Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ އިގްތިސާދީ ހާލަތު

ފިޗުން ދިން ރޭޓިންގ ލަންކާއަށްވެސް ކަމަކު ނުދިޔަ

ފިޗުން ވަނީ ސްރީލަންކާގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ނޮވެމްބަރު 2020 | ހޮނިހިރު 12:11
ކޮލޮމްބޯ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ، ލަންކާ ސަރުކާރުން ވަނީ ދަރަނި މެނޭޖްކުރެވޭނެކަމުގެ ޔަގީންކަން ދީފައި

ކޮލޮމްބޯ ޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ، ލަންކާ ސަރުކާރުން ވަނީ ދަރަނި މެނޭޖްކުރެވޭނެކަމުގެ ޔަގީންކަން ދީފައި

ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ސްރީލަންކާގެ ކްރެޑިޓް ރޭޓިންގ "ބީ" އިން "ސީސީސީ" އަށް ދަށްކުރުން ބަލައި ނުގަންނަ ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ފިޗުން ސްރީލަންކާގެ ރޭޓިންގ ދަށްކުރަމުން ބުނެފައިވަނީ ސްރީލަންކާގެ ބަޖެޓުގައި އިގްތިޞާދު ޚަރުދަނާކޮށް އާމްދަނީ އިތުރުކުރާނެ ގޮތްތަކުގެ ތަފްސީލުތައް ހިމަނާފައިނުވާކަމަށެވެ.

އެގޮތުން ގައުމުގެ ފިސްކަލް ޕޮލިސީ ރަނގަޅުކޮށް އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ހިމެނިފައިވަނީ ވަކި މިންވަރަކަށްކަމަށާއި އެކަމުގެ ތަފްސީލުތަކެއް ބަޖެޓުން ނޭންގޭކަމަށް ފިޗުން ވަނީ ބުނެފައެވެ. އަދި ސަރުކާރުން ދަރަނި ކުޑަކޮށް ޑެފިސިޓް ކުޑަކުރުމަށް ރާވާފައިވާ ކަންކަމާމެދު ޔަގީންކަމެއް ނެތްކަމަށްވެސް ފިޗުގެ ރިޕޯޓުގައިވެއެވެ.

ފިޗުގެ މި ނިންމުމާއި ގުޅިގެން ސްރީލަންކާ ސަރުކާރުން ބުނެފައިވަނީ މި ރޭޓިންގ އާމެދު ކަންބޮޑުވާކަމަށެވެ. ވަކިން ޚާއްސަކޮށް އައު ސަރުކާރު އައިސް ލަންކާގެ އިގްތިޞާދު ޚަރުދަނާކުރުމަށް އަޅާނެ އައު ފިޔަވަޅުތައް އިއުލާންކޮށް އެކަން ބަޖެޓްގައި ހިމަނާފައިވާއިރު އެގޮތަށް ނިންމުމުން އެކަމާމެދު ހިތްހަމަނުޖެހޭކަމަށެވެ.

މި ރޭޓިންގ ގަބޫލުނުކުރާ ސަބަބު ބަޔާންކުރަމުން ލަންކާ ސަރުކާރުން ބުނީ، އައު ސަރުކާރުން އިގްތިޞާދު ޚަރުދަނާކޮށް އާމްދަނީ އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތުތައް ފިޗުން ބަލައިގަތުމުގައި ފެއިލްވެފައިވާކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުުރުމަށް ބަޖެޓްގައި ހިމަނާފައިވާ މުހިންމު ކަންކަން ފިޗުން ބަލައިގަނެފައިނުވާ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ބޭރުގެ ދަރަނި ދެއްކުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކުރިޔަށް ދައްކަން އޮތް ދަރަނިތައް ދައްކަން ހަމަޖެހިފައިވާ ތާރީޚުތަކުގައި ދައްކާ ނިންމުން ކަމަށް ލަންކާގެ މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި މަސައްކަތްކުރަމުން ދަނީ އިތުރު ލޯން ނުނަގާ މެދު ރާސްތާގެ ދަރަނީގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ވަނީ ބުނެފައެވެ.

"ސްރީލަންކާ ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް އަދި ވަކިން ޚާއްސަކޮށް ފާއިތުވި ދުވަސްތަކުގައި ސްރީލަންކާ ސަރުކާރަށް އިތުބާރުކޮށް ލޯން ދޫކުރަމުންދިޔަ ފަރާތްތަކަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ ދަރަނިތައް ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަރަނިތައް ދައްކަމުންދާނެ. މީގެކުރިންވެސް ދަރަނިތައް އެމުއްދަތުގައި ދައްކަމުން ގޮސްފައިވާނެ." ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސްރީލަންކާގެ އިގްތިޞާދު ކޮވިޑާއި ގުޅިގެން ދެވަނަ ކުއަރޓަރގައި ދަށަށްދިޔުމަށްފަހު ތިންވަނަ ކުއާޓަރުގައި ވަނީ ރަނގަޅުވެފައެވެ. ނަމަވެސް އެ ގައުމުގެ ކޮވިޑުގެ ހާލަތު އަނެއްކާވެސް ގޯސްވެ، އިގްތިސާދަށް މިކަމުގެ ނޭދެވޭ އަސަރުކުރުމުގެ ފުރަސަތު ބޮޑުކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު

16 ފެބުރުއަރީ 2017
ޕާކިސްތާނުގައި ޖާނުންފިދާވެގެން ދިން ހަމަލާތަކުގައި ހަތް މަރު
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު