔާމީންގެ މިމައްސަލާގައި އަދިވެސް ކުރިއަށް ދަނީ ލިޔެކިޔުންތަކާއި އިޖުރާއީ ގޮތުން ލިބިދޭންޖެހޭ ހައްގުތަށް ކަށަވަރު ކުރުުގެ މަރުހަލާ އެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އިއްވައި، ދައުވާއަށް ޖަވާބުދާރީ ވުމާހަމައަށް އަޑުއެހުންތައް ކުރިއަށް ގެންދެވިފައި ނުވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވި ކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކާއި، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ ހިމެނެއެވެ.

މި ދައުވާގައި ބުނެފައިވަނީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ޖަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތު ވެއްޖެނަމަ ޖަލަށް ހުކުމް ކުރެވޭނެ އެންމެ ކުރު މުއްދަތަކީ 4 އަހަރެވެ. އެންމެ ދިގު މުއްދަތަކީ 8 އަހަރެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން ޖުރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 5،585،000 ޑޮލަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް