Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19ށް އުފައްދަމުން އަންނަ ވެކްސިން

ކޮވިޑް-19 އަށް 10 ވެކްސިނެއް އަންނަ އަހަރު މެދުތެރޭ ލިބޭވަރުވާނެ: ގްލޯބަލް ފަރމަސޫޓިކަލް ގްރޫޕް

ވެކްސިން އުފެއްދުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެކްސިން އުފައްދާ ފަރާތްތަކުން އަޅަންޖެހޭނެކަމަށް ތޯމަސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ނޮވެމްބަރު 2020 | ހޮނިހިރު 04:55
ކޮވިޑް-19ށް އުފައްދަމުން އަންނަ ވެކްސިން

ކޮވިޑް-19ށް އުފައްދަމުން އަންނަ ވެކްސިން

ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 10 ވެކްސިނެއް އަންނަ އަހަރުގެ މެދުތެރޭ ހިސާބުގައި ލިބޭވަރުވާނެ ކަމަށް ދުނިޔޭގެ ފަރމަސޫޓިކަލް އިންޑަސްޓްރީ ގްރޫޕުން ބުނެފި އެވެ.

އެގްރޫޕްގެ ހެޑް ތޯމަސް ކުއެނި ވިދާޅުވީ ވެކްސިންތައް ބޭނުންކުރުމަށް ހުއްދަދޭ ރެގިއުލޭޓަރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަންނަ އަހަރު މެދުތެރޭގައި ދިހަ ވެކްސިނެއް ބޭނުންކުރާ ހިސާބަށްދާނެ ކަމަށެވެ. ނަމަވެސް ވެކްސިން އުފެއްދުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެކްސިން އުފައްދާ ފަރާތްތަކުން އަޅަންޖެހޭނެކަމަށް ތޯމަސް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިހާރު އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފައިޒަރ އަދި ބައޯއެންޓެކްގެ އިތުރުން މޮޑާނާ އާއި އެސްޓްރަޒެނިކާ އިން އުފައްދަމުން އަންނަ ވެކްސިންތަކަކީ ކާމިޔާބު ވެކްސިންތަކެއްކަމަށް ވަނީ މިހާރު އެވެކްސިންތަކުގެ ޑާޓާތަކުން ދައްކާފައެވެ. އެކަމަށް އަލިއަޅުވާލައްވަމުން އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ފަރމަސޫޓިކަލް މެނުފެކްޗަރސް އެންޑް އެސޯސިއޭޝަންސް (އައިއެފްޕީއެމްއޭ)ގެ ގެ ޑިރެކްޓަރ ޖެނެރަލް ތޯމަސް ކުއެނި ވިދާޅުވީ އުފައްދަމުން އަންނަ ވެކްސިންތަކެއް ކާމިޔާބުކަން އެނގިފައިވީ ނަމަވެސް ވެކްސިން އުފެއްދުމުގައި ކޮލިޓީ އާއި ގެއްލުންތަކެއްވާނެ ކަމާމެދު ސުވާލު ނުއުފެދޭކަމަށެވެ.

ތޯމަސް ވިދާޅުވީ މިހާތަނަށް އައިއިރު 3 ވެކްސިނެއް ކާމިޔާބުކަމަށް ނިންމިފައިވިޔަސް ކުރިއަށް އޮތްތަނުގައި ޖޯންސަން އެންޑް ޖޯންސަން އާއި ނޮވޭވެކްސް، ސަނޯފީ އަދި މިނޫންވެސް ވެކްސިންތައް އުފައްދަމުން އަންނަ ގްރޫޕްތަކުގެ ވެކްސިންތަކަކީ ކާމިޔާބު ވެކްސިންތަކަކަށްވާނެ ކަމަށް އުންމީދުކުރާކަމަށެވެ.

ފަރމަސޫޓިކަލް ބޮޑެތި ކުންފުނިތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ވެކްސިން އުފެއްދުމަށް ރިސަރޗް ކުރުމަށާއި އުފެއްދުމަށް ހޭދަކޮށްފައިވާ ކަމަށާއި އަދި ވެކްސިންގެ ގިނަ ޑޯޒްތަކެއް އުފެއްދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ތޯމަސް ވިދާޅުވިއެވެ.

އަދި މިފަދަ ވަގުތެއްގައި އުފައްދަމުން އަންނަ ވެކްސިންތަކުގެ ކޮލިޓީ އާއި ރައްކާތެރިކަން ހުރި މިންވަރު ނުބަލާ ލައިސަންސް ދިނުމަކީ ހެދޭނެ ގޯހެއްކަމަށާއި އެހެންކަމުން ވެކްސިން އުފައްދާ ހުރިހާ ޕްރޮސިރޖަރތަކެއް ފޮލޯކުރަންޖެހޭނެކަމަށް ތޯމަސް ވިދާޅުވިއެވެ.

"އަންނަ އަހަރު މެދު ތެރޭގައި 10 ވެކްސިނެއް ލިބޭނެކަމަށް އުންމީދުކުރަން. އެހެންނަމަވެސް އެހުރިހާ ވެކްސިނެއްވެސް ވާންޖެހޭނީ ރަނގަޅަށް ބެލި ރެގިޔުލޭޓްކުރެވިފައިވާ ވެކްސިންތަކަށް." ތޯމަސް ވިދާޅުވިއެވެ.

ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) ގައި އިންޑިޔާ އަދި ސައުތު އެފްރިކާ އިން ވަނީ އުފައްދަމުން އަންނަ ވެކްސިންތައް ބޭނުންކުރުމަށް ވަގުތީ ހުއްދައެއް ދިނުމަށް ލާޒިމްކުރުމަށް ހުށަހަޅާފައެވެ. އެއީ މިފަދަ ޕެންޑަމިކްތެރޭގަ އެވެ. ނަމަވެސް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި ސްވިޒެލެންޑް ފަދަ ގައުމުތަކުން ވަނީ އެހުށަހެޅުން ގަބޫލުނުކޮށްފައެވެ.

ތޯމަސް ވިދާޅުވީ މިފަދަ ހުށަހެޅުންތަކަކީ ސިޔާސީ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ނަމަވެސް ދުނިޔެއަށް ބޭނުންވެފައިވަނީ ޒިންމާދާރުކަމާއެކު އަވަހަށް ނިންމޭ ނިންމުންތަކެއް ކަމަށެވެ.

ކޮންމެ ވެކްސިނެއް އުފައްދަމުން އަންނަ ތަނެއްގައިވެސް ކޮލިޓީ ޔަގީންކުރުމަށް 50ށް ސްޓާފުން ބޭނުންވާނެ ކަމަށް ތޯމަސް ވިދާޅުވިއެވެ.

ތޯމަސް އިތުރަށް ވިދާޅުވީ އައިއެފްޕީއެމްއޭ އިން ދުވަހަކުވެސް މީގެކުރިން ވެކްސިނަށް ލައިސަންސް ދިނުން ލާޒިމްކުރާ އުސޫލެއް ގެންގުޅެފައިނުވާ ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ އާއެކު ހުރިހާ ކުންފުނިތަކަކުންވެސް އަންނަނީ ފައިދާނުވި ކަމުގައިވިޔަސް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންކަމަށް ތޯމަސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު