Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީން ފަނޑިޔާރުން އައްޔަނުކުރުން

ހަ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފި

26 ނޮވެމްބަރު 2020 | ބުރާސްފަތި 14:14

ފަނޑިޔާރުން ހުވާކުރައްވާފައިވަނީ ބުރާސްފަތި ދުވަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ނޮވެމްބަރު 2020 | ބުރާސްފަތި 14:14
ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފަނޑިޔާރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހަ މެޖިސްޓްރޭޓް ކޯޓަކަށް އައްޔަނުކުރެވުނު ފަނޑިޔާރުން ހުވާކުރެއްވުމާއި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ބޭއްވި މި ރަސްމިއްޔާތުގައި ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަނުކުރެވުނީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ނ. މަނަދޫ، ރ. މަޑުއްވަރީ، ގދ. ތިނަދޫ އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

Advertisement - newsAdvertisement

ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު

- ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެވުނީ ހދ. ކުޅުދުއްފުށި ނޫރަންގޭ މުޙައްމަދު އިސްމާއިލްއެވެ. މުޙައްމަދު އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ހާޞިލްކުރައްވާފައެވެ. އޭނާ ކުރިން ހުންނެވީ ސިވިލްކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމުގައެވެ.

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓު

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެވުނީ ގ. ނޫމަރާވިލާ އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފްއެވެ. ޝީރީން ނާހިދާ ލަތީފް ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ޑިޕްލޮމާ ހާސިލް ކުރައްވާފައިވަނީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. ޝީރީން ނާހިދާ ލަތީފަށް ފަނޑިޔާރުކަމުގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.

ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު

ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެވުނީ، ށ. މަގޫދޫ، ހަވީރީނާޒް، އަލްއުސްތާޛު އާދަމް ސަލީމްއެވެ. އާދަމް ސަލީމް ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުދުއާވީ ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިންނެވެ. އާދަމް ސަލީމް ކުރިން ހުންނެވީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމުގައެވެ.

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު

- ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެވުނީ، ގއ. ގެމަނަފުށީ، އެތުމާގެ އަލާއުސްތާޛު އައްމަދު އާދަމްއެވެ. އަޙްމަދު އާދަމް ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ (އޮނާރސް) ހާސިލްކުރައްވާފައެވެ. އޭނާ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަޤާމު ދެ އަހަރު އަދާކުރައްވާފައެވެ.

ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

ރ. މަޑުއްވަރީ މެޖިސްޓްރޭޓްކޯޓް އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރެވުނީ، ކޮޅުމަޑުލު މަޑިފުށި، ސިގްނަލްގެ، އަލްއުސްތާޒު އަކްރަމް ރަފީއުއެވެ. އަކްރަމް ރަފީއު ބެޗެލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރެއްވީ ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީންނެވެ. ޢަކްރަމް ރަފީޢު ކުރިން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ލީގަލް ކައުންސެލްގެ މަޤާމުގައެވެ.

ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓު

ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ސ. މަރަދޫ ފޭދޫ މެރީވިލާ، އަލްއުސްތާޛް މުޙައްމަދު ޢަފީފް ޔުނިވަރސިޓީ އޮފް މަދީނާއިން އިސްލާއިކް ލޯ އިން ބެޗެލަރސް ޑިގްރީ ޚާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ހިތަދޫ ކެމްޕަސްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

22 އެޕްރީލު 2017
ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް
07 އެޕްރީލު 2017

ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު

07 އެޕްރީލު 2017
ފަނޑިޔާރުން ދަނީ ފާޅުގައި ކެމްޕެއިން ކުރަމުން، ގާޒީންގެ ނުފޫޒުން މި ޤައުމު މިނިވަންކުރަންޖެހޭ: ކައުންސިލަރ ފާރޫޤު
04 އެޕްރީލު 2017

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް