Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ފްލައިންގ ސްކޫލްގެ މައްސަލަ

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ބޭއިންސާފުން އަމަލުކުރާތީ ކަންބޮޑުވޭ: ނަހުލާ

29 ނޮވެމްބަރު 2020 | އާދީއްތަ 16:29

ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއި މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރަން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 29 ނޮވެމްބަރު 2020 | އާދީއްތަ 16:29
އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލް

އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންގެ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއި މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ދެއްވައިފިއެވެ.

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭތް ކުރާ އެކަޑަމީއެކެވެ.

Advertisement - newsAdvertisement

ފްލައިން ސްކޫލުގައި ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ގޮސް، އެންމެ ފަހުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުން ވަކިކުރާ މައްސަލަވެސް އޮތީ ހޫނުވެފައެވެ. އަދި އެ އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެން ދާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅިގެން އާދިއްތަ ދުވަހު މިނިސްޓަރު ނަހުލާ ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، އައްޑޫގައި ގާއިމް ކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ކުދިންނާއި މެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ. އަދި ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓަރު ވަކިވަކިން ކުރެއްވި ޓްވީޓުގައި ބުނެފައިވެއެވެ.

އައްޑޫ ފްލައިންގ ސްކޫލުގައި ތަމްރީނު ހޯދަމުންދާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކުރަމުންދާ މަސައްކަތުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު ފާއިތުވި އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މަޝްވަރާކޮށްފައެވެ.

އެދުވަހު ބޭއްވި މިބައްދަލުވުމުގައި ޓްރާންސް ޕޯޓު މިނިސްޓްރީއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އެ ސްކޫލްގެ މެނޭޖްމަންޓުން ވަނީ ދެ ފުށް ފެންނަ ގޮތަށް ދަރިވަރުންގެ ޝެޑިއުލްތައް ހެދުމަށްފަހު ސިވިލް އޭވިއާޝަނާއި ހިއްސާކުރަން އެއްބަސްވެފައެވެ.

އޭގެ އިތުރުން، ކުރިން ދަރިވަރުން ފްލައިންއަށް ހޭދަކުރާ 3 ދުވަހުގެ ބަދަލުގައި މިހާރު ފަސް ދުވަހަށް ޝެޑިއުލްކުރާ ކަމަށާއި އަލަށް ކުދިން ނަގާނީ އެތަނުގެ އޮނިގަނޑު ހަމައަކަށް އެޅުވުމަށްފަހުގައި ކަމަށްވަނީ ބުނެފައެވެ. އެގޮތުން ކޮންމެ 6 ދަރިވަރަކަށް އިންސްޓްރަކްޓަރެއް ހުންނަން ޖެހޭނެ ކަމަށް ޤަވާއިދުގައި ބުނާއިރު މިހާރު އެތަނުގައި އިންތިހާއަށް ކުދިން ގިނަ ކަމަށް ވަނީ މައުލޫމާތުލިބިފައެވެ.

ބައެއް ދަރިވަރުންނަކީ ކޯސް ދިގުލައިގެން ގޮސް 4 އަހަރު ނުވަތަ 3 އަހަރު ވެފައިވާ ކުދިން ކަމަށާއި "ޗެކް ރައިޑް" އަޅަން ފްލައިޓެއް ނެތި ގިނަ ދުވަސް އެކަމަށްވެސް ހޭދަ ކުރަން ޖެހިފައިވާ ކަމަށް ދަރިވަރުން ފާޅުކޮށްފައިވާ ކަންބޮޑުވުމާއި ގުޅިގެން އައްޑޫ ފްލައިންގ ސްކޫލްއިން ބުނެފައިވަނީ މިމައްސަލަ ހައްލުކުރުމަށް އެއަރ ކްރާފްޓް ހަމަޖައްސައިދޭނެ ކަމަށެވެ.

ދަރިވަރުންގެ ކަންބޮޑުވުންތަކާއިއެކު ހަޅުތާލުކުރުމަށް ނިންމާފައިވާތީ، ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއާ އެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވާނެ ކަމަށެވެ.

އައްޑޫ ފްލައިންގ ސްކޫލްގައި ކޯސް ނިންމުމަށް ތާވަލުކޮށްފައިވާ މުއްދަތުގައި ފަހުގެ ތާރީހެއްގައި ނިންމި ދަރިވަރެއް ނެތެވެ. އަދި ގިނަ ދަރިވަރުންނަކީ މިހާރު އިމްތިހާނު ނިންމާފައިވާ ދަރިވަރުން ކަމަށްވާއިރު ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވަމުން އަންނަ ކަމަށް ދަރިވަރުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް