Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުވާފަރު ޕްރައިމަރީ ސްކޫލުގެ ކ

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ދުވާފަރު ޕްރައިމަރީ ސްކޫލުގައި 500 ކުދިން ދަނީ ކިޔަވަމުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 24 ޖެނުއަރީ 2017 | އަންގާރަ 12:12
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ބައެއް ކަންތައްތަކާ ހިންހަމަނުޖެހި އެރަށު ސްކޫލު ބެލެނިވެރިން އިހްތިޖާޖުކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ދުވާފަރު ކައުންސިލްގެ މެންބަރު އާމިރު އަހްމަދު ވިދާޅުވީ، އެރަށު ސްކޫލު ބެލެނިވެރިން ސްކޫލު ކުދިން ސްކޫލަށް މިއަދު ފޮނުވާފައި ނުވަނީ، ބެލެނިވެރިން ގަބޫލުކުރާ ފެންވަރެއްގައި ސްކޫލުގެ ހާލަތު ނެތުމުން ކަމަށެވެ. އެގޮތުން ސްކޫލު ކުދިން ސްކޫލުގައި ކިޔަވަން ތިއްބާ ސީލިންގް ވެއްޓި ކުއްޖަކަށް އަނިޔާވެފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ. މީގެ އިތުރުން ސްކޫލު ކުދިން ބޭނުންކުރާ މޭޒާއި ގޮޑިތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާކަމަށް ބެލެނިވެރިން ބުނެ ނުރުހުން ފާޅު ކުރަމުންދާ ކަމަށްވެސް އާމިރު ވިދާޅުވި އެވެ. އަދި ފާހާނާވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ސްކޫލުގެ ބެލެނިވެރިން އެ ސްކޫލުގެ ޕްރިސިޕަލާ މެދުވެސް ހިންހަމަ ނުޖެހޭ ކަމަށް ބުނެ ހިންހަމަ ނުޖެހުން ފާޅު ކުރަމުންގެންދާ ކަމަށް އާމިރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މިވަގުތު 500 ކުދިން ކިޔަވަމުންދާ ދުވާފަރުގެ ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދު ކޮށްފައިވާ އިރު އެ ސްކޫލުގައި ހޯމަ ދުވަހުގެ ރޭ ވެސް ވަނީ އިހްތިޖާޖުކޮށްފައެވެ. އަދި އަންގާރަ ދުވަހުގެ ހެނދުނު ހަތަކުން ނުވައަކަށް ވެސް އިހްތިޖާޖުވަނީ ކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ރ. ދުވާފަރަކީ 4000 މީހުންގެ އާބާދީ އެއް ދިރިއުޅެމުންދާ ރަށެކެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު