Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީގައި ހިންގަން އުޅުނު ބަގާވާތް

ތުރުކީގެ ބަޣާވާތާ ގުޅިގެން 337 މީހުން އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

28 ނޮވެމްބަރު 2020 | ހޮނިހިރު 05:30

ގިނަ މީހުން ނިސްބަތް ވަނީ އެގައުމުގެ އެއަރ ފޯސް އަށް

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 28 ނޮވެމްބަރު 2020 | ހޮނިހިރު 05:30
ތުރުކީގައި ހިންގަން އުޅުނު ބަގާވާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ބަޔަކު ހަައްޔަރުކޮށްގެން ދަނީ

ތުރުކީގައި ހިންގަން އުޅުނު ބަގާވާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ބަޔަކު ހަައްޔަރުކޮށްގެން ދަނީ

ތުރުކީވިލާތުގައި 2016 ވަނަ އަހަރު ސިފައިންތަކެއް އިސްވެތިބެ ހިންގަން އުޅުނު ބަޣާވާތާ ގުޅިގެން 337 މީހުން އުމުރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ތުރުކީގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ "އަލްޖަޒީރާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި އުމުރަށް ޖަލަށް ލާން ހުކުމްކުރި މީހުންގެ ތެރެއިން 291 މީހެއްގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޕެރޯލްގެ ފުރުސަތު ނުލިބޭ ގޮތަށެވެ. އޭގެ ތެރޭގައި މި ބަގާވާތް ހިންގަން އިސްކޮށް އުޅުނު ތުރުކީގެ ވައިގެ ސިފައިންގެ ލަޝްކަރުގެ ގިނަ ޕައިލެޓުން ހިމެނޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

Advertisement - worldAdvertisement

ބަޣާވާތް ކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ޝަރީއަތް ފަށާފައި ވަނީ އޮގަސްޓް 2017 ގައެވެ. މި މައްސަލައިގައި ދައުވާއުފުލި 475 މީހުންގެ ތެރެއިން 365 މީހެއްގެ ޝަރީއަތް ކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެންނެވެ.

ތުރުކީގެ ރައީސް އުރުދުޣާން ތުހުމަތުކުރައްވާ ގޮތުގައި މި ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާގައި ދިރިއުޅޭ ތުރުކީގެ ރައްޔިތެއް ކަމަށްވާ ފަތުހުﷲ ގުލާންއެވެ. ނަމަވެސް ބަޣާވާތުގައި އެއްވެސް ރޯލެއް ނޯންނާނެ ކަމަށް 79 އަހަރުގެ ގުލާން ވަނީ ވިދާޅުވެފައެވެ.

ބަޣާވާތުގައި ބައިވެރިވި ކަމަށް ބުނެ 77000ށް ވުރެ ގިނަ މީހުން ހައްޔަރު ކުރެވިގެން ދިޔައިރު ގުލާންއާއި ގުޅުން އޮތް ކަމަށް ބުނެ އެ ގައުމުގެ 160،000 މީހުން ވަޒީފާއިން ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ސިފައިންނާއި ޓީޗަރުންނާއި ފަނޑިޔާރުން ހިމެނެއެވެ.

ބަޣާވާތާއި ގުޅިގެން 300ށް ވުރެ ގިނަ މީހުން މަރުވެ، 2100 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ދިޔައެވެ. އަދި ހަމަ އެހެންމެ އެ ގައުމުގެ ސަރުކާރުގެ ބޮޑެތި އިމާރަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެގޮތުން އެ ގައުމުގެ މަޖިލިސް ގެޔާއި ރައީސްގެ ގެކޮޅަށް ވައިމަގުން ބޮން އަޅާފައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް