Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

ނިއުރޭޑިއަންޓުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި

ނިއުރޭޑީއަންޓް ތާވަލުގެ އެއްވަނައަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 25 އެޕްރީލު 2017 | އަންގާރަ 10:15
މާލޭ ލީގުގައި ނިއުރޭޑިއަންޓާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

މާލޭ ލީގުގައި ނިއުރޭޑިއަންޓާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

މާލޭ ލީގުގައި ހޯމަ ދުވަހުގެ ރޭ ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ތާވަލްގެ އެއްވަނައަށް ނިއުރޭޑިއަންޓުން ޖެހިލި މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 17 ވަނަ މިނެޓުގައި ސްޕެއިންގެ އެޑްރިއަން ގަލާޑޯގެ ފަރާތުންނެވެ. މި ލަނޑު ޖެހުމަށް ގަލާޑޯއަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލީ ފާސިރު ސެންޓޭއެވެ.

ލަނޑު ޖެހުމަށްފަހު މާ ގިނައިރުތަކެއް ނުވެ، ފަލަމަސްގަނޑަށް އަނިޔާވެގެން ގާލާޑޯ ވަނީ ބަދަލުކޮށްފައެވެ. ފުރަތަމަ ހާފުގެ 26 ވަނަ ގަލާޑޯގެ ބަދަލުގައި ކުޅެން ނެރުނީ މިދުހަތު ފަހްމީ އެވެ.

ނިއުރޭޑިއަންޓުގެ ދެވަނަ ކާމިޔާބުކޮށްފައިވަނީ ބަދަލު ގަލާޑޯގެ ބަދަލު ކުޅެން ނުކުތް މިދުހަތުއެވެ، އޭނާ އެލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 13 ވަނަ މިނެޓްގައެވެ.

ދެވަނަ ލަނޑަށްފަހު ނިއުރޭޑިއަންޓުން ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދިޔަތަނެވެ. އަދި ބައެއް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިފައިވެއެވެ.

ނިއުރޭޑިއަންޓުން ފަހަތަށް ޖެހިގެން ކުޅެންފެށުނުމުން އެކަމުގެ ފައިދާ ނަގައި ޓީސީން މެޗުގެ ކޮންޓްރޯލް ވަރަށް ބޮޑަށް ނެގިއެވެ. އަދި ފަހު ހާފުގެ ބޮޑުބައިގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޓީސީންނެވެ.

އެގޮތުން ނިއުރޭޑިއަންޓުގެ ހާފަށް ބާރުބޮޑުކޮށް މެޗުގެ 67 ވަނަ މިނެޓުގައި ޓީސީގެ މަހުދީ ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަނގު ކުޑަކޮށްފައެވެ.

ޓީސީ އަށް ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. 70 ވަނަ މިނެޓުގައި ގޯލް ކުރިމައްޗަށް ޓީސީގެ ސާމިރު ހުރަސްކޮށްލަދިން ބޯޅަ ކެޕްޓަން ނާފިއުއަށް ތިން ދަނޑިން އެތެރެކޮށްލެވޭ ގޮތެއް ނުވިއެވެ.

މީގެ އިތުރުން ނިއުރޭޑިއަންޓުގެ އަހުމަދު ސުހެއިލް (ބަމްޕުޗް) އާ އަހުމަދު ނުހާދު (ގުއްޕެ) އަށް ނަތީޖާ ބަދަލުކޮށްލަން ރަނުގެ ފުރުސަތެއް ލިބިފައިވެއެވެ.

ނިއު އެއް ވަނަ އަށް އެރީ ފަސް މެޗުން ހޯދި 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތްއިރު ތިން ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ދެ މެޗު މަދުން ކުޅެފައިވާ މާޒިޔާ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

މާލޭ ލީގު: ޔޫވީ ބަލިކޮށް ޓީސީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް

07 އެޕްރީލު 2017
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

02 އެޕްރީލު 2017
ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

ފަސްޕޮއިންޓްގެ ލީޑަކާއިއެކު ރެއާލް ހަމަޖެހިލައިފި

19 މާރިޗު 2017
މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

މެންސިޓީން ތާވަލްގެ ތިންވަނައަށް ޖެހިލައިފި

06 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު